މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއިން ފިލާވަޅު ލިބި މިހާރު ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދީފައިވާ މައްސަލަ އަވަހަށް ބަލަން ފެށުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ޣައްސާން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ، "މޯލްޑިވްސް ޔޫތް ފޯސް" ގެ ނަމުގައި ހަދާފައިވާ ޓްވިޓަރ އެކައުންޓަކުން، އަޙްމަދު ސަޢީދު (ޕީޓްރަލް ސައީދު) ކަމަށް ބެލެވޭ މީހަކު ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ ވީޑިއޯއެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާކަމަށެވެ.

މިވީޑިއޯގައި އޭނާ ދައްކާފައިވާ ވާހަކަތަކުގައި، ބަޔަކު އަޑީގައި ތިބެގެން ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވާފައިވާކަން ވަރަށް ސާފު ބަހުން އޭނާ ބުނެފައިވާކަމަށާއި، އެއްވެސް މީހަކަށް އިންޒާރު ދިނުމާއި ބިރުދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ (4) ވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ ޢަމަލެކެވެ. އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުންމަނާކުރުމުގެ ޤާނޫނުގެ (2)ވަނަ މާއްދާގެ (ހ) ގެ ދަށުން ބިރުދެއްކުމުގެ ޢަމަލެއްކަމަށް އެ ސިޓީގައި ބަޔާންކޮށްފައެވެ.

މި މައްސަލަ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ 2:18 ގައި ދިވެހި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް ފުލުހުން މިމައްސަލަ ބަލަން ފަށާފައިވާކަމުގެ އެއްވެސް އިޝާރާތެއް ޕީޕީއެމްއަށްވެސް އަދި ޕާޓީގެ ރައީސްއަށްވެސް ލިބިފައި ނުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ޣައްސާން ވިދާޅުވީ، ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބެލެވޭ މިވާހަކަތައް ދައްކާފައިވާ މިވީޑިއޯއަށް މީސްމީޑިއާ މެދުވެރިކޮށް ސަލާމަތީ ޚިދުމަތްތަކާ ގުޅުންހުރި ސަރުކާރުގެ އިސްވެރިޔަކު ތާއީދުކޮށް ތަރުހީބުދީފައިވާކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ، ދިވެހިރާއްޖޭގެ އެންމެ އިސް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެންމެ އިސްވެރިޔާގެ އިތުރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށް ދެއްވުމަކީ، ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ." ޣައްސާންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މިހެން މިކަންއޮތްއިރު، ކަމާބެހޭ މުއައްސަސާތަކުން މި ފަދަ ކަންކަން ސީރިއަސްކޮށް ނަންގަވައި އެކަންކަމާމެދު އެކަށީގެންވާ ފިޔަވަޅު އަވަސް މިނެއްގައި އަޅުއްވާފައިނުވުމަކީ މިދިޔަ އަހަރު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރޮރިސްޓު ހަމަލާ ދީފައިވާ ސަބަބު ކަމަށް މަޖިލީހުގެ އިންްކުއަރީ ކޮމެޓީން ނިންމާފައިވާކަމަށް ޣައްސާން ވަނީ ފާހަގަކުރައްވާފައެވެ.

ޣައްސާން ވަނީ މި މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަދި މި މައްސަލަ ބެއްލެވުމާ މެދު ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން އަމަލުކުރައްވާފައިވާ ގޮތް ސާފްކޮށްދިނުމަށްވެސް އޭނާ އެދިވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިހާރު މިގައުމުގެ ރައީސަކަށް ހުރި މީހާޔަށް ތިކަން ރޭކާވެސްނުލާ ތިޔަކަން ބޮޑުކަމަކަށްވެސް ނުވާނެ ، އެކަމަކު ބަނޑިޕާކުގައި އުޅޭ ކޮތަރެއް އިންޑިޔާ އައުޓް ކިޔާލަބަލަ ހުރިހާ ފުލުހުން އެ ކޮތަރު ނޮޅާ ރޮލާ ކާލާނެ ، ހިންނަވަރު ސިއްރު އިބުރާހީމަށް ސަލާމް...

  2. aimin

    Thedhufulheh

  3. މޯދީ

    ޣައްސާން ކިނބިދޫ ދާއިރާތަ؟