ރޭ މާލޭގައި ހިންގި މާރާމާރީގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރޭގެ މާރާމާރީ އާއި ގުޅިގެން އެ އިދާރާއިން ކުރަމުންދާ ތަހުޤީޤުގައި ސުވާލު އުފެދޭ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ތަހުޤީޤު ކުރިޔަށްގެންދާ ކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ މާގިނަ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ވަނީ އައިޖީއެމްއެޗް ގައި ފަރުވާދީފައެވެ.

ރޭ މާލޭގައި މާރާމާރީ ހިންގާފައި ވަނީ ފޭރުމުގެ އަމަލެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. މިގޮތުން މީހެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ އަތުގެ "ކުޑަކުޅުން މަތިން 2-3 އިންޗި ވަރަށް ފުންކޮށް ކަފާލާފައި" ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރޭ 23:26 ހާއިރު ހިނގި މި ހާދިސާ ހިނގާފައި ވަނީ ބޮޑުފުންގަނޑު މަގުގައި ކަމަށާއި، ހާދިސާގައި އަނިޔާވި މީހާ ނަގާފައިވަނީ ކާނިވަލް ކައިރިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު އިތުރު ވެފައިވާއިރު، މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫ ސިޓީ ގެޔަކަށް ވައްކަން ކުރަން ވަތް ބަޔަކު ވަނީ އެގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދީފައެވެ.

މީގެ އިތުރުން މީހަކު ރަހީނު ކުރުމަށްފަހު ތޫނުއެއްޗަކުން ބިރު ދައްކައި އަނިޔާކުރުމަށްފަހު ފައިސާ ތަކެއް ފޭރުނު މައްސަލައެއްވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ދާދިފަހުން ހުޅުމާލޭގައި ހިނގި ފޭރުމުގެ ޢަމަލެއްގެ ތެރެއިން ޓެކްސީ ޑްރައިވަރަކު މަރާލާފައި ވެސް ވެއެވެ. އެމީހާ މަރާލާފައި ވަނީ ޓެކްސީ ތެރޭގައި ވަޅިން ބިރު ދައްކައިގެން ފޭރެން އުޅުމުގެ ތެރޭގައި ކަރަށް ހަމަލާ ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޢަލީ

  ޢެއްބަެިވަންތަކަމުގެ ދުވަހު އިބޫ ވިދާޅުވި ކުއްމަދުކުރެވުނުކަމަށް އެކަމު ނޫސްތަކުގައި އބަދު ކޮންމެވެސް ކުށެއްކުރި ހަބަރު

  35
 2. ހޯހޯ

  ކކކކކކކކ ކީއް ކުރާނީ މި ސަރުކ ކާރުގެ ކަން މި ލައިގަންނަނީ ދިވެހިރާއްޖެ ނާމާންކަމަށް

  33
  2
 3. ހަމަހަމަ

  ޥޭތޯ ޢުންމީދު ކުރިކަންތައް ވީތަ؟ ހުރިހާ ފޭރުމު ގެ މައަސަލަތަކުން ތުންބުޅިލީ މީހަކު ފެނުނީތަ ؟ ދެން މި ދެމަހު ހިނ ގި ހުރިހާ އަނިޔާވެރި ހަމަލާތަށް ހަނދާންނައްތާލާފަ ހައްދުފަހަނައެޅި ޓެރަރިޒަމް ގެ އަމަލެކޭކިޔާ ނުކުމޭ.

  25
  2
 4. Anonymous

  ވަގުންތައަ ދޫމޮށްލީ ވައްކަން ކުރުވަން. ވައްކަން ކިށްގެން ގުޅީމަ އެކަން ބަލާނުދޭ. ފުލުހުންގެ މުއައްސަސާ ޕެރަލައިޒްކޮށް ލާދީނީ ފަތުރުވަން ގެންގުޅޭ ޑޯގް ފޯަްއަކަާް އެތަންވަނީ ގަދާފައި.

  18
 5. އާފިލްމު

  ކީއަކުރާނީ މިސަރުކާރުން ފާސްކުރި ގާނޫނު ގަވެސް އެވަނީ ފޭރުމަށް މަގުފަހިވެފަ އިންކަމް ޓެކުސްގެ ނަުގާ ކޮންމެ ރައްޔިތެއްގެ އަތުން ފޭރެވެގޮތަށް އެއޮތީ ކިއްލިވިއކާމީހާވެސް މަސްވެރިޔާވެސް ވާރުތަ މުދަލުންވެސް ފޭރިގަންނަ ގޮތަށް އެއޮތީ ދެންކޮންމެވެސް އެއްޗެކޭ ކިޔާފަ ދޫކޮށްލާ އެހެރީ ރައްޔިތުންނަށް އަމާޏްކަންލިބިފައި މިހާރު ގޭގެ ކުލި އަންނަ މަހުންފެށިގެން ބޮޑުވާނެ އަދިވެސް މިތިބަ މީހުނޭ ހޭއަރާބަލަ ސަރުކާރުން ރަެްޔިތުމީހާ ފެލާ ނާށިގަނޑަށް ހަދާލައިގެ ބޮޑުން ނާޗަރަނގީ ކުޅެނީ

  20
 6. ދޮންސޮރު

  މިކަންކަން ރނގަޅަށް އެބަޖެހޭ ބަލަން. މިބިރުވެރި ކަމުގެ ތެރެއިިން ރައްޔިތުން ސަލާމަތް ކުރެވޭތޯ ސްޓަޑީއެއް ހަދައިގެން ނަމަވެސް ސަލާމަތް ކުރަން ވެއްޖެ. ޙަގު އޮންނަނީ ހަމައެކަނި ކުށްވެރިޔާގެ އެކަންޏެއް ނޫން.

 7. އެލެކްޑި

  ތީ މިކިޔާ ޗިޗަންޑާ ނަވާރައަކީ އަދިވެސް ނުކިޔަވާ ތިބޭ ގަމާރުންނަށް ވޯޓްއަޅާ

 8. އަލްޖިބްރާ

  ފޭރެން ނިޔަތް އޮވެގެން ފޭރުނުކަމާމެދު ޝައްކު. އޭނަ ދިޔަމަގުން ދަނިކޮށް ފޭރެވުނީ. ފޭރުނީކީ ނޫން.

 9. ކެޔޮޅު

  ކުއްތައް މަދުވެއްޖޯ މަގުތައް އަނމާންވެއްޖޯ އަންސާފުގައިމުކުރެވެއްޖޯ ހައްގުވާމިންވަރު ލިބެއްޖޯ ޖީބުތައް ފުރެްޖޯ ރައްޔިތުން އުފަލުން ފޮޅިއްޖޯ ،

 10. Gulfishaam

  ހުރިހާ ވަބާއެއް ގެ އައްޕަ ޖަލުގައި އިނދެގެން ރައްޔިތުންނަށް ގޭންގްތައް ލައްވާ، ސަރުކާރަށް ކަމެއްނުވާކަން ދައްކަނީ ހަލަބޮލިކަން ދައްކައިގެން.

  2
  1
 11. ޕާޓޭން

  ސިނގިރޭޓް އަގު ބޮޑު ކުރި ވަރަކައް ވައް ކަމާ ފޭރުމާ މާރާމާރީ ގިނަވާނެ. މީ ވިސްނަން ވެޖެކަމެއް