އަފްޣާނިސްތާނުން ހައްޔަރުކުރި ކ. މާލެ އަލީ ޝާފިއުގެ މައްޗަށް ޓެރަރިޒަމް ކުށް ސާބިތުވެ 21 އަހަރަށް ޖަލަށް ލުމަށް އަފްޣާނިސްތާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުގައި ހައްޔަރުކޮށްފިކަމަށް އެގައުމުގެ ނޫސް އޭޖެންސީއަކުން މިދިޔަ މަހު ރިޕޯޓްކޮށްފައި ވެއެވެ.

މިއަދު ދިވެހި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައިވާކަމުގެ މައުލޫމާތެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

ފުލުހުން މި މައްސަލައާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޝާފިއު އޭނާގެ އަންހެނުންނާއި، ދަރިންނާ އެކު މިހާރު ހުރީ އަފްޣާނިސްތާނުގައި އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައި ކަމަށެވެ. އަލީ ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާޢީދުކުރާ، އަދި އެފަދަ މީހުންނާ ގުޅުން އޮންނަ މީހެއް ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ފުލުހުން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވާގޮތުން ޝާފިއު ވަނީ އޭނާގެ ކުރީގެ އަނބިމީހާ އާއި، ދަރިފުޅު ގޮވައިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތުުރުކީ މަގުން ސީރިއާ އަށް ދަތުރުކުރަަންވެސް އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރު ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބ. ހިބަޅިދޫ ކައިރީ ކަނޑުތެރެއިން، ހަތިޔާރާއި، ގޮވާތަކެތި ގެންގުޅެ ފޮރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައިވެސް މީގެ ކުރިން އަލީ ޝާފިއު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. ނަމަވެސް، އެ މައްސަލައިގައި ޝާފިއުގެ މައްޗަށް ޝަރީޢަތުގައި ކުށް ސާބިތުކުރެވޭ ވަރަށް ހެކި / ޤަރީނާ ނެތުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ފަހުން 2018 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު، ޝާފިއު ވަނީ އޭނާގެ އަންހެނުންނާއި، 04 ދަރިން ގޮވައިގެން ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ސްރީލަންކާ އަށް ގޮސްފައެވެ. އޭގެ 4 މަސް ފަހުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ އާއިލާ ގޮވައިގެން ޕާކިސްތާނަށް އެތެރެވެ، ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް ގޮސްފައެވެ.

އަލީ ޝާފިއު އޭނާގެ އާއިލާ ގޮވައިގެން އަފްޣާނިސްތާނަށް އެތެރެވެފައިވަނީ އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓްސް ޚޮރަސާން ޕްރޮވިންސް (އައިސިސްކޭ) އާއި ގުޅުމަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އޭނާގެ އަތުން ފެނުނު ޑިޖިޓަލް ޑިވައިސް އަކުން އިސްލާމިކް ސްޓޭޓްސްގެ ޕްރޮޕަގަންޑާ ވީޑިއޯތަކެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝާފިއު ހައްޔަރު ކުރެވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަފްޣާނިސްތާނުގެ ނަންގަހާރު ޕްރޮވިންސް އިން ކަމަށާއި، އެ މަޢުލޫމާތުތައް ފުލުހުންނަށް ލިބިފައިވަނީ އިންޓަޕޯލް މެދުވެރިކޮށް ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަފްޣާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ފުލުހުން އެ މައްސަލައިގައި ވަރަށް ގާތުން ބަލަމުން ގޮސްފައިވާ ކަމަށާއި، ޝާފިއު އެޤައުމަށް އެތެރެވުމުގައި އިސް ދައުރެއް އަދާކުރި މީހަކާ ބެހޭ މަޢުލޫމާތު ދިވެހި ފުލުހުން އަފްޣާން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަންސޫރަ

    މިއޮއްވެރިކަމެއް ދޯ

    6
    16
    • މޮޔައެނޮނިމަސް

      ހައްހައްހއްހާ. އަދިވެ ސް ދާތި.މީހުންމަރަން.ހައްހައް

      6
      3
  2. ާައަސްލަމް

    އަނިޔާވެރި ވެރިކަމެއް

    13
    17
  3. ސަހޭ

    ބަލަގަ އަފްޤާނިސްތާން އަން ހައްޔަރު ކުރީމަ މި ރާއްޖެއާ ކޮންގުޅުމެއް އޮތީ ...

    4
    3
    • އަނެއް މޮޔަ

      ބަލަ ދިވެއްސެއްގެ ވާހާކަ މިއޮތީ ގުޅިފައެއްނު

      1
      1
  4. ޑަމީ

    ބެން އެން ޑި އެން. ޕިޕިއެން ހޮޕް ހޮޕް!

    5
    1
  5. މޯލްޑިވިޔަން

    ރަނގަޅައް ޖިހާދު ކުރެވިފާ

    8
    2
  6. ވިސްނާ

    އެމީހަކު ދިޔައީމަދޯ ދެވޭނީ...

    10