މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅުގައި އަންހެނެއްގެ ހެދުން އޮޅިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއްގެ ފަހަތުން އިން އަންހެނެއްގެ ހެދުން ސައިކަލުގެ ފުރޮޅުގައި އޮޅި ތާށިވެގެންނެވެ. އެ ހާދިސާ ހިނގާފައިވަނީ މިރޭ 20:18 ހާއިރު އެވެ.

މި އެކްސިޑެންޓު ހިނގުމާއެކު އެވަގުތު މަގުމަތީގައި ތިބި އާންމުންގެ އެހީއާއެކު ފުރޮޅުގައި އޮޅި ތާށިވެފައިވާ ހެދުމުގެ ބައި ކަފާލައިގެން އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި އަންހެން މީހާގެ އަތަށާއި ފަޔަށް އަނިޔާވެފައިވާއިރު ސައިކަލު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފުލުހުން ވަނީ ދިގު ހެދުން ތުރުކުރައްވައިގެން ސައިކަލުގައި ދަތުރުކުރާ އަންހެނުން، ސައިކަލުގެ ފުރޮޅާއި ދިމާލަށް ހެދުން ނުދާނެހެން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިލާވަޅު

    ސްޓައިލްކޮށް ދުއްވާކުދިންގެ ސައިކަލްގަ ޗެއިންބޮކްސް އެއެއް ނުހުންނާނެ. ސަލާމަތީ ކަންކަން ދުއްވާ ވެހިކަލްތަކުގަ ގަވައިދުތަކައް ފިޓްނުވުމުގެ ނަތީޖާ. ޢިބްރަތް ހާސިލްކުރޭ ކުދިންނޭ ފުރާންްަ ދުއްވާނުލާ

    53
    1
  2. ސާޖީ

    އަރާން އިންނަ ސައިކަލު ފުރޮޅެއްގަ ނޫން އެހެން ސާކަލެއްގެ ފުރޮޅުގަވެސް ނޯޅޭ ވަރެއްނޫން ތި ހުންނަނީކީ....

    9
    1
  3. އިބްރާއިމް

    ހެދުން ބިމުަގަ ނުކޭއްތެންޔާ ކަމަކު ނުދާނެ

    8
    8
  4. ާައަސްލަމް

    ގޯހެ އްނޫން

    5
    2
  5. ޢހުރާ

    އަދިވެސް މޮޅުކޮއްލަން މާސިންގާ ބޮޑުހެދުން ލެވޭތޯބަލާ ތިކަހަލަ ލަންޑުލިބޭނޭ ބޮޑެތިފޭލިލައިގެން ތެޅެންޔާ

    10
    40
    • Anonymous

      މާސިންގާ ހެދުމުގެ ވާހަކަ ދެއްކޭތޯ ބަލާތި ފުރުސަތުގެ ބޭނުން ހިފާފަ. އެ ސައިކަލުގެ ޗޭނު ފޮށި ނެތުމުގެ ސަބަބުންނޭ ހެދުން އޮޅުނީ ކިޔާނެ މީހަކު ނުވާނެ. ޗޭނު ބޮކްސް ނެތް ސައިކަލް ތަކުގެ ފަހަތަށް އަންހެނުން އަރަންވީ ބިކިނީގަ އިނގޭތޯ.

  6. އައްޑޭ

    ޓްރާންސްޕޯރޓް މިނިސްޓްރީން ގަވާއިދެއް ހަދަންފެނޭ ތިކަމައް. ތީ އާއްމު ކަމެއް.
    ހެދުން ކުރު ކުރުކުރާކަށް ނުބުނެވޭނެ. ސައިކަލްތައް ގަވާޢިދަށް ފައްތަންވީ.

    8
    1