މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު), ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވި ލަވަ، މާ ބޮޑަށް ވެސް ކަމުގޮސްފިއެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގާސިމް ވަނީ ރަށްތަކަށް ވަޑައިގަންނަވަން ފައްޓަވައިފައެވެ. ގާސިމް އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ބޮޑުތިލަދުންމައްޗަށެވެ. މި ކެމްޕެއިންގައި ގާސިމް ވަނީ ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ.

ކެމްޕެއިން ތެރޭގައި އުޅުއްވަމުން ގާސިމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ލަވަ އާންމު ކުރެއްވުމަށް ފަހު ވިދާޅުވީ އެ ލަވައަކީ އެކުވެރި އުއްޗު ފޮނުއްވި ހަދިޔާއެއް ކަމަށެވެ. އެ ލަވަ ފޮނުއްވީތީ އުއްޗު އަށް ޝުކުރު ދެންނެވިއެވެ. އަދި މިގައުމުގައި އަދިވެސް "ތަކުރުން" ތިބިކަން ވަރަށް ރަގަޅަށް އެބަ ހާމަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އޭގެ ފަހުން ވަނީ މި ލަވައިގެ ވާހަކަ ކެމްޕެއިން ދަތުރުތަކުގައި ވިދާޅުވެފައެވެ. އަދި ގާސިމް ގެންދަވަނީ ބައެއް ރަށް ރަށުގައި މި ލަވަ ޖަހަން ވެސް އަންގަވަމުންނެވެ.

މި ލަވައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ރާއްޖޭގެ މިނިވަންކަމުގެ މައްޗަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް އަވަށްޓެރި ގައުމަކުން ފޯރުވަމުންދާ ނުފޫޒު މި ލަވައިގެ ކަޑިތަކުގައި ހިމެނެއެވެ.

އެ ލަވައިގައި ބުނެފައި ވަނީ ބޯކަނޑާލެވުނަސް، ބޯ ގުދެއް ނުކުރާނެ ކަމަށެވެ. އަދި ކާބަފައިން ދީފައިވާ މިނިވަންކަން ނުފޮހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ލަވައިގައި މިނިވަން ކަމާއެކު ވިހުރެވެމުންދާ ގައުމީ ދިދަ ވެއްޓުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ގައުމުގެ ދެކޮޅުގައި ބޭސް ހަދައިގެން ތަމްރީނު ހަދަމުން ދިޔަ ނަމަވެސް ބޯ ގުދު ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން ގައުމު ލޯނަށް ވިއްކާ ނިންމާލާފައިވާ ކަމަށާއި ލޯނު ދެއްކެން ނެތުމުން ވެގެންދާނެ ގޮތް ވިސްނޭ ކަމަށް ވެސް ބުނެފައިވެއެވެ. ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ގެނެސްގެން އިންޑިއާ ސިފައިން އެ ދުއްވިޔަސް، އެކަން ކުރާނެ ދިވެހިން ތިބި ކަމަށް ވެސް ލަވައިގައި ފާހަގަކޮށްފައިވެއެވެ.

ށ. ފޭދޫގައި މިއަދު ބޭއްވި ޖަލްސާގައި ގާސިމް އެ ލަވައާ ބެހޭ ގޮތުން ވިދާޅުވީ ބޮޑެތި ލޯން ނަގައިގެން ކަންކަން ކުރަނީ ދިވެހިން މަކަރުވެރި ދަންމަޅިއެއްގައި ޖައްސަންތޯ ސުވާލު އުފެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗުއްޗު

    ރައްޔިތުންގަ ފަޅުތައް ފޭރިގަންނަ މީހުނަށް ތާއިދެއް ނެތް

    17
    2
  2. Anonymous

    ބަލަ ޖާސިމު މިސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށްހުރިއިރު ތިހުރިހާ އަނގައެއް ނުތެޅީ ކީއްވެ ދެވަނަ ބުރަކަށް ދާއިރު ވެސް ސަރުކާރާއެކު ކޯލިސަންހަދަން ތައްޔާރަށް ހުރިކަން ނެގޭބަޔަކު ނެތޭ

    25
  3. Anonymous

    އުއްޗުއާއި ގާސިމް ތީ މިގައުމަށް އެންމެރަނގަޅު ޗޮއިސްއަކީ މިހާރު

    7
    16
  4. މޮހޮރު

    ބަލަ ސޭޓާ ކަލޭބޮޑު ހިއްސާއެއް ވެގެން ގެނައި މިވެރިކަމުގެ ސަބަބުން ގައުމަށް ވަމުންދާގޮތް ތިލަވައިން ބުނެދެނީ ، ތިއޮތީ އުއްޗު ކަލއެއްބަވާފަ، ގައުމަށް މިލިބުނުދެރައިގެ ފުރިހަމަ ޒިންމާވާންޖެހޭނެ ސޭޓް ކަލޭވެސް ރައްޔިތުން ކަލޭމެނައް މާފެއްނުކުރާނެ

    25
  5. ޔާސިރު

    އިސްލާދީނާއި މި ދިވެހިގައުމައް ގެއްލުންވާފަދަ އެއްވެސް ވޯޓެއް ދޭކައް ރައްޔިތުންނޭދޭކަން މިވޯޓުން އެގިގެންދާނެ

    21
  6. އަލި ތަކުރު

    މަގޭ ގާތަށް ހިނި އަންނަނީ، އިންޑިއާއަށް ނުސީދާކޮށް އެއްޗެހި ކިޔާ މިލަވަގެ ރާގާ ޅެމުގެ އަސްލަކީވެސް އިންޑިއާގެ "ސަރްކަޓާ ސަކްތޭހެ ލޭކިން ސަރްޖުކާ ސަކްތޭ ނެހީނ.". އިންޑިއާގެ މިނިވަންކަމަށް ރޫޙު އުފެއްދި ލަވަ ކޮޕީކޮށްގެން އިންދިއާއާ ދެކޮޅޭ މިގޮވަނީ. ކަލޯ މިޔޭ ފެންވަރަކީ.

    13
    8
  7. ކާސިންބެ

    ބަލަގަ މިއަދާޖެހެން ދެން ގާސިމު ކޯލިސަނުގައި ހުރެ ގަބޫލު ނުކުރި ވާހަކައެއް އެއީ
    ގާސިމް ދެން ބޭކާރު ވާހަކަ ދެއްކުން ހުއްޓާލާ
    ގާސިމަ ވޯޓެއް ނުދޭނަން