ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް 5 އަހަރު ޖަލު ޙުކުމެއް އިއްވިފަހުން، ޕީޕީއެމް އިން ފުރަތަމަ ފަހަރަށް ބޭއްވި ކައުންސިލް ބައްދަލުވުުގެ ރިޔާސަތު ބެލެހެއްޓެވުމަށް ޣައްސާން ހަމަޖައްސައިފިއެވެ.

ޣައްސާން އެ މަޤާމަށް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ޣައްސާންގެ ނަން ހުށަހެޅި، ރިޔާސަތުގައި ޣައްސާން އިންނަވާގޮތަށް ފާސްވުމުންނެވެ.

މިކަމާއި ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސް ޕާރސަން، ހީނާ ވަލީދް ވިދާޅުވީ، ރައީސް ނެތް ހާލަތެއްގައި އެ ކައުންސިލް ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކޮންމެ ބައްދަލުވުމެއްގައިވެސް ކަނޑައަޅަންޖެހޭ ކަމަށާއި، އެގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ޣައްސާންގެ ނަން ފާސްވީ ކަމަށެވެ.

"ރައީސް ނެތް ޙާލަތެއްގައި ކޮންމެ ބައްދަލުވުމެއްގައިވެސް ފާސް ކުރާނެ، އެ ބައްދަލުވުމެއް ޗެއާރ ކުރައްވާނެ ފަރާތެއް. އެގޮތުން ޣައްސާންގެ ނަން މިއަދު ފާސްވީ. ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޕާޓީގެ ރައީސް އަށް ޙާއްސަކުރެވިފައިވާ ގޮނޑި ކޮންމެ ބައްދަލުވުމެއްގައިވެސް އިންނާނެ. ޕާޓީގެ ރައީސްގެ މަޤާމުގައި މިވަގުތުވެސް ހުންނެވީ ރައީސް ޔާމީން." ހީނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހީނާ އިތުރަށް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ދިޔައީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ނިންމަންޖެހޭ މުޙިއްމު ނިންމުންތަކެއް ނިންމުން ކަމަށާއި، އެގޮތުން އެކަމަށް ޚާއްޞަ ކުރެވިގެން ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އަންނަ އަހަރުގެ އެޕްރީލް މަސް ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕްރޮގްރެސިވް ކޯލިޝަނުން ތައްޔާރު ވަމުން އަންނަ އިރު، 5 އަހަރުގެ މުއްދަތަށް ޖަލުގައި ހުންނެވި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން މިނިވަން ކުރުމަށްވެސް، އެ ކޯލިޝަނުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން، މި އަންނަ ޖެނުއަރީ މަސްތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާނެ ކަމަށްވެސް ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާމިދު ޝާޙިދު

    ޣައްސާން އަކީ ރައީސް މައުމޫނުގެ ދަރިކަލްުންގެ ތެރެއިން އެންމެ ހިދުމަތްތެރި، އެމްނެ ފިރިހެންވަންތަ އަދި އެންމެ ކެރިވަޑައިގަންނަވާ ބޭފުޅާ. އެބޭފުޅާގެ ކިބައިގައި އެބަހުންނެވި، ރައީސް މައުމޫނުގެ ބައެއް ސިފަފުޅުތަކާއި، ރައީސް ޢަބްދުﷲ ޔާމީންގެ ބައެއް ސިފަފުޅުތަކާއި، އެންދެރިމާގޭ އިއްލިޔާސް އިބްރާހިމްގެ ބައެއް ސިފަފުޅުތައް. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވެވޭނަމަ ކެންޑިޑޭޓަކަށް ވުމަށް އެންމެ އެކަށޭނަ އެއްބޭފުޅަކީ ޣައްސާނު މައުމޫން.

    52
    8
  2. ޢަބްދުއްލާ

    ޔާމީން ނެތި ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި ޣައްސާން

    3 ގަޑިއިރު ކުރިން ( ޑިސެމްބަރު 12, 2019 )

    މީގެން އަންގައިދޭ އެއްޗަކީP P M އަކީ އެކަކު ނެތިއްޔާ އަނެކަކު ލީޑަރ

    ޝިޕް ނެގޭވަރުގެ ޕާޓިއެއްކަން. ހުސްގޮނޑިއަށް ކުރުނީކޮށް އެގޮނޑި ވަށާ

    އެނބުރޭނެ ޕާޓީއެއް ކަން. انشاء الله މާތްﷲގެ ވާގިފުޅާއެކު ކުރިއަށް

    ހެއުލަފާ ޒުވާން ދަރިން އަދިވެސް P P M މަކުން ހުހެއްނުވާކަން.

    ރަނގަޅު ތާޒާ ޒުވާން ލޭގެ ހޫނު ކަމުގެ ބަދަލްގައި ފިނިވެ ފިނޑިކަމަށް

    ޖާގައެއް P P M ނެތްކަން . ހައްގު ދޫކޮށް ބާތިލަށް ކުރުނީސް

    ނުކުރާނެކަން. އިސްލާމް ދީނުގެ ބަދަލުގައި ބާތިލުދީންތައް ގަބޫލު

    ކުރުމެއް ނެތްކަން.

    4
    2
  3. ?ރޮނޑާ

    މިސޮރާ މައުމޫނަކާ އެއްވެސް ވައްތަރު ގޮތެއް ނެތް. މިސޮރު މައުމޫނާއި ގާތް ގުޅުމެއް ނުބާއްވާ މައުމޫނާއި ދުރުވެގަނެގެން އުޅެނީ
    ކީއްވެ ބާ

    5
    1
  4. މުބީނު މާރނީ

    ގައްސާނު ގައިގައި ރަނގަޅު ސިފައެއް ހުރިނަމަ ބައްޕަ ޖަލަށްލީ މީހާ ނަގަހައްޓަން ނޫޅޭނެ.

    3
    5
  5. މޫސުންބަހާރު

    މަރުޙަބާ ތިޔަ ނިންމެވުމަށް.
    ޣައްސާނަކީ މިޤައުމުގެ އެންމެ ބޮޑު އުއްމީދު.
    ދަރިފުޅާ ދޫންޏާ ހިންގާލާތި ތިޔައީ ޒައީމުގެ ލޭހިނގާ ބޭފުޅެއް. ޤައުމަށް ހެޔޮއެދޭ ދަރިއެއް. ފަހަތްޕުޅުގައި މިތިބީ. އެއްބާރުލުން ދެއްވާނަށް.
    މިލާދީނީ ސަރުކާރު ބޭލުމުގައި އަތުކުރި އޮޅާލަންވީ ހުރިހާ ދިވެހި ރައްޔިތުން ވެސް ދީނަށް ޤައުމަށް ކުލުނެއް ހުރިއްޔާ.

    2
    1