ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ 1700 ހައުސިންގް ޔުނިޓެއްގެ މަސައްކަތް ފެށުމުގެ ގޮތުން، ކައިރި މުސްތަޤުބަލެއްގައި އެ ހައުސިންގް ޔުނިޓްތަކުގެ ބިންގާ އެޅިގެންދާނެ ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަފިޔަވަހީގައި އަޅާ މި 1700 ހައުސިންގް ޔުނިޓުގެ ބިންގާ ކައިރި މުސްތަޤުބަލެއްގައި އަޅަން ނިންމާފައިވާއިރު، އެ މަޝްރޫޢަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ސީދާ ދުވަހެއް، ނުވަތަ މަޝްރޫޢުގެ މަސައްކަތް ނިމޭނެ ހިސާބެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު ވިދާޅުވެފައި ވަނީ ހައުސިންގް ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެންމެ އަވަހަށް ފެށޭތޯ މަސައްކަތް ކުރަނީ މި މަޝްރޫޢުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޑިވެލޮޕަރގެ ފަރާތުން މި މަޝްރޫޢަށް ފައިސާ ޚަރަދުކުރުމަށް ރާވާފައިވާގޮތުގެ ޓަރމް ޝީޓް މިހާރު ހުށަހަޅާފައިވާ ކަމަށާއި، ހައުސިންގް ޔުނިޓްގެ ބިންގާ އަޅައި މަސައްކަތް ފެށޭނީ އެކަން ދިރާސާކޮށް "ފައިނަލް" ވުމުން ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ވެރިކަމުގެ މި ދައުރުގެ ތެރޭގައި 20،000 ހައުސިންގް ޔުނިޓް އެޅުމަކީ އަމާޒެއް ކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ، އާބާދީގެ ނިސްބަތަށް އިސްކަންދީގެން، އެއްވެސް އަތޮޅެއް ބާކީ ނުކޮށް މި 20،000 ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮރަލް

    ބިންގާ ތައް އަޅާނީ ވޯޓް އާ ކައިރި ވީމަ އެވެ.

  2. އަބޯ

    ނުކުރެވޭނެ . ހުޅުމާލޭގެ ޔާމީން 7000 ނިންމުމަށްފަހު 4000 ޖުމްލަ 11000 ވަނީ ކަނޑައަޅާ ފައިނަލް ކޮށްފަ ވެރިކަން ބަދަލުވެ މަސައްކަތް ހުއްޓުވާލުމުން އަދިވެސް އެއުޅެނީ 7000 ނިންމާ ހަވާލު ނުކުރެވިގެން ޔާމީން ނިންމާފަ އޮތީ 2019 އެޕްރީލް ގަ 7000 ހަވާލުކޮށް މީހުން އެތަނުގެ ދިރިއުޅެން ފެށުމަށް އަނެއް 4000 2021 އެޕްރީލް ގަ މީހުން ދިރިއުޅެންފެށުމަށް. މިހާރު އަމަލުކުރިގޮތުން މަސައްކްތް 1 އަހަރ ލަސްވީ އަދި އިތުރު ހަރަދުތަކެއް ކޮންޓްރެކްޓަރުންނަށް ކުރަންޖެހުމުން ދަވްލަތުންގެއްލުމުގެ ބަދަލު ދޭންވެސް ޖެހޭނެ. 4000 ގެ ކޮންޓްރެކްޓަރުން މިހާރު ދިޔައީކަމަށްވެސް ވާހަކަދެކެވޭ . ބަޔަކުނުވެގެމް ނޮވެމްބަރު ކިޔާ ޑިސެމްބަރު ކިޔާ އަދިވެސް އެއުޅެނީ މަސައްކަތް ފެށޭނެ ދުވަހެއް ޔަގީންކޮށްދޭނޭ ބަޔަކު ނުވެގެން.

    20
    1
  3. ނަންބެ

    ހެޔޮނުވާނެ އިތުުރު ތަނެއް އަޅާފަ ނުދިނަސް މިހާރު އަޅާފައި ހުރި 7000 ހައުސިންގ ޔުނިޓް ނިންމާފަ ދީބަލަ. އެހެރީ އެތަންތަން ލޯ މައްޗަށް ފެންނަން ވިއްޔާ. ރައްޔިތުން ގުނބޯ ހެއްދޭނެ ތިކަހަލަ ރޮކެޓް ނުޖެއްސިޔަސް.

    16
  4. މޯދިgެ ކާފަަ

    ހެހެހެ ބުނާނެ އެއްޗެއްނެތް! މޯދީއާގުޅިގެން ވޯޓް މަކަރެއްޖަހައިގެން ވެރިކަން އަތުލިޔަސްވެސް، މިދިޔަ ފަސްއަހަރުތެރޭ ކުރިކަންތަކާ ގާތްކުރާ ވަރަށްވެސް ނުކުރެވޭނެ އަދި ކުރުވިޔަ ނުވެސް ދޭނެ އިންޑިޔާއިން!

    15
  5. ރައްޔިތުމީހުން

    އަޅާފަ ހުރި ތަންތަން ދޭކަށް ނުވޭތަ؟

    19
  6. ރައްޔިތު މީހާ

    ހާދަ މަދުން. ބޯ ހިޔާވަހިކަމަށް 30،000 އަށްވުރެ ގިނަ މީހުން ބޭނުންވެފައި ތިއްބާ ތި އަޅަނީ އެންމެ 1700. މިސަރުކާރު ހޮވުމުގެ ބޭނުމަކީ ކޮބާ؟ ބިން ނެތީކީއެއް ނޫން. ހުޅުމާލެ ދެވަނަ ފިޔަވަހި އަދި ފުރަަމަ ފިޔަވަހީގައިވެސް ބިން ހެސްކިޔާފަ އެބައޮތް.

    17
  7. ކިނބޫ

    ޖަޒީރާ ރާއްޖޭގަ ހައުސިންގ ޔުނިޓް އަޅާނެ ވަރަކަށް އަޅާފަ އިންސާނުންނަށް ދީބަލަ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު ހަދާ ނިމެން ކައިރިވެފަހުރި 25 ބުރީގެ 16 ޓަވަރުގަ ހުރި ކޮތަރުކޮށިތައް "ކޮތަރުތަކަށް" ދޭން ކެރިބަލަ. ކިހާބޮޑު އުނދަގުލެއް.

    14
  8. ޯމޯޑު

    އެތަކެއް ހައްސަ ހައުސިންގް ޔުނިޓެއް އެޅުމަކީ އަދި މި މައްސަލައިގެ ހައްލެއް ނޫން! މިވީހާ ތަނަށް އަދިވެސް އެއްވެސް ސަރުކާރަކުން މާލެ ތޮއްޖެހޭ މައްސަލައަށް ހައްލެއް ނުގެނެވޭ! 22 އަތޮޅުގެ 1200 ރަށުން، މީހުން ދިރިއުޅޭ 200 ރަށް އޮތް އިރުވެސް، ރާއްޖޭގެ އާބާދީގެ އެންމެހައި އަސާސީ ކަންތައްތައް ފުއްދައެއް ނުދެވޭ!

    3
    4
  9. ބޯހިޔަލެއް ނެތް ރައްޔިތު މީހާ

    މިހާރު އަޅާފަހުރި ފްލެޓްތައް ދީބަލަ ފުރަތަމަ. ވަރުގަދަ ކަމެެއް ސަހާދަތް.

    14
  10. ޤަމަރު

    ރަގަޅު ސުރުޚީއަކީ ކައުންސިލް އިންތިޚާބަށް ދަޅަދައްކާ ޗިޕްޖަހަން ތައްޔާރުވެއްޖެ!

    13
  11. ޓައްގާލަ

    ޢަހަރުމެން ބޭނުންވެގެން މިއުޅެނީ ބަޔަކު ތައްޔާރުވާތަން ބަލަންތަ
    ޙަދާނި ންމާތަން ބަލަން ބޭނުމީ މިއީވާބަޔެއް

  12. Anonymous

    ކޮބާތޯ ފުލުހުން ނާއި ސިފައިންނަށް ހަދާ ނިމެން ކައިރިވެފައި ހުރި ފުލެޓް ތައް . ވެރިކަމަށް އަރާ ވަޢްދުތައް ވީ އެއްއަހަރު ތެރޭ 8މަސްތެރޭ އެތަންތަނުގައި ދިރިއުޅެން ޙަވާލު ކުރާނަމޭ ކިޔައިގެން. އެދުވަސް ކޮޅު މާރިޔާމެން ޢިމްރާނުމެން މަސައްކަތް ހިނގާގޮތް ބަލަން. މިހާރު އެހަނދާން ނެތިއްޖެކަހަލަ.

    • ދދދދދދ

      މަސައްކަތް ބަލާކަށް ނޫން ދިޔައީ. ވުޖޫދުގަ ނެތޭ ގޮވި ތަންތަން ބަލަން ދިޔައީ. ތަން ފެނި އާޝޯޚު ވީމަ ދެން ކިޔަން ފެށީ އަލިފާންފޮށްޓޭ. ރައްޔިތުންނަށް ހަގީގަތް އެނގޭތި އެވެސް ބަޔަޑު އަޑު އަހާ ވާހަކައަކަށް ނުވި. ދެން ރަކިވެ ޗޭ ވެގެން މިހާރު ކިޔަނީ ހާލަތު ބަލަނީއޭ. ކޮން ހާލަތެއް ބަލާކަށް ތިމާމެންގެ ހާލަތު ދެނެގަނެ އިންޑިއާއިން ބޭނުން ވިއެއް ކަމަކު ނުވާވަރު ކަންކަމަށް މެހިނުގަނެ ތިބިއްޔާ މާތާހިރެއްނު.

  13. އެމްޑީޕީ ބުރޯ

    މިހާރު އަޅާފަހުރި 25 ބުރީގެ 16 ޓަވަރު ތަޅާލާފަ އެބިމުން މާލޭ ރައްޔަތުންނަށް ގޯތި ދިނުމަށް ގޮވާލަން! މިސަރުކާރު ގެނައީ އަހަރުމެން މާލޭ ރައްޔަތިންގެ ވަރަށް ބުރަ މަސަތްކަތުން މި ސަރުކާރަކީ ފަހުރުވެރި މާލޭ މީހުންގެ ސަރުކާރެއް! ޔާގުޑާގެ ސަރުކާރުން މާލޭ ރައްޔަތުން ބާކީކޮށްފަ 2018 ގައި އޭނާޔައް ކެމްޕެއިން ކޮށްދޭން އުޅުނު ރާއްޖެތެރޭގެ މީހުނަށް ވަނީ ފުލެޓްތައް ބަހާ ހުސްކޮށްލާފަ! އަޅުގަނޑު ރައީސް ސޯލިހަށް ވަރަށް ލޯތްބާއި އެކު ދަންނަވަން މި ފުލެޓްތައް ރާއްޖެތެރޭ މީހުންނަށް ނުދިނުމަށް! ހުޅުމާލެ އެއީ ފަހުރުވެރި މާލޭ މީހުންގެ ބިމެއް! އެބިމުގައި ވަޒަންވެރި ކުރަންޖެހޭނީ މާލޭ މީހުން!

    3
    3
  14. އެޑިޓް

    މި ނޫން އައުގުރާނަ އެއް އެއްފަހަރު ވެސް އަޅެ ގޮވާތަ.. ބޯހިޔާވަހިކަން..ހައުސިންގް ޔުނިޓު..
    ( އަންހެނުންނާ ތިންދަރިންނާ ފިރިމީހަޔާ އެއް އެނދުގަ ނިދަނީ..) މި ހިޔާވަހި ކަމުގަ އުޅޭތާ މުޅި އުމުރު..

  15. އެޑިޓް

    މިނޫން އައުގުރާނަ އެއް އަޅެ އެއްފަހަރު ވެސް ގޮވާތަ..! ބޯހިޔާ ވަހިކަން.. ފުލެޓް..ހައުސިން ޔުނިޓް.. ( ދެންވެސް ލެއްވި ހުރިހާ ނަމެއް) އެކަމަކު އުޅެން މިޖެހެނީ ބޮޑުވެފަ ހުރި އަންހެން ދަރިންނާ، ފިރިހެން ދަރިޔާ، އަންހެނުންނާ، ފިރިމީހަޔާ އެއްކޮޓަރީގަ އެއް އެނދުގަ ނިދާގެން... މީވާ ހިޔާވަހި ކަމެއް...ކޮންމެ ފަސްއަހަރަކުން ފަސް އަހަރުން ގޮވާލަ ގޮވާލާ..

  16. މޮހޮނު

    އަޖައިބެއް ފަހެ! ކޮން ހައުސިންގް ޔުނިޓެއްތަ! ގޯތި ދީބަލަ! މާލެ ފަދައިން އައްޑޫ ސިޓީ އާއި އެހެނިހެން ރަށްތައްވެސް ތަރައްޤީ ކޮށްބަލަ! މާލެ ތޮއްޖަށްސަން ނޫޅެބަލަ!