ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި، މީގެ ތެރެއިން އެކި ސަރަޙައްދުތަކުގައި 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރޭ ވަނީ ވަރަށް ރަހުމްކުޑަ ގޮތެއްގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ޓެކްސީ ޑްރައިވަރަކު މަރާލާފާއެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި އަނދިރިކޮށް އޮންނަ ހަނި ގޯޅިއެއްގެ ތެރޭގައެވެ.

އެ ހާދިސާއާ ގުޅިގެން މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރޭ ހިނގި ހާދިސާ އާއި ގުޅިގެން ބުނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހަސަން ގާސިމް މަރާލާފައިވާ ހާދިސާ އާ މެދު ހިތާމަކުރައްވާ ކަމަށާއި، މި ދަނޑިވަޅުގައި އޭނާގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރާ ކަމަށެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމުގެ ގޮތުން އެ ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ހުޅުމާލޭގެ މަގުތައް އިތުރަށް އަލިކުރުމަށްޓަކައި މަގު ބައްތިތައް އިތުރު ކުރުމުގެ މަޝްރޫޢެއް ފަށާފައިވާ ކަމަށެވެ.

އަދި މިހާރުވެސް އެޗްޑީސީ އަށް ފާހަގަކުރެވިފައިވާ ބައެއް މަގުތަކުގައި މަގު ބައްތި އިތުރު ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން ހާމަކުރިގޮތުގައި، ހުޅުމާލޭ މަގުތަކުގައި ހިނގާ ކަންތައްތައް މޮނީޓާ ކޮށް ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން، ފުލުހުންނާއި ގުޅިގެން އެކި ސަރަޙައްދުތަކުގައި 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އޭގެ ތެރޭގައި 25 ކެމެރާ އަކީ ފުލުހުންނާ ހަވާލުކޮށްގެން އެފަރާތަށް އެންމެ އެކަށީގެންވާ ތަންތަން ކަމަށް ފާހަގަވާ ތަންތަނުގައި ހަރުކޮށްފައިވާ ކެމެރާތައް ކަމަށާއި، ބާކީ ހުރި ކެމެރާތަކަކީ އާއްމުންގެ ކަންކަން ބެލުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަރާތުން އާއްމުންނަށް ޚާއްސަވެފައިވާ ތަންތަނުގެ ތެރެއިން، ޕާކުތަކާއި، ބައެއް ޕާކިންގް ޒޯންތަކުގައި ހަރުކޮށްފައިވަ ކެމެރާތަކެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ދިރިއުޅުން ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން މިހާރުވެސް މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ރޭ ހިނގި ކަހަލަ ހާދިސާތައް މަދުކުރުމަށްޓަަކައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް މިހާރު ހެދިފައި އޮތް އެންމެ ހިތްގައިމު ސިޓީގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޖަހާފައި ހުންނަ މަގު ބައްތީގެ އަލިކަން ވަރަށް ދަށްކޮށް ހުރުމުން ރޭގަނޑު ގަޑީގައި ބައެއް މަގުތައް އަނދިރިކޮށް ހުރުމުގެ ކަންބޮޑުވުން އެ ސިޓީގެ ރައްޔިތުންވެސް މީސްމީޑިއާ ގައި ފާޅުކޮށްފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެޗް.އެފް.ސީ

    ހުސް ފޮޅިވާހަކަ! ފްލެޓްތައް މެއިންޓެނެސްއަށް 1000 ރުފިޔާ ނަގާ މަހަކު ކޮންމެ އެޕާރޓްމަންޓަކުން! ކިތައް ސަތޭކަ އެޕާރޓްމަންޓް އެބަހުރި!! އަދިވެސް ފްލޭޓްތަކުގަ އެއްވެސް ތާކު އަލިކަމެއް ނެތް! ހެސްކިޔާފަ އަންދިރި! ޢަދި މޮޅުކުރަން ޕާރކު ހަދާފަ ނިދާ ބިކޮލާފަ! މާދަން ކުއްޖަކު ރޭޕްކުރާއިރަށް ބުނާނެ ލައިޓުހުންނާނެއޭ، ލައިޓުތަކުގެ އަލިކަން މަޑުވާތީ އެކަން ރަނގަޅުކުރުމުގެ ޕްރޮޖެކްޓެއް ކުރިއަށް އެބަދެޔޭ! މީ މިމީހުންގެ ޖަވާބު! މަގުތަކަކަކީ އިއްޔެ މެންދުރު ތާރުއެޅި ތަންތަނެއްނޫން! ކިހާ ޒަމާނެއްމިވަނީ! ޑެން ގެނައީ 12 ވޯޓުގެ ސޯލާ ލެޑް ތަކެއް ގެނެސް ކޮންމެ ކަންމައްޗެއްގަ ޖެހީ! ޙަރާމް ދިއްލޭ އިރު އަލިކަމެއް ހުންނަމަ! ގިނަ ލައިޓު ނުވެސްދިއްލޭ!އެ ހުރީ ލޯބިކޮށްލަން މޮޅެރި ލައިޓުލާފައެއްނު! ތިހިރަފެންނަ ބްރިޖްގެ މެދުން ކޮންކްރީޓު ޖެހީ! ލާނެ ކުލަކޮޅެއް ނޫނީ ފާރެއް ހުރިކަން ދައްކުވަިއދޭ އެއްވެސް އެއްޗެއް ނެތް! ދެން ބުނާނެ ތިމަންނަމެން ހުދު ރޯޑް ޑިވައިޑާތައްނަގާފަ ކޮންކްރީޓަށް ބަދަލު ކުރީމޭ، ކުލަލާން ވަރަށް އަވަހަށް ފަށާނެއް! ޢެތަނަށް މީހަކު އުރިގެން ޒިންމާވާނެ!!؟! ނުވާނެ! ހަމަ ތެޅިތެޅި ތިބެންޖެހޭނީ! މީކީ އެއްވެސް ހައްދެއް ހަމަ އެއް ލަމައެއް އޮންނަ ޤައުމެއް ނޫން! ނިކަމެތި މީހާ ހަމަ ނިކަމެތި! ފެއިލް ކޯރޕަރޭޝަން

    21
  2. ގްރޭޓް

    ފުލުހުންނަށް ވެސް ޖެއްސުންކުރާ ބައެއްމީ!

    13
    1
  3. ސުޢޫދު

    48 ކެމެރާހަރުކުރި އަދިމަގުމަތީ ލައިޓްތައް ވެސްވަނީހަރުކުރެވިފަ ނަމަވެސް ދިއްލިފަ ހުއްނަނީ ކިތައްމަގުގެ ލައިޓްތޯ އަދިކެމެރާތޯ މަސަތްކައްކުރަނީ އުޅޭބިދޭސިންގެ އަދަދު ދިވެހިއްނައްވުރެ ގިނަވާނެ ހުޅުމާލޭގަ ވެރިކަންކުރާ ސިޓީއެއްގެ މަގުތަކުގެ ސިކިއުރިޓީ އައްބަލާއިރު ސުމެއް ކަންމަތީފިހާރަތަކުގެ ސީސީޓީވީ ކެމެރާއައް ބަރޯސާވަނީ އެއިންސާފެއްނުވޭ މަންޒަރެއް މީހަގީގަތަކީ

    13
  4. ވާނުވާ

    އާއްމު ރައްޔިތު މީހާގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކެމެރާގެ އެއްވެސް ބޭނުމެއް ނުހިފާ. އެކަމަކު ކޮންމެ ކަމެއް މި ކުރަނީ ނިކަމެތި މީހާގެ އަތުންވެސް ޓެކްސް ނަގައިގެން. ޕޮލިހުންގެ ލޮލަށްވެސް ހަމައެކަނި ފެންނަ އެއްޗަކީ ސައިކަލްގެ މަޑި. އެވެރިންގެ އަތުގައި އޮންނަ ހަމައެކަނި އެއްޗަކީ ސިޔާސީ މީހުންގެ ބަނޑު ފުރައިދިނުމަށްޓަކައި ފައިސާ ހޯދުމަށް ވެހިކަލްތަކުގައި ޖަހާނެ ސްޓިކަރ. ހިތާމައިގެ ކޮޅެއްވެސް ނެތް

  5. ބަރޯސާ

    އަހަރެން އުޅޭ އޮފީސް ބިލްޑިންގް ގަވެސް ހުރޭ 48 ކެމެރާ.

  6. ގޫބެ

    ތިޔަތިބީ ހައިޑެފިނިޝަން ކެމެރާބަހައްޓާފައެއްނު HDC

  7. ކިކިކި

    ހޮޅި ވާހަކަ ތިބުނަނީ ސަރުކާރު އޮފީސްތަ ކުގަޔާ އަމިއްލަ ފިހާރަތަކުގަ އެތެރޭގަ ކަރުކޮއްފަ ހުރި ކެމެރާ ގެ އަދަދުބާ