ކުރީގެ ރައީސް ޔާމީނަށް ޙުކުމް ކުރުމުގައި ގޯސްތަކެއް އެބަހުރިކަން ބައިނަލްއަޤުވާމީ ދުނިޔެ ގަބޫލުކުރާ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފިއެވެ.

ޕީޕީއެމް އާއީ ޕީއެންސީ އިން މިހެން ބުނީ ޔާމީންގެ ޝަރީޢަތް ކުރިއަށް ދިޔަ ގޮތާއި ޔާމީންގެ މައްޗަށް އިއްވި ޙުކުމުގެ މައުލޫމާތު ބައިނަލްއަޤުވާމީ ފަރާތްތަކާއި ހިއްސާ ކުރުމަށް ފަހުއެވެ. ބައިނަލްއަޤުވާމީ ފަރާތްތަކާއި މައުލޫމާތު ހިއްސާ ކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މިރޭ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ދެބޭފުޅުން ވެސް ވިދާޅުވީ ޔާމީންގެ ޙުކުމާއި މެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ ބައިނަލްއަޤުވާމީ ފަރާތްތައް އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތް ހާމަކުރަމުން. ސަރުކާރުގެ އަމަލުތައް ބައިނަލްއަޤުވާމީ ދުނިޔެއަށް ހާމަކުރަމުން ގެންދިއުން ނުހުއްޓުވޭނެ." ސައީދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ފަރާތްތަކަށް ޔާމީންގެ ޙުކުމުގެ މައުލޫމާތު އިދިކޮޅު ފަރާތްތަކުން ދޭތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ބައިނަލްއަޤުވާމީ އެއްވެސް ފަރާތަކުން ރާއްޖެ އަށް އެއްވެސް ނުފޫޒެއް ފޯރުވަން އެބޭފުޅުން ބޭނުން ނުވާ ކަމަށެވެ.

ބޭނުންފުޅު ވަނީ ބައިނަލްއަޤުވާމީ ފަރާތްތަކުން އިންސާފާއި ހަމައިން ކަންތައްތައް ގެންދިއުމަށް ރާއްޖެއަށް ބާރު އަޅަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޔާމީނަކީ ފެހި ޤާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސް ކަމަށާއި އެމަނިކުފާނު ވަނީ މުޅި ރާއްޖޭގައި ތަރައްޤީގެ އެތައް މަޝްރޫޢެއް ހިންގަވާފައި ކަމަށެވެ. އެހެންކަމުން އެފަދަ ރައީސަކު ޤާނޫނު އަސާސީ އިން ލިބިދޭ ޙައްޤުތައް މަހްރޫމް ކުރައްވައިގެނ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޔާމީންގެ ޝަރީޢަތް ފެށުނު ހިސާބުން ވެސް ފަނޑިޔާރުގެ ނުފޫޒު އޮތްގޮތް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ރާއްޖޭގެ ޤާނޫނުތަކުގެ އިތުރުން ރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ވެސް ހިލާފަށް ކަމަށެވެ.

"ވަރަށް ގިނަ މިޝަންތަކުގެ ކަންބޮޑުވުންތައް އެބަހުރި. އިންޓަނޭޝަނަލް ޖަމިއްޔާތަކުން ވެސް މިކަންކަން ވަރަށް ގާތުން އެބަބަލާ." ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދިޔައިރު ވެސް އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރި ކަންކަން ޝިޔާމް މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.

"ހައިލަމްގެ ބަޔާނުގައި ހުރި ކަންކަމާއި މެދު ކަންބޮޑުވުންތައް އެބަހުރި. އަލީ ރަޝީދާއި މެދު ތުހުމަތު ކުރެވިފައި ހުރި ކަންތައްތަކާއި ސުލޫކީ މައްސަލައާއި މެދު ކަންތައް ވެގެން ދިޔަ ގޮތާއި ފަނޑިޔާރުންގެ ޤާނޫނޫގެ 22 ވަނަ މާއްދާއާއި ހިލާފު ވެފައި ހުރީ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ފާހަގަ ކުރި އެއްވެސް ކަމަކަށް ބެލުމެއް ނެތި ޙުކުމް އިއްވާފައި ވަނީ." ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޝަމީމް

    ޝިޔާމް އާއި ސައީދު ކުރި ދެވަނަ ދަތުރުތީ
    ޔާމީނައް ހުކުމް ކުރިތާ ހަފުތާ އެތް ވެއްޖެ ކޮން ބޭރުގެ ކައުމަކުންތޯ؟ ޔާމީނައް ކުރިހުކުމަކީ ގޯސް ނޫސް ބަޔާން ގަޑެއްވެސް ނެރުނީ ޔާމީންގެ ވެރިކަމުގަ ހައްޔަރު ކޮށް ހުކުމް ކުރިމީހުންގެ ދިފާއުގަ ބޭރުގެ ގައުމުތަކުން ދިޔައީ ނޫސްބަޔާންތައް ނެރެމުން ވަގުތުން ވަގުތައް

    32
    31
  2. މަރި

    ތިޔާކަން ދުނިޔެ ގަބޫލުކުރިޔަސް މި ގައުމު ބޮޑު ފަޑިޔާރުކަލޭ ގަބޫލެއް ނުކުރޭ އެކަލޭގެއަށް ލައުނަތް ލައްވާށި އާމީން

    49
    22
  3. ޔާން

    ޔާމީން ދޫކޮށްލަން ބާރު އަޅާނެ ވާހަަކައެއް ނުބުދޯ އެއްވެސް ފަރާތަކުން؟ ބައިނަލްއަގުވާމީ ފަރާތްތަކަކީ ލާދީނީ ފަރާތްތަކެކެ. އެމީހުން ބޭނުމެއް ނުވާނެ އިސްލާން ދީނަށް ނަސްރުދޭނެ ވެރިޔެއްގެ ހިމާޔަތުގަ ނިކުންނާކަށް. ސިޔާންޓޭމެން މުންދު ސައީދުމެން ދާންވީ ޗައިނާއަށް އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކަށް. އެގައުމުތަކުގެ އެހީތެރިކަމާއި އޯއައިސީގެ އެހީ ލިބޭތޯ ބަލަންވީ ތިކަމުގަ.

    16
    6
    • ފާތުމަ

      ބައްކަން ކުރުން އެއީ އިސްލާމް ދީނުގައި އޮންނަ ކަމެއްތަ.

  4. އަހުމަދު

    ކޮންމެ ކަމެއްގައިވެސް އުންމީދެއް އޮންނަންވާނެ ކާމިޔާބު ވާނެ ޔާމިންގެ ގަދަ ކަމަކީ އިންތިހާބުން ބަލިވިފަހުން ރާއްޖެއިން ބޭރަށް ނުގޮސް ގައުމުގައި ހުރިކަން ފިލައިގެން ދާން ނޫޅެ ޝަރިއަތާއި ކުރިމަތި ލީކަން އެހެން އެއްވެސް ލީޑަރަކަށް ނުކެރުނު އެގޮތަށް ޝަރިއަތަށް ދާކަން ފިލަން އުޅެ ޑްރާމާ ކުޅުނީ ... ސައުދީ އާއި ޗައިނާ އިން ހިމާޔާތްދޭންވެސް އުޅުނު އެކަމު ޗުއްޓީއަކަށް ނުގޮސްވެސް ގައުމުގައި ހުރީ ... ބޭހަށޭ ކިޔާފައި އޭނާ އަށް ވެސް ފިލޭނެ ދޯ

    38
    18
    • ިވީގޮތަކީ

      އެފަދަ ފުރުސަތެއް ނުލިބުނީ... އެއަައްވުރެ ސަރުކާރު އޮތީ ހޭލާ.. ޔާމީނަށް ކުރި ދައުވާ އަކީ ސީދާ ދައުލަތުން ކުރި ދައުވާ އެއް. މިހާރުވެސް އަދުރޭ އެބަ ކިޔާ ބޭރަށް ފަރުވާ އަށް ފޮނުވާށޭވެސް.

      7
      15
      • ޛސޖސހ

        ދޮންކަލޯ. ރ.ޔާމީނަކީ ކަލޭމެންގެ ޕާޓީގެ ވެރިން ފަދައިން އިސްލާމް ދީން ފުޑާލާ ޔަހޫދީ ފިކުރުގެ މީހެއްނޫން. ޔަހޫދީންނަކީ އަބަދުވެސް ބަލިވެ ބާރު ކެނޑޭ ދުވަހު ފިލާ ރައްކާވެފަ ބާރު ލިބުނީމަ އެނބުރި އައިސް ޖަރީމާ ހިނގާ ބަޔެއް. ކަލޭގެ ލޮލަށް ޔަހޫދީ ރޯގާ ޖެހިފަ ހުއްޓަސް ރޯގާ ނުޖެހޭ މުސްލިމުން މިގައުމުގާ އެބަ ތިބި. ކަލޭމެން މިސާލަކަށް އިރާޤާއި މިސްރާއި ޔަމަން ސޫރިޔާ ލުބުނާން އަދި މިހާރު ސައުދީޔަށް ވަމުންދާގޮތް ބަލާބަ. އެމްޑީޕީ ފިކުރު މީހުންނަށް ލޯމަތީ ކިތަންމެ ކަމެއް ދެއްކިޔަސް ޤަބޫލު ކުރިއްޔާދޯ ހެޔޮ ވިސްނޭނީ.

        12
        1
        • ވަގު

          އިސްލާމްދީނުގަައި އޮވޭތަ ވައްކަންކުރުން

    • ރޮނޑާ

      ފިލަން ދަނީ ވަކި ކޮންތާކައް.ހުރިހާ ދިމާލަކުން ނިގޫ ތާށިވީ.

      10
      13
  5. ރޮނޑާ

    ސައީދު އާއި ޝިޔާމު ހާދަވަރަކައް ރުޅި އައިސްފަ ތެތިބީ. މިދެމީހުންގެ މޫނު އައް ބަލާލީމަ ހިނި އާދޭ. ކަލޭމެން ދެމިހުން ދިއުމުގެ ކުރީގަވެސް މަބުނިން ބޭރުގެ މިޝަން ތަކަށާ ނޭގި ހިގި ޝަރީ އަތެއްނޫނޭ. ލައިވް ކޮއް ހިންގި ޝަރީ އަތެއް. ކަލޭމެން ޝައްކު އުފައްދަނީ ފަނޑިޔާރުންނާއި ބެހޭގޮތުން. ނެއްނުންތަ؟ކަލޭމެން، މަމެން، މުޅި ދުނިޔެ ގަބޫލު ކޮއްފި ޔާމީން އެކައުންޓުގައި ދައުލަތައް ވައްނަން ޖެހޭ އެއްމިލިއަންޑޮލަރ ހުރިކަން. އެފައިސާ ބޭނުން ކޮއްފިކަން. ކަލޭމެން ޝަކުވާ ކުރީމަ ސަފީރުން ކޮނޑު ކުޑަކޮއް މައްޗައް އަރުވާފަ ބުނާނެ އަހަރަމެންނައް ކޮންކަމެއްހޭ ކުރެވޭނީ ކަލޭމެންގެ ރައީސު ކުރި ވައްކަން އެހެރީ ފެންނަންނުންހޭ . ކަލޭމެން ވެސް އުފާކުރާޝޭ ކަލޭމެންގެ ފައިސާ އައް ހިޔާނަތް ތެރި ވި ވަގު ކަލޭގެ ހިފުނީމަ. ކަލޭމެން ދެމީހުންގެ ލަދު ކުޑަ ކަމުން ޝަކުވާ ކުރަންދިޔަ އީވެސް. ދިޔައީމަ އިތުރައް ބޭޒާރުވީ. ބޮނޑެތި ދެފިރިހެނުން މިތާ މަގު މަތީގަ އަނގަ އެރުވިޔަސް ސަފީރުންކާރީގަ ދޮގު ބުނަން އުޅެގެން ތެތިބީ ކަޑަވެފަ.ކަލޭމެން ބުނެގެން އެމީހުން އެތިބެނީ މިތާ ދާހިލީ ކަންތަކާ އެއްގޮތަކައްވެސް ނުބެހެން ނިއްމައިގެން. . ކަލޭމެން ބުނެގެން ޔާމީން އެއްވެ އުޅުން މަނާކުރާ ގާނޫނެއް ވަނީ ފާސްކޮއްދީފަ. މިހުރިހާ ކަމެއް ފުރިހަމަ ވީމަ ހަމަ ހިމޭނުން މަޑުން ގޭގައި ނުހުރެވިގެން ތިއުޅެނީ ކީއްވެ. ކަލޭމެން ވިއްސަކައް މީހުން ދައްކާ ބޭކާރު ވާހަކަ އަޑު އަހާނެ ވަގުތެއް އަހަރުމެންނަކައް ނެތް .ތިކަމާ ސައްލާކުރަން ކަލޭމެން ފާސްކުރި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ހަތަރު ފާރުން އެތެރޭގައި ތިބީމަ ކަލޭމެނައް ގާނޫނީ ރައްކާތެރި ކަން އޮތީ.. ނޫންނަމަ ކަލޭމެންނާ ކޮންމެފަދަ އިރަކުވެސް ގާނޫނު އައިސް އަރާ ހަމަކޮއްފާނެ. ދެރައެއް ލިބުމުގެ ބަސް އަހަެިގެން ރީއްޗައް އުޅެން ދަސްކުރޭ

    12
    15
  6. އޭނަ

    ތީ ރޯނުއެދުރު ބުނެގެން ނެރުނު ހުކުމެއް! ދެން ކިހިނެތް ތި އިންސާފުވެރިވާނީ!

    18
    7
  7. އަލްޖިބްރާ

    ބަޔަކަށް ލާރިކޮޅެއް ދިނީމަ ކޮންމެވެސް ދެއުޅިއެއްނުވާ ޒާތުގެ ބަޔާނެއް ލިއެފާ ފޮނުވަފާނެ ! އެވެސް ކަލޭމެންގެ ހިތްހަމަ ޖައްސާލަން ! ތިބުނާ ބޭރުގެ މީހުނަށްވެސް ޔާމީނަކީ ކާކުކަން އެގޭ !

    8
    11
  8. ކަށްވާލި ގައުމުގެ

    ކަށްވާލި ގައުމުގެ ރައުސުލްމާލާ މެދު ކަންބޮޑުނުވޭބާ؟ ލަދުކޮބާ!

    11
    9
  9. ރޮނޑާ

    ފައިސާކޮޅު ޛީބައް ލައިގެން ހޮލިޑޭ ހަދަން ދާން ރަގަޅު ފުރުސަތަކައް ޝިޔާމާއި ސައީދައް ފަހިވީ.

    15
    12
  10. އަލީބަލީ

    ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ ފަރާތްތަކަކަށް ނުބެހެވޭނެއޭ ގޮވި ދުވަސް ހަދާން އެބަހުރި؟

    11
    8
  11. ވގ ޔމނ

    މިހާރު ބޭރުމީހުން އޯކޭވީތޯ ތިކަންގޯސްވެގެން އުޅެނީ ކަލޭމެން 3 މީހުން އެއީ ޔާމީން ދިންބައިވަރު ނުލިބޭތީގޯވީ

    9
    7
  12. ދުރުމި

    މިތާ އެމްޑީޕީ ސަޕޯޓަރުންނަށް ބުނެލަން ބޭނުން ވަނީ ރައިސް ޔާމިން މިއީ އަހަރެންނަމަ އަހަރެން ކަންތަށްކުރާނެ ގޮތަކީ އަންނިޔަށް ވުރެ ކުރިޔަށް ހަކުޅި ކުޅޭނީ އެއީ އެންމެ ފުރަތަމަ ލަންކާޔާއި އިންޑިޔާޔަށް ޔާމިންގެ ވެރިކަމެއްގަ އެއާޕޯޓާއި ގައުމުގެ ހަރުމުދާ ދޭނެކަމުގެ ގެރެންޓީ ދިނުން އެއައްފަހު ކްރިސްޓިޔަންދީންފަތުރާ ޖަމާތްތަކާއި ޔަހޫދީ ޒަޔަނިސްތުންނާއި ބައްދަލު ކޮށް ފައްޅި އެޅޭނެ ކަން ކަށަވަރު ކޮއްދީ އެގްރީމެންޓްގަ ސޮއިކޮއް ޔަގީންކަނަ ދިނުން އޭރުން އަންނިޔަށް ވުރެ ހަކުޅި ހުންނާނީ ކުޅެ ވިފަ. ޢޭރުން އިރުއިރު ކޮޅާ ބަޔާންތަން ނެރޭނެ ޔާމިންޖަލަޢްލީ ނުހައްގުން ކަމަށާއި އިޖުރާތްތައް ފުރިހަމަ ނު ވާކަމަށް ބުނާނެ އޭމިތިބި އެމްޑީޕީ މޮޔައިންނޭ މިއީ މިކަން ވާނެ ގޮތަކީ.

    9
    4
  13. ބޮކި

    އެހެންތަ ؟ މިހާރު ކަލޯމެން ބޭރު ދުނިޔެ ގަބޫލްކުރަން ދޯ ؟

    6
    5
  14. ބަކުރުބެ

    ދުނިޔެ މާނަ ތިކުރަނީ ތިދެ މީހުން ނަ އްތާދޯ، ދެދުނި ޔޭ ފަނާ ވާނޭ ، ތޭރީ ޗާ ހަތު ސޭ، މަދުށުމަން ޒަމާނާ..

    4
    3
  15. ނަން

    މި ރާޢްޖޭގައި އިސްލާމް ދީން ބައިބައި ކޮށްލަން ކެޑިނޭޅި މަސައްކަތް ކުރަނީ މިކިޔާ ޕޕއެމް މީހުން. ދުލުން ޝަހާދަށް ކިޔާ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް ނަމާދު ގާއިމުކޮށް އުޅޭ މުސްލިމް މީހަކާ ދިމާލަށް ލާދީނީ ކިޔަމުން އިސްލާމް ދީނަކީ ލާދީން ކަމަށް ހަރުއަޑުން ގޮވަމުން މި ބައިގަޑު މިއުޅެެނީ ރާއްޖޭގަ މިއޮތް ސަތޭކައިން ސަތޭކަ މުސްލިމް ކަން ބައިބައި ކުރަން. ޕޕއެމް ޖަމާއަށް ގަބޫލު ކުރާގޮތުގަ ވައްކަން ކުރުން އޯކޭ... ތާސްކުޅުމާ ޖުވާކުޅުން އޯކޭ.. ސަދޫމް ކިޔާ ގަވުމެއްގަ އުޅުނު މީހުން ކަންކުރިގޮތަކީ މި ޖަމާއަށް ގަބޫލުކުރާ ރަގަޅު އިސްލާމް ދީން.. އެނޫނީ ލާދީނީ މީހަކަށް މިވަނީ....

    3
    3
  16. ށަޒަން

    ފިއޮކޭ ނުކިޔަބަލަ އޭނާ ޖަލައްލީ ބައިތުލްމާލުން ވައްކަންކުރީމާކަން މުޅިދުނިޔެއަށްވެސް ދައްކައި ލައިވްކޮށް އަދި އެއީ އޭނާވެސް އެދުނުހާކަމެއް އެބިނާގޮތަކަށް ހަދައިދީގެން ބަލަ މުޅިދުނިޔެއަށްވެސް ސްޓީލިންގ ޕެރެޑައިސް ފެނުނޭ އެއީ ބޮޑެތިވައްކަންކުރިމީހެއްކަން އޭރުވެސް އެންމެން ގަބޫލްކުރެޔޭ ސިޔާމްމެންތިވާގޮތަކީ 6 ރުފިޔާއަށް ޑީސަލްގަނެގެން 76 ރުފިޔާއަށް ނުވިއްކިގެން މޮޔަވަނީ .... ކީކޭދޯބުނާނީ

  17. ވަށަފަރު މުދިމު

    ތީ އުނބަށް ޖެހުން

    2
    3