ދިވެހި ފުލުހުންގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންގެ ބިލެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން “ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު" ގެ ނަމުގައި ބިލެއް އެކުލަވާލާފައި މިހާރު ޢަމަލްކުރަމުންދާ ފުލުހުންގެ ޤާނޫނުގެ ބަދަލުގައި، އާ ޤާނޫނުގެ ތެރެއިން ފުލުހުންގެ ޙިދުމަތްތައް ޤާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމުގެ ގޮތުން ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މި ބިލު ފޮނުވުމަށްފަހު، އެ ބިލު ޤާނޫނަކަށް ހެދުމަށްޓަކައި ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އޭޖީ އޮފީހުން އެކުލަވާލާފައިވާ ބިލުގައި އޮތް ގޮތުން ހޯމް މިނިސްޓަރަށް ވަކިވަކި ފުލުހުންނަށް އަމުރު ނުކުރެވޭނެ ކަމަށް ވަނީ ކަނޑައެޅިފައެވެ. ހަމަ މިއާއެކު، ފުލުހުންގެ ޚިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.

ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ޤާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވަނީ ކަމާގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަން ކަނޑައެޅިގެން ބަޔާންކުރުން ވެސް ހިމެނެއެވެ.

މި ބިލުގައި ހިމެނޭ ބައެއް އެހެން މުހިއްމު ނުކުތާތަކުގެ ތެރޭގައި ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ޚިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލެއް ތަޢާރުފުކުރުމާއި، ޤާނޫނުތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ހިންގުމަށް ފުލުސް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ.

ފުލުސް ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަޤާމުގެ ޝަރުޠުތައް ކަނޑައެޅުމަށްވެސް ވަނީ މި ބިލުގެ ދަށުން ހިމަނާފައެވެ. ފުލުހުންގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކުރާ އިރު ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން މެނުވީ ބާރުގެ ބޭނުން ނުކުރަން ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޢަހުރެން

  ދީނުގެ ދިފާއުގާ އިމްރާނު ހުރި އިރު ތިބާ އަށް ކާމިޔާބު ލިބުނެވެ.. މިއަދު ރަސޫލާ އަށް މިރާއްޖެ ނުދެކޭވަރަށް އެއްޗެހި ކީއިރު ތިބާ މަގާމުގައެވެ.

  64
  2
  • ދީން

   މީ އަސްލު ނަޝީދު އެބުނާ ދީން ހަތިޔާރަކަށް ހަދާ މީހުނަކީ. ރަސޫލާގެ ދިފާޢުގަ އެއްޗެއް ބުނާކަށް ނުކެރޭ. އެކަމު އަމިއްލަ ކަމެއް ހާސިލްކުރަންވީމަ ދީން ދީން ދީން....

   4
   1
  • ސުހެއިލް

   އެއްއިރެއްގަވެސް އިސްލާމް ދީން ދިއުކުރިމީހެއްނޫން މިއީ. މުޅިންވެސް ލާދީނީ މީހުންނާއި އެކު އެމީހުންގެ ޕަޕެޓެއްގޮތުގައި!

 2. Anonymous

  އެޖެންޑާ 19 ނިމޭއިރު މި ބޭފުޅުން ވަޒީފާގައި ތިއްބަވާނެބާ. ހީވަނީ މިނިސްޓަރުކަން އަތުލާނެހެން

  29
 3. ކޯޗު

  ވަރަށް ދެރަކަމެއް. ހިއްވަރުކޮށްލާ ރަގަޅުވާނެކަންނޭގެ،

  17
 4. 17 އަހަރުގެ ތުއްތު ކުއްޖެއް

  ދައުލަތުގެ 3 ބާރާ އި ފުލުހުންގެ ބާރާ އި ދެންވެސް އޮތްނަމަ އޮތް ބާރެ އް މުށަށްލާ ޖަމާކުރޭ، ހުޅުމާލޭގަ ކުށެ އް ނެތް މީހުން ކޮށާލާފަ އި މަރާލަނީ، ދަ އުލަތުން މިހާރުވެ އްޖި އްޔާ ދަޢުވާ ކުރަން ފޮނުވާނީ ޑރ، ޝަހީމް ކަހަލަ ސުލްހައަށް ލޯބިކުރާ ޢިލްމީ ބޭފުޅުންގެ މަ އްޗަށް.
  އަސްލު ގާތިލު 17 އަހަރާއި 11 މަހާ އި 29 ދުވަހާއި 23ގަޑި އާއ އި 59 ސިކުންތު ކަމަށް ވާތީ ދަ އުވާ ނުކުރެވޭނޭ ކަމަށް ދާދި ފަހުން ދެ އުޅި އެއ އް ނުވާ ބަޔަކު ވަނީ ފާސްކޮށްފަ.

  17
 5. ފިލާވަޅު

  ކޮބާ އަދުލުއިންސާފު ގާއިމްކުރުމައް އައިމީހުން ފެއިލްވީ މިހާރުތި ، ގާރޫން ނޫނީ ހާމާނުގެ ފޮތުގައޮއްނަގޮތައް ކަންކްނ މިދަނީ

  21
  1
 6. ދޮށިކޮއި ޢަލީގެ މުޙައްމަދު

  ދެން ކީއްކުރާ ހޯމް މިނިސްޓަރެއް ބައިކުދިން ލައްވާ ހުރިހާކަމެއް ނިންމީމަ ނިމުނީއެއްނު އިމްރާން ފަކީރު ހާލުގައި ޖައްސަން ތިއުޅެނީ ބާރުތައް ކަނޑުވާލަނީ

  19
 7. ހަމަހަމަ

  މި ގަ އުމުގަ މި އޮތީ ސީދާ ޑިކްޓޭޓާރށިޕެ އް މިހާރު. ޢަންނި މިޔަންމާރު ސޫޗީ ދެކެ އެހާ ލޯބިވަނީވެސް އެ އްކަހަލަ ދެ މީހުން ވީމަ. ލާދީނީ ހުދުމުހުތާރުވެރިން.

  15
 8. ޖައްރާފު

  ހެހެހެ އަމުރު މައުރޫފު މީހާރު އަންނާނީ އެމްޑީޕީ ޖަގަހައިން އިމްރާނަކީ ކީއްކުރާމީހެއް ތިޔައީ ރަމްޒީމަގާމެއް .

  18
 9. ބަކުރު

  ކޮމިޝަނަރަށް ލަފާދޭން ބަޔަކު އުފެއްދުން: މިއީ ޖުޑިޝަލް ސަރވިސް ކޮމިޝަން އޮންނަގޮތަށް “ޕޮލިސް ސަރވިސް ކޮމިޝަނެއް” އުފެއްދުން. ޢޭރުން ދެން ކޮމިޝަނަރ ހުންނާނީ ނަމަކަށް. ޙުރިހާ އަމުރެއް ނެރޭނީ ސިޔާސީ އެކްޓިވިސްޓުން. ބައްލަވަން ތިއްބަވާ.