ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށެވެ.

މި ސަމާލު ދެމިގެން ދާނީ މިރޭގެ 23:30ން ފެށިގެން މިރޭ ދަންވަރު 03:30ގެ ނިޔަލަށެވެ.

މި ވަގުތުގުގައި މި އަތޮޅުތަކަށް ބޯކޮށް ވަރޭވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރިއަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާ ކުރެވޭގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެއެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ރާއްޖޭގެ ކަނޑުތައް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

މޫސުން ގޯސްވެފައިވާ މި ދަނޑުވަޅުގައި ކަނޑު ދަތުރުތައް ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުން އެދެވިގެން ވެއެވެ.