އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ކ. ތޮޅިމަރާ ހުރާ ފަޅުގައި ބޮޑު މަޝްރޫއެއް ފަށަން، ރަޝިޔާ އާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިންވެސްޓަރުންތަކެއް ގުޅިގެން ތައްޔާރުވެއްޖެ އެވެ.

މާލެ އަތޮޅުގެ ދެކުނު ބިތުގައި، ފިހާޅޮހި އަދި ރިހިވެލި ރިސޯޓް ކައިރީގައި އޮންނަ ތޮޅިމަރާ ހުރާ ފަޅު 2016 ގައި ކުއްޔަށް ދީފައި ވަނީ ދުބާއީ ކުންފުންޏަކަށެވެ. އެ ފަޅު މިދިޔަ ޖޫން މަހު ވަނީ އަބޫ ދާބީގައި ރަޖިސްޓްރީކޮށްފައިވާ އެޓޯލް އެސްޓޭޓްސް ކިޔާ ކުންފުންޏަކުން ގަނެފަ އެވެ.

އެޓޯލް އެސްޓޭޓްސްގެ މައިގަނޑު ދެ ހިއްސާދާރުންނަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ކުރިން ހަރަކާތްތެރިވެފައިވާ ދެ ބޭފުޅެކެވެ. އެއީ ކ.އޮޅަހަލީގައި ރިސޯޓެއް ތަރައްގީ ކުރި ކުންފުނީގެ ވެރިޔާ ކަމަށްވާ ޑިމިޓްރީ ބޯޓޮވް އާއި ރާއްޖޭގައި ޖުމެއިރާ އިން ކުރިން ހިންގި ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ދިގު މުއްދަތަކަށް ކުރެއްވި އަދި ފަހުން ޖުމެއިރާގެ މައި ކުންފުނީގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވާފައިވާ އަމިތު މަޖްމުދާރު އެވެ.

ތޮޅިމަރާ ހުރާ ފަޅަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯންޗެއްގައި 40 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ފަޅެކެވެ.

ތޮޅިމަރާހުރާ ފަޅުގައި ހަދާ ތިން ރަށެއްގައި ތަފާތު ތިން ރިސޯޓް ތަރައްގީ ކުރާއިރު ކޮންމެ ރިސޯޓެއްގެ ދެމެދު މަދުވެގެން 500 މީޓަރުގެ ދުރުމިން ހުންނާނެ އެވެ. ހުރިހާ ރަށްތަކެއްވެސް ހުންނާނީ އޯވާވޯޓާ ވޯކްވޭ ނުވަތަ ފާލަންތަކަކުން ގުޅާލެވިފައެވެ. އެފަޅުގައި ޔޮޓް މެރީނާއެއްވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފައެވެ. އެކި ވައްތަރުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓުތަކާއި ކެފޭތައް އަދި ބާތައް ހިމެނޭ ގޮތަށް ކެއިންބުއިމުގެ ހިދުމަތް ދޭ ޖުމްލަ 24 ތަން ހުންނާނެ ކަމަށް ވެސް މިމަޝްރޫއުގެ މައުލޫމާތު ހާމަކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެޓޯލް އެސްޓޭޓްސްގެ ކޯ ފައުންޑަރުން ކަމަށްވާ ޑިމިޓްރީ ބޯޓޯވް އާއި އަމިތު މަޖުމްދާރު ވިދާޅުވި ގޮތުގައި، މި މަޝްރޫއު ނިންމައި 2025 ވަނަ އަހަރު ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށަން އެ ކުންފުނިން ވަނީ ތައްޔާރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިދިހަނެބައްތެއްލާ

    މާލެ އަތޮޅު ފަޅު ބާއްވަބަލަ ކަލޭމެން މާލޭ މީހުންނަށް ގޯތި ދޭން.. އަތޮޅު ތެރޭގެ ތަރަައްގީއޭ ކިޔާފަ މަކަރާޖަހައިގެން ފުޓްސެލް ދަނޑެއްދީފަ ރަށު ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް މި ސަރުކާރުގެ ނެތް. އަހަރެމެން ތަރައްގީއޭ މިކިޔަނީ ކުދި އާބާދީތައް ބޮޑެތި އާބާދީތަކާއި ގުޅުވާ ބިންބޮޑު ކުރުމަށްފަހު، އެތަންތަނަށް ޞިއްޙީ ތަޢުލީމީ ސިނާޢީ ޚިދުމަތްތަކާއި އިންޓަރނެޓްގެ ވަޞީލަތްތައް ފުޅާކުރުމަށް. އަދި އެތަންތަނުގައި ގޯތީގެ ބަދަލުގައި ފްލެޓް ނުވަތަ ހައުސިން ޔުނިޓްތައް ދީގެން ތަރައްގީ ކުރުމަށް. އެއީ މިކިޔާ އަތޮޅު ތަކުގެ ތަރައްގީއަކީ..

    5
    1
    • އިސްމާއިލް

      ކޮންމެރަށެއްގަ ފުޓުސެލްދަނޑެއް ހެދުމަކީ ކުރީސަރުކާރުގެ ވައުދެއް އެވެރިންނަށް އެކަންނުވީ މިސަރުކާރުން އެކަންކުރީމަ ތިވެރިންނަށް ހަޖަމުނުވީ

  2. ނިޒާރުބެ

    ލަފާކުރެވޭގޮތުން ތިތަނުގަ ވަން އެންޑް އޮންލީ ރިސޯޓެއް ހިންގާފާނެ އަދި އެހެންވެއްޖެނަމަ ރާއްޖޭގެ ނަމްބަރ ވަން އަށް ވާނީ އެތަން

    3
    1
  3. ޅިޔަންބެ

    2016 ގާ ބޮޑު އަގުގާ ވިއްކާލާފަ އޮތް ރަށެއްދޯ.