ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއްކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރަކަށް ޓޫރިޒަމު މުހައްމަދު ސޮލާހު ހަމައްޖައްސައިފި އެވެ.

ސޮލާހް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން ހުންނެވީ ދުބާއީގައި ހުންނަ ޒާޔާ ހޮސްޕިޓާލިޓީ ގްރޫޕުގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމުގައެވެ.

ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ދިހަ ރިސޯޓެއް ހިންގަމުން ގެންދެއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއޯއޯ އަކަށް އައްޔަން ކުރި ސޮލާހް ވަނީ ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ރިސޯޓެއް ކަމުގައިވާ ކޮމަންޑޫ އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ސޮލާހް ފަތުރުވެރިކަމުގެ ދާއިރާއަށް 2002 ވަނަ އަހަރު ވެންދެނީ އެންމެ އާދައިގެ ވަޒީފާ އަކުންނެވެ. މަތީ ތައުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު އޭނާ ވަނީ މެލޭޝިއާ އަދި ޝީޝެލްސްގައި މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފަ އެވެ. ކިޔަވާ ވިދާޅުވުމަށް ފަހު އަލުން މީރު އައިލެންޑް ރިސޯޓާ ގުޅި ފްރަންޓް އޮފީސް މެނޭޖަރު ކަމާއި ގެސްޓް ސާވިސަސް މެނޭޖަރު ކަން ވެސް ކުރެއްވި އެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯގެ މަގާމުގައި ހުރީ ކްރިސްޓީ ބްރެމްފޯޑް އެވެ.