ވެރިކަމަށްޓަކާ ބާރުތައް މުށުތެރެއަށް ނުލާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައި ވަނީ އަލަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައުމަށް ގާނޫނުގައި އެކުލަވާލައިފައިވާ އިސްލާހުތަކާއި ގުޅޭ ގޮތުން ކައުންސިލްތައް ހޭލުންތެރި ކުރުމުގެ ނަމުގައި "ވިޔަވަތީގެ" ނަމުގައި ކްރޮސްރޯޑުގައި ކުރިއަށްދާ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް އަަރައިވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދަކީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްގީކޮށް، މުޖްތަމައުގެ ތެރޭގައި އުފާވެރިކަމާއި، ދިރިއުޅެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލު ތަސްދީގުކުރެއްވުމާއި އެކު އެމަސައްކަތުގެ ބިންގާ މިއަދުު އެޅިގެން ދިޔަކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއަދު ފެށިގެން ދިޔައީ ފުރިހަމަ ގޮތުގައި ރާއްޖެ ލާމަރުކަޒީ ކުރުމުގެ މަސައްކަތް ކަމަށާއި، މީގެ ކުރިންވެސް ލާމަރުކަޒީ ކުރުމުގެ ނަމުގައި ކަންކަން ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުތަކުން ލާމަރުކަޒީ ކޮށްފައިވަނީ ކައުންސިލްތަކުގެ ބާރުތައް ފޭރިގަނެ ކައުންސިލްތަކުގެ ދެއަތް ބަނުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލުގެންނަ ބިލު ތަސްދީގު ކުރައްވާފައެވެ.

މި ބިލު ފާސްކޮށްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހު 76 މެންބަރުންގެ ވޯޓާއި އެކުއެވެ.

މި ގާނޫނުގައި ވަނީ ގިނަ އިސްލާހުތަކެއް އަލުން ގެނެސްފައެވެ. އޭގެ ތެރޭގައި ކައުންސިލް މެންބަތުންގެ 33 އިންސައްތަ އަކީ އަންހެނުންނަށް ވުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، 3000 މީހުންނަށް ވުރެ އާބާދީ ކުޑަ ކަމުގައި ވީ ނަމަވެސް، އެ ރަށަކުން، ރަށު ކައުންސިލަށް 5 މީހުން އިންތިޚާބު ކުރާނެއެވެ. އަދި 3000 ށް ވުރެ މަތީގެ އާބާދީ ހިމެނޭ ރަށްރަށުން 7 މީހުން ކައުންސިލްތަކަށް އިންތިޚާބު ކުރާނެއެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއެކު ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް މި ވަނީ އިތުރުވެފައެވެ

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރުން ހިމެނެއެވެ.

އަދި ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭނެ ކަންކަން ހިމެނެވެ. އޭގެ ތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށް ވާ ފައިސާ ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. މޯދިީ

    ހެހެހެ މިސޮރު މެން ނުކުރާނަމޭ ބުނި ކޮންމެ ކަމެއް ކުރާނެ، ބުއްޅަބ/ެ އެހުރީ ހުރިހާ ކޯޓްތަކުގަ ބަގުޑި ބައްދައިގެން. ދެން އެކަމަކު........

    64
    1
  2. އައްބާސް

    މިއީ މައުމޫނުގެ ހީލަތްތެރި ވިސްނުމެއް.

    52
    2
    • ރޮނޑާ

      ވެރިކަމަށްޓަކާ ހަކުރު ލޮނަށް ބަދަލު ނުކުރާނަމޭ ބުނިނަމަ. އެހެންޏާ ފަހެ އެއްވެސް ބާރެއް މުށަށް ލެވެން އެބައޮތްތަ؟ ތިމާފަކީރު "އަތުގަ އޮތް ބާރު"ވެސް މީހަކު އެހެރީ އެމީހާ އަތަށް ނަގައިގެން މޮޑެން. ދެން ކޮން ބާރެއްތަ މުށަށް ލެވޭނީ. ލަދުގަންނަން މިޖެހުނީ މަފަކީރަކަށްނު.

  3. Anonymous

    މުށުތެރެއަށް ލީމާ މީހަކަށް ފެނިދާނެތީ އަންބޮޑިތެރެއަށް ލާ ބާރުތައް ނަގާ ފޮރުވައިގެން.

    61
    1
  4. ސަންތިމަރިޔަބު

    ޢާހާ ހާހަމަ ހިލާ ނުލާނެ ވެރިކަމަށް އަންނަން ވެގެންވެސް ދޭފަތް ލާއިގެން އޮލަކޮށް ހަލާލާފަ އޮތީ މިހާރު ހުރިހާ ބާރުތަކެއް އަންބޮޑިޔަށް ލާއިގެން ތެޅިބާލަނީ އަމިއްލަޔަށް ފަލީހަތް ވަނީ
    ހަމަހިނިއަންނަނީ

    55
  5. އައްޑޫ މީހާ

    މީނަ މިކިޔާ އެއްޗަކުން އަހަރުމެންގެ 5 ހިއްސު ސަލާމަތުން ހުރިކަމާއިމެދު ސުވާލު އުފެދޭ ! ނޫނީ މިއުޅެވެނީ ދިވެހިރާއްޖޭގަ ބާވައޭވެސް ސުވާލު އުފެދޭ؟ ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހުން ފެންނަނީ އެއީ މުށުތެރެއަށް ލާތަން ނޫން ދެން ކޮންކަމެއް ކުރާތަނެއްބާ؟ އިބިރިހިމާ ކަލޭތީ ހަމަ ސީދާ ކާޓޫނެއް ކަލޭ ދައްކާ ވާހަކަތަކުން ހަމަ ހިނިއަންނަނީ

    50
    • ސަނާ

      ޙުރިހާ ތަނަކަށް ޕާރޓީގެ އެކްޓި ވިސްޓުންލީމަ އެ ވީ ކޯޗަކަށްބާ މުށުތެރެއަށް ނުލާނަމަ އެއޮތީ ހުރިހާ ބާރެއް އަންބޮނޑިއަށް ލާފަ ދޮއްތަ

      25
  6. ޙަސަނު

    ފަނޑިޔާރުގެތައް ކޮންތާކަށް ލައިގެންތަ ތި އުޅެވެނީ ތީ ބޮޑު އަނިޔާވެރިއެއް

    57
  7. ޤަމަރު

    ސާބަހޭ ސަންގޯރާ! ރޯދިމާލަށް ފެންނަން އޮއްވާވެސް ތިޔަ އޮޅުވައިލަނީ ކާކަށްހެއްޔެވެ؟

    52
  8. ދޮންބެ

    ކިތައް ފަޑިޔާރުން ބާ ސުލީކީއޭ ކިޔާ އެއްލާލީ

    52
  9. ޙިޔަޅު

    ސޯލިހް ކިޔައިގެން މާ ސޯލިހު މީހަކަށް ހެދިން މި ރައިސް އުޅެނީ. ޢަދި ބާރުތަށް މުށުތެރެއަށް ނުލާނަމޭ ބުނިއިރު ދެން މުށުތެރެއަށް ނުލާއޮތީ ކޮން ބާރެއް.

    27
  10. ޔައުނާ

    ބާރުތައް މުށުތެރެއައް ނުލާނަމޭކިޔާފަ ގައުމާއި ދީން ހަފުސްވާތަން ބަލަން ހުރެވުނީމަ ވެރިކަމުގެ މައްސޫލިއްޔަތު އަދާ ކުރެވުނީތަ.؟

    28
  11. މަރުމޯލު

    ބާރެއްލައިގެންވެސް ކަލެއަކަށް ވޯޓް ދޭނެ ބަޔަކު މިގައުމަކު ނެތެވެ. ދެން މާ ފުއްޕާ އަގައަރުވަން ނަހަދާށެވެ. ވެރިކަން ލިބުނީކީ ކަލޭގެ ގާބިލުކަން ރަގަޅުވެގެނެއްނޫނެވެ. މޮޅުވެރިއެއްގެ މޮޅުޒައާމަތެއްގަައި ގައުމު އާރާސްތުކުރިގޮތް ބަޔަކަށް ހަޖަމްނުވެގެން އަވަށްޓެރިންނާއި ގާތްމީހުނާއި ދުރުމީހުންގެ މަދަދާއި އެކު އިލެކްޝަނުން ވޯޓްއޮޅުވާލައިގެންނެވެ.

    24
  12. ޢަލީ

    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް! ތިހެންބުނީމަ ގަބޫލުކުރާނީ ޕާޓި ކުދިންކޮޅު އެކަމަކު އެމީހުންނަށްވެސް އެނގޭ ހުރިހައިބާރެއް މުށުތެރޭގައި އޮތްކަން. އެންމެ ދެރަވެގެން ޕަބްލިކް ސަރވިސް މީޑިއާވެސް އެއޮންނަނީ ހުސްވެފަ. ދެވަ ދޭތެރެއްގައި ކިޔަނީ ތިބޭފުޅާ ޖަލްސާތަކުގަ ކިޔާފަ ހުންނަ އެއްޗެހި. މީ ދެން ކޮންކަމެއް،

    27
  13. ޢަނގަގޮއްޔެ

    ދެންނިމުނީ ބާރުތައްމުށުތެރެއަށް ލިޔަސް ދެން އިތުރު ދިއުރެއްނުލިބޭނެ

    19
  14. ޟމ

    ފަޓުލޫނު ފައިކޭޓަށް ލީދޯ

    18
  15. މިހުރީ ހަނު

    ވެރިކަމަށްޓަކާ ބާރުތައް މުށުތެރެއަކަށް ނުލާނަށް، ވަރަށް ތެދު ފުޅެއް. ލައްވާނީ ފައިދަށައް

    23
  16. އައްލާ

    ހަމަތެދެއެއް އެސޮރު އެބުނީ. ކެނެރީގޭ ސޮރުހުރީ މިސޮރު ބޯމަތީގައި އިށީނދެ ހުރިހާބާރެއްގައި ބަގުޑިބައްދައިގެން. ބާރެއްގެ ބޭނުން ކުރަން އެނގިގެންތާ ބާރެއެއް މުށުތެރެއަށް ނޫނީ އެހެންތާކަށް ވެސްލެވޭމީ.

    23
  17. ލުޓޭރުންގެ ސަރުކާރު

    އިބުރާހީމާ ކޮންބާރެއްތަ މުށަށް ނުލެ ވިއޮތީ...ތިމުށުގެ ޖާގައޮތް ވަރަށް ހުރިހާބާރެ މުށަށްލާ ފިއްތާއިގެންހުރެ ތިހެންބުނަން ދޫ ހަރަކާތްކުރިކަނ...ތިއީ ވެސް މުސްލިމެކަމަށް އަހަރެން ގަބޫލުކުރަނީ..ބިރެނުގަނޭތަ ﷲދެކެ ތިވަރަށް އޮޅު ވާލާއިރު ދޮގުހަދާއިރު...ދު ވަހެއް އޮތްކަން ހަދާނެނެތްދޯ...ދު ވަހަކު މިގައުމުގަ ވެރިކަންނުކާހާ ޙުދުމުޙުތާރު ނާމާން ވެރިކަމެ ތިކުރަނީ....ބާރު ނުފޯރު ވިއޮތީ މިހާރު ކައް ވަޅުގަތިބި ގަބުރުތަކަށްއެކަނި...އެކަން ވެސް ކުރާނެ 5އަހަރު ވަންދެން ހުރެއްޖެނަމަ ޔަގީން...ތިއީ ލަދު ވެސްނެތް މީހެއް...ފާޅުގަ އެއްމެންނަ ފެނަގޮތަކަށް ހުރިހާކަމެކުރާއިރު ދޮގުހަދަނީ...

    23
  18. އަހުމަދު

    ތީވާ ތެދުފުޅެއް ހުރިހާބާރުތަކެއް ތިޔަ ލެއްވީ ބޮކުސާތެރެޔައް ދެއްތޯ ؟ ކޮބާތޯ މިނިވަންކަމެއް ކޮބާތޯ އަދުލުއިންސާފެއް މީހަކު ބާރައް އަނގައިން ބުނެލިޔަސް ޖަލައް މަގުގަ ހިނގާލެވޭ ގޮތަކުންވެސް ގެންގޮސް މުއްދަތު ޖަހާފަ ޖަލުގަ މީތޯ ތިޔަ ބުނުއްވާ ހަމަހަމަކަމާ އިންސާފަކީ ހަމަ ގައިމުވެސް އަޅުގަނޑައް މިކަން ތައްއޮޅިއްޖެ

    23
    1
  19. ޝާހް، ރ.ވާދޫ

    ލަކޭގެ ވާހަކަ އަޑުއަހާމީހަކަށް ކަލޭ ވެރިކަމުގަ 32 އަހަރު ބަހައްޓަން ބޭނުންވާނެ. އަމަލުން ކަލޭމެން ގެ ވެރިކަން ކުރަމުން ތިއަންނަގޮތް ތަށިމަތީގަ އިނދެގެން ނަމަވެސް ވިސްނާލިއްޔާ ރަނގަޅު.

    22
  20. ކަޅުބުޅާ

    ނާހަމަ ތެދެއްތަ ... ދެލޯފުޅު ތިހުރީ ހަމަ ތެދު އަލިފެންހެންދޯ.. އަޅެ ބާރޭ ބުނަންވެސް ނޭނގޭ އެސޮރަށް ....

    24
  21. ސޯދިގު

    މިހިރަ ނުކިޔަވާ ސޮރު ގަޑެއް ބަލައިގެން ނޫނީ ރައްޔިތުން ކުރިމަތީގަޔާ ބޭރުމީހުން ކުރިމަތީ ބަހެއް ބުނެލަން ނޭގޭ ޖާހިލު އިންސާނާ "ކެނެރީބާރު" ގެ ދަށުގައި ހުރެގެން ދައްކާ ވާހަކަ ބަލާބަލަ ނިކަން.

  22. ާާާޢަލީ

    ހަހަހަހަހަ އެއްގޮތަކަށްވެސް...ކާކުކާ ރީގަތަ ތިބުނަނީ...ގުނބޯ ހައްދަން ނޫޅޭ ....ދެނެއް ނުވާނެ އިންޝާﷲ...

    10
  23. ޙެހެހެ

    ކާކުބުނާނީ ބާރުގެ ބޭނުންކުރާނަމޭ. ޢެމީހަކު އުޅޭނެ ދީނަކައް އުޅެންދޫކޮގްލުމަކީ އުފާވެރި ދިރިުޅުމެއް ހޯދައިދިނުމެއް ނޫން. ދެދުނިޔޭން މީހާނަގާލުން. ހެދި ބޮޑުވާކުދީންނައް އިސްލާމްދީން އޮޅިއްޖެ. ހިތައްއެރިގޮތަކައް އުޅުން އެއީ މައްސަލައެއް ނޫންކަމައް ޤަބޫލު ކުރެވިއްޖެ. ކުފުރުވެފަތިބިމީހުންނައް އަދަބެއް ނުދެވުނު. ދެންކޮންކަމެއްވީ . އުފާވެރި ދިރިއުޅުން ހޯދަދޭން. ގައުމު ހަލާކު.

  24. އަބޯ

    ވެރިކަމަށްޓަކާ ބާރުތައް މުށުތެރެއަށް މިހާރުވެސް ލެވިއްޖެ .ކޯޓް ތަކާ ޖޭއެސްސީ މުށަށް ލެވުމުން ސިވިލްސާވިސް ދިމާކޮށްލީ ކުންފުނިތައް މުށަށް ލެވިއްޖެ ދެން މުށަށް ނުލެވޭ ވާހަކަ ތިޔަ ވިދާޅުވަނީ ކޯންޗެއްބާ؟

  25. ތުއްކާން

    މަނިކުފާނު ތަންތާންގާ ވާހަކަފުޅުދައްކަވާއިރު ތަންކޮޅެއް ރިވެތިބަހުން ވާހަކަފުޅުދެއްކެވުންކީއްތޯ ތިބޭނުންކުރާ ބާޒާރީބަސްތައްދޫކޮއްލައްވާފަ އޭރުންއަޑުއަހާމީހުންނައްވެސް ހައިބަތު ފެންނާނީ

    15
  26. ވައްޑެ

    ކޯންޗެއްތަ މުށުތެރެއައްނުލެވިގެންތިއުޅެނީ ފަނޑިޔާރުގެވެސް ރައްޔިތުންމަޖްލިސްވެސް ވެރިކަންކުރުމުގެބާރުވެސް ދެން ބާރެއްގެގޮތުގަ ޤާނޫނުއަސާސީގަ ވަކިކުރަން ކަނޑައަޅާފައޮތްބާރެއްނޯންނާނެ ހުރިހާބާރެއްއޮތީ މުށުތެރޭގަ ކޮންބަޔަކައް އޮޅުވާލަންތަ ތިއުޅެނީ

    13
  27. Anonymous

    ލަދު ހަޔާތްކުޑަ ދޮގުވެރި އިބިލީސް

    13
  28. Anonymous

    މީނަ ކައިރީ އަހާބަލަ ފަޒުނާއަކީ ކާކުހޭ! މިހާ ނުބައި ދޮގުވެރިއަކު ދުނިޔެ ދެކެފައިނުވާނެ. ހިޓްލަރުވެސް ތެދުބަހުން ވާހަކަ ދައްކާ.

    13
  29. ހހހހ

    ކަލޭނޭ، މިހިރި ނުބައި އިންސާނަކު ހެޔަށް ގޮތްވެފަތޯ ބަލާބަލަ. ގޭދޮށު ގާޟީ ލައްވާ އިނޮސެންޓް މީހަކު ޖަލަށް ލައިގެން މިއުޅެނީ ބޮޑު ގެރީގެ އެދުމަށް.

    13
  30. ކެޔޮޅު

    ސީދާ މުނާފިގެއްގެސިފަ ބުނާބަހާ އަމަލާ ދިމާއިދިކޮޅައް!

  31. ކެޔޮޅު

    ސީދާ މުނާފިގެއްގެ އަލާމާތް ބުނާބަހާ އަމަލާ ދިމާނުވޭ!

  32. ފާތުމަ

    ތިކައުންސިލުން ލީމަ ރަށައްރަށައްކޮންފައިދާެއެއްތޯރަށުގަ ނިކަމެއްޗަކައް ކޮންކަމެއްތޯކުރެވުނީ ެެެެެެެެެ އެމީހުން ެ އެކަނިމުއްސަނދިވަނީ

  33. ސުޢޫދު

    ސާލިހު އެބުނީތެދެއް ބާރުތައް އޮތީތިންބަޔައް ބަހާފަ މުޝުތެރެއައްލެވޭކައްނެއް ބާރުތައް ބޮޑުކަމުން އެބާރުތަކުންބައެއް އިންޑިއާކަނޑުތެރޭ އެބުރެނީ އެއްމެނައްވެސްއެގޭ ވޯޓް އިއުލާންކުރިހިސާބުން ބާރުތައް ނުލިބޭނެކަން ޕާޓީގެލީޑަރައްކަން ބާރުލިބޭނީ ހުރިހާބާރެއްއޮތީ މަޖުލީސްއައްގާނޫނުހެދުމުގެ އެއީވާދަކުރާނެވެރިއެއް ޕާޓީތެރެއިންވެސް ރައްޔިތުންގެ ތެރެއިންވެސް ކުރިއައް އޮއްތަނުގަސިޔާސީކުރިއެރުމެއްނެއް އެއްމެދައުރެއްމިލިބުނީ ޕާޓީތެރެއިން ޕާޓީއޮތީލީޑަރާއެކް ކޯލިޝަންވެސް ދާނީމިހެން ވަހީދު އައްވެސްދިމާވީމިގޮތައް އިންތިހާބުކުރިމަތި ވީމަ ތަފާތަކީމިފަހަރު ކެންޕެއިންގަ ރައްދުދޭނީ އެމްޑީޕީގެ ދެރައީސުން ބަރުތަކާބެހޭގޮތުން މުޝުތެރެއައްލީކާކުކަންނޭގިގެން އެނަންބުނަން އައްނަބޭފުޅާ އައްނާނީ ކާށިދޫކަނޑުހުރަސްކޮއް ނޫކުލާއިގެރިޔާނެގިކާރެއްގަ

  34. ދެޓްވޭ

    ވެރިކަމަށްޓަކައި ބާރުތައް މުށުތެރެއަކަށް ނުލާނަން ކަމަށް ތަމެން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތަމެން ކިއެއްވެތޭ މަމެން ޕިންކީން ގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ޓައިޓޭނިއަމް ޕްލޭޓެޑް ރައީސް ހައްޔަރު ކޮށްގެން ތިޔާ އުޅެނީ ތަމެން ބާރުތައް މުށުތެރެއަށް ނުލާނަމަ ކިއެއްވެތޭ މަމެން ޕިންކީންގެ ރައީސް ދޫނުކޮށްގެން އުޅެނީ ހީ އިޒް ދަ ވަން ޑިޒާއަރ ދޯ އިޓްސް ޓޫ ޕެއިންފުލް އޭ ތަމެން މަމެންގެ ރައީސް ހައްުޔަރު ކުރުމުން ނައު އައި ނެވަރ ވޮނާ ހިއަރ ޔޫސޭ ނާނާނާ ނާނާނާ ނާނާނާ ތަމެން ބުނި ކޮންމެ ކަމެއް ވެސް މަމެން ކޮށްދޭނަމޭ ހަމަ މިހާރު މަމެން ރައީސް ދޫކޮށްލަންވީއޭ ދޫނުކޮށް ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ އައި ވޯންޓް އިޓް ދެޓް ވޭ...

  35. މަހަަށްދޭބަލަ

    ކައުންސިލަރުންގެ އަދަދު އިތުރުވުމަކީ ބުރައެއް ނޫނޭ އެހެންތޭ ތަމެން ދެން މަހަށް ދާންވީ އެއް ނޫންތޭ އުނގު ޓެކްސް އާއި އިންކަމް ޓެކްސް ނަގައިގެން ތަމެން ދަ ބޯރަތޭ ދަ ކާޅު ހެދުން ލައޭ ދަ ބުރުގާ ނާޅައޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  36. ހޯލްޑްއޮން

    ވެރިކަމަށްޓަކައި ބާރުތައް މުށުތެރެއަކަށް ނުލާނަން ކަމަށް ރައީސް އިބޫ ވިދާޅުވާނަމަ ޖެހޭނެއޭ ރާއްޖޭގެ ތާރީޚް ގައި ވެސް ރާއްޖެ ނުދެކޭ ފަދަ މޮޅު ޓައިޓޭނިއަމް ޕްލޭޓެޑް ރައީސަކު ޖަލަށް ގަޅާލައިގެން ވެރިކަން ކުރުމުގެ ކަލްޗަރ ދޫކޮށްލާ ދަ ކަންޓްރީ ސައިޑް ގައި ގެންގުޅޭ ވަން ސެންސް މިސިންގް ގަބުޅި ކަތީބު ވެރިކަމުގައި ބަގުޑި ބައްދާ އުސޫލު ދޫކޮށްލާ ޖެންޓުލްމެން ސްޓައިލަށް ކަންކަން ކުރަން ހޯލްޑް އޮން ޓު އިޓް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޑާންސް ޑާންސް..

  37. އައިސް

    ވެރިކަމަށްޓަކައި ﷲގަންދީ ދޮގުހުވައެއް ކުރިތިޖައްބާރުން ވެރިކަމަށްޓަކައި ނުކުރާނެ ހަމައެއްކަމެ އް ވެސް ނޯންނާނެ ކަންހަމަޔާގީން އެއީ އިންސާނަކު ކަތިލާމެރު ންކަމަށްވިޔަސް ތިޖާހިލުންގެ އަމިއްލަ އެދުމަށް ޓަކައިވެސް އެކަމެއްކުރާނެކަން އެއީ ތިކޯލިޝަން ސަރުކާރުގެ ތެރޭގައި ފެންނަން އޮތް ބޮޑުހަގީގަތެކެވެ. ދެންކާކަށް އޮޅުވާލަން ދައްކާ ރޯ ބުހުތާން ދޮުގުވާހަކަތަކެއްތަ ތިޖާހިލުންތައް ތިތިބީ ﷲ ގެމަގުން އެތްފަރާތް ކުރަށްވާފައި ދެންތިޖާހިލުންނަކަށް ﷲ ތެދުމަގެ ނުދައް ކަވާނެ ތިޖާހިލުންތައް ﷲގެނިއުމަތުން މަހުރޫމުކޮށް ނިކަމެތި ކޮށް މުޅިދުނިޔެއަށް ބޭޒާރުކުރަށްވާށިއެވެ. ޢާމީން

  38. ދަބޯރަތޭ

    ތަމެން ދަ ބޯރަތޭ ދަ ކާޅުހެދުންލައޭ ދަ ބުރުގާ ނާޅާ ލާދީނިއަނޭ ރައީސް އޮފީހުގެ ބަޖެޓް ދަވާލައިގެން ޖަނގިޔާ ގަންނައޭ ތަމެން ދެން މަހަށްދޭބަލަ ބާރޭ ނުކިޔާ އިނގޭތޭ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...