ލ. ފޮނަދޫގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެރަށު ލިންކް ރޯޑުގައެެވެ.

ލ.ފޮނަދޫގައި މިއަދު ހިނގި އެކްސިޑެންޓު/ ފޮޓޯ : އަހުމަދު އަފްސަލް

ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވާ މީހާގެ އަތުގެ އެއް އިނގިލި ބިންދައިގެން ގޮސްފައިވާއިރު، އޭނާގެ ފަަޔަށް އެއްޗެއް ވަނީ ހެރިފައެވެ.

މި އެކްސިޑެންޓްގައި ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މި ހާދިސާގައި ކާރަށާއި ސައިކަކާސަ ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.