އައްޑޫ ސިޓީ ހިތަދޫ "ހަންކެޑެ" ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ހަންކެޑެ އާއި އެކު ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން، ޖުމްލަ 29 ރަށެއް މުޅިން އަލަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާންކޮށްފައިވަނީ، "ބުރަބި" ނަމުގައި ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބެލުމަށްފަހުގައި ކަމަށާއި، ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާވެސް ހޯދުމަށްފަހު ކަމަށެވެ. ފަތުރުވެރިކަމަށް ދޫކުރާ 28 ރަށުގެ އިތުރުން، 7 ރަށަކުން 7 ބިމެއްވެސް ވަނީ އެ މަސައްކަތަށް ދޫކުރަން ނިންމާފައެވެ. އެގޮތުން އައްޑޫސިޓީ، ފުވައްމުލަކު ސިޓީ، ގދ ވާދޫ، ލ ގަން، ހދ. ނޮޅިވަރަންފަރު ހއ.ކެލާ އަދި ހއ.އުލިގަމުން ވަނީ ބިން ދޫކުރުމަށް ނިންމާފައެވެ.

ފަތުރުވެރިކަމަށް އަލަށް ދޫކުރަން ނިންމާފައިވާ ރަށްތަކަކީ:

ހއ.މާފިިނޮޅު

ހއ.ދައްޕަރު

ހއ.މެދަފުށި

ހއ.އަލިދުއްފަރު ފިނޮޅު

ހދ.ހޮނޑައިދޫ

ހ. ކުޑަފަރުފަސްގަނޑު

ހދ. ވައިކަރަމުރައިދޫ

ށ.ނަލަންދޫ

ށ.ކުޑަޅައިމެންދޫ

ށ.ފުށިފަރު

ނ.ކުންނަމަލައި

ރ.އަލިފުށި (ފަޅުން ބިން ހިއްކައިގެން ރަށެއް ތަރައްޤީކުރުން)

މ.ސީދީހުރާ

މ.ބޯހުރާ

ފ.އެނބުލުފުށި

ފ.ޖިންނަތުގައުތ.ކާއްޑޫ

ތ.ކަނިމީދޫ

ތ.އޮޅުފުށިފިނޮޅު

ލ.ކަށިދޫ

ލ.ބޮޑުމުންޏަފުށި

ލ.ދޮންބެރަހާ

ގއ.މާރެހާ

ގއ.ފުނަދޫވިލިނގިއްލާ

ގދ.ކަނޑަހަލަގަލާ

ގދ.ފެރޭތަވިލިގިއްލާ

ގދ.ކަޑަވާރެހާ

ސ.ހަންކެޑެ

ރިސޯޓުތަކުން ވަޒީފާދިނުމުގައި ރިސޯޓާ ވީހައިވެސް ކައިރި ރަށްރަށުގައި ދިރިއުޅެމުންދާ މީހުންނަށް އިސްކަންދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އިއުލާން ކޮށްފައި ވަނީ ކްރޮސްރޯޑުގައި ދެދެވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ވިޔަވަތި ރާއްޖެ" ކައުންސިލް ރައީސުންގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ އެއްވެސް މުވައްޒަފަކު ޓްރެއިނިން ހަދަން މާލެ އަންނަން ނުޖެހި، ރިސޯޓްތައް ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެރިސޯޓުތަކުން ވަޒީފާ ހަމަޖެހޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ސަރުކާރާއި އެ ރިސޯޓަކާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމްވެސް ހަމަޖައްސާނެ ކަމަށް މިނިސްޓަރ އަލީ ވަހީދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ކޮންތާކުން ދިވެހިރާއްޖެއަށް މީހުންއަންނާނީ؟ މުޅިގައުމަކީ ޓެރަރިސްޓު ހާއްޔެއް. 50 އެތީސްޓުން ނޫނީ ތިބީ ހުސް ހަރުކަށި މީހުން. ތިތަންތަނަން ހަދަން އިންވެސްޓު ކުރާނީ މޮޔައަކު. މިފަދަ ނުރައްކާތެރި ބިރުވެރި ގައުމަކަށް އަންނާނެ ފަތުރުވެރިއަކު ނުވާނެ. 2019 ވަނަ އަހަރުގެ ތަފާސް ހިސާބުން އެނގިފާޅުވެގެންދޭ މަހުންމަހަށް ރާއްޖޭގެ ފަތުރުވެރިކަން ދައްވަމުންދާކަން.

    1
    4
  2. އަބުދުލް ﷲ ރަސީދު

    ތިޔަ ރައްތައް ކިތައް ފަހަރު މިހާރު ތަރައްގީކޮށް ނިމިއްޖެބާ

    3
    2
  3. އައްޑޫ ކޮއްޔާމެން

    ހުވަފެން ދެކޭނީ، ހިއްސާކުރާނީ، ހަންކެޑެ މިހެންވެސް ކިޔާނީ!! ހުވަފެނަކަށްފަހު ހުވަފެނެއް. މޭޔަރު ދުވާލުވެސް އެސްފިޔަ ވެއްޓި ދެބައިކުޅައެއްބަޔަށް ލޯމެރިފަ ހުންނަނީ ތި ހުވަފެން ބަލަބަލާ.

  4. ސސސ

    އައްޑޫ ގުޅިފައިވާ ރަށްތަކުގެ ތައްޔިތުން މޫދަށް އެރިލާ ހިތްފަސޭހަކޮށްލަން އޮތް ހަމައެކަނި ތަންކޮޅު ވަކިބަޔަކަށް ފައިދާ ވާގޮތަށް ރިޒޯޓް ހަދާ ވިއްކާލަނީ ތަ. މިތަނުގެެ ބަދަލުން އައްޑޫ ރައްޔިތުންނަށްވެސް މަންފާކުރާނެފަދަ އެހެންތަނެއް ތަރަައްޤީކުރުން މުހިންމު
    މިއަދުގެ ހާލަތަކީ ދިވެހި ޤައުމުގެ މިވާ ގުދުރަތީ ރީތިކަމާ ޗާލޫކަން ދިވެހިންނަށް ނުލިބޭކަން،

    6
    1
  5. ޥައްޖީ

    ހަންކެޑެ އަކީ ހިތަދޫ އާ ގުޅުންހުރި ތަނެއް ނޫން

    4
    1
    • ޙނ

      އޭމިހިރަ ކޮތަރު ބިހާ!ކަލޭތީ ހުވަދުއަތޮޅުމީހެއްދޯ؟ އެމީހުންގެ ބަހުރުވައިގަ ހިމެނޭބަހެއް ބައްޑާއަކީ! ހައްހައްހާ!ކޮތަރުބިސް ކޮއްލާނީ އަސަރެއް!ތިކަހަލަ ކޮމެންޓް ކުރާތީ އަހަރެމެން އަންނަނީ ހިނި!ހިނިތުންވުމުން ހަށްޓައްވެސް ފައިދާ! މާބޮޑަށް އަހަރެމެންދެކެ ރުޅިއަންނަންޔާ ތިމާގެ ކައްގނޑަށް ބާރުކުރާނީ!ހިނިތުންވެލާށޭކަލާ

  6. ކޮތަރުބިސް

    ހައްހައްހައްހައްހައްހައްހައްހާ ވޯޓައް ބޮޑު ގޫބައްޑެއްޖަހާލީ

    4
    21
    • ޙނ

      އޭމިހިރަ ކޮތަރު ބިހާ!ކަލޭތީ ހުވަދުއަތޮޅުމީހެއްދޯ؟ އެމީހުންގެ ބަހުރުވައިގަ ހިމެނޭބަހެއް ބައްޑާއަކީ! ހައްހައްހާ!ކޮތަރުބިސް ކޮއްލާނީ އަސަރެއް!ތިކަހަލަ ކޮމެންޓް ކުރާތީ އަހަރެމެން އަންނަނީ ހިނި!ހިނިތުންވުމުން ހަށްޓައްވެސް ފައިދާ! މާބޮޑަށް އަހަރެމެންދެކެ ރުޅިއަންނަންޔާ ތިމާގެ ކައްގނޑަށް ބާރުކުރާނީ!ހިނިތުންވެލާށޭކަލާ!

      73
  7. މުފައްކިރު.

    ފުވައްމުލަކުގައި 500 އެނދުގެ ސިޓީ ހޮޓަލެއް ޤާއިމު ކުރުމަށް އޭރު ވެރިކަމުގައި އޮތް ރައީސް ޔާމީންގެ ކެމްޕެއިންގަ ވިދާޅުވެފައި ވަނިކޮށް އެމްޑީޕީ އާއި އެޕާރޓީ އާއި ގުޅުނު ކޯލިޝަން ކެމްޕެއިނުން ފުވައްމުލަކު ސްޓޭޑިއަމްގަ ބޭއްވުނު ޖަލްސާ އެއްގަ 100 އެނދުގެ ސިޓީ ހޮޓަލެއް ފުވައްމުލަކުގަ ގާއިމު ކޮށް ދެއްވުމަށް ވަނީ ވިދާޅުވެފަ. ފުވައްމުލަކުން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބިން ދޫކުރުމުން އެވަޢުދު ފުދޭތޯ؟

  8. ޣގމނ

    ޥޯޓަށްޖަހާލި މަޅިފައްޗެއ! ،ޖަޒީރާ ސަރުކާރަށް ކެވޭނެ ރާކަނިމަހެއްނޯންނާނެ! ސެލްފީ ނަގާ އިބޫބެ އަށް ވެވޭނި ވައުދު!އައްނިބެ ހަމައިގާ ހުންނާނީ މަދުފަހަރަކު!ދެން ކޮންކަމެއް ވެވޭނީ!

  9. އައްޑޫ މީހާ

    އިންތިހާބެއް އެބަކައިރިވޭތާދޯ؟