މ.އަތޮޅު މަޑުއްވަރިއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ޒުވާން ފިރިހެނަކު ދަންޖެހިފައި ހުއްޓާާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފެނުނީ މާފަންނު ގެއަކުންނެވެ.

އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސިކުނޑި

    މިއޮށްފަދަ ޒަމާނުގަ ތަނަކު މީހަކު ދަންޖެހިފައި ހުއްޓާފެނުނަސް އަދި އަމިއްލައަށް މަރުވީކަމަކަށް ނުބެލެވޭނެ

    50
    2
  2. ސަގަރު

    ތީ މަޑުއްވަރީ ކޮހުންގެ ދީނީ އަގީދާ ވަރުގަދަކަން

    15
    64
    • ހުސެން

      މ މަޑުއްވަރީ 😜

      17
      1
    • ބަކަރި

      ކޮހާ،މ. މަޑުއްވަރީއޭ އެ ކިޔަނީ. ކަލެއަށް ހީވަނީ އަމައޭ ކިޔަންޏާ އެއީ ހުސް ކަލޭގެ އަމައޭތަ

      36
      5
      • ހުސޭނުބޭ

        އަސްތާ! އާނ އެހެންދޯ ހީވާނީ!

    • މަޑުއްވަރީ ކޮސް

      ކަލޭމެން ކުދިންގެ ކޮސްކަން ކުޑަ؟

      10
      1
    • ދޮންބެ

      ރާއްޖޭ ގައި ކިތަށް މަޑުއްވަރީ އޮންނަކަން ނޭންގޭ މީހާ ގެ ކޮސްކަން މާބޮޑު.

      25
  3. މާނިއު

    ކުށެއް އިސްލާހހ ހު ކޮށްދެއްވާ. ޖުވެނައިލް ޖަސްޓިސް ޔުނިޓަކީ ހިލޭ ކައުންސިލިންގ ދޭތަނެއް ނޫން. އެތަނަކީ ކުށުގެ މައްސަލަތަކުގައި އުޅޭ 18 އަ ހަރުން ދަށުގެ ކުދިންނަށް އިންޓަވެންޝަން ދިނުމުގެ މަސައްކަތް ކުރާ ތަނެއް

    32
  4. ސަގަރު

    އަނެއްކާ ސަގަރެއް ނޫންތަ ކަލޭ ހާދަ ހަޔާތްވެސް ކުޑޭދޯ ތި ސަގަރުގެ އާއިލާމީހަ ކު ދަންގެހިފަ ހުއްޓާ ފެނުނަސް ބުނާނީ ހަމަތިހެންތަ ސަގަރު

  5. ކިނބޫ

    މިއުޅޭ "ޕްލޮޓް" ޖަމާއަތުގެ ވަސަންތީއަކު ދަން ޖެއްސީ ކަމަށްވެސް ވެދާނެ. ނޫނީ އިންޒާރެއްދީ ބިރުގެންނެވީ ކަމަށްވެސް ވެދާނެ.

    6
    2
  6. ގުޑުގުޑާ

    އިއްޔެ ބޮޑު އެކްސިޑެންޓެއްގަ ޝޭހެއް ކިރިއާ ސަލާމަތްވި ވާހަކަ، މިއަދު މަޑުއްވަރީމީހެއްގެ މަރު................ކިހިނެއްބާ މިވަނީ؟

    8
    3
  7. ާަޕޮގުބާު

    ކޮންމެ މަރަކީ ތަ ހުގީގު ކުރަންޖެ ހޭ މަރެއް ނޫން

    3
    9
  8. އާމިނާ

    މ. މަޑުއްވަރި ރ. މަޑުއްވަރި އެއްނޫން ގަމާރު ވިޔަސް ތީ ބޮޑުވަރު

    13
  9. ޒ

    ޢަމިއްލަޔަށް މަރުވަނީ އީމާންތެރިކަން އެބަޔެއްގެ ގައިގާ ނެތީމަ. ކޮންމެހެން ނަފްސާނީ ބަލިބަލި ހުރެގެނެއް ނޫން.

    13
    3