ދިވެހި ފިރިހެނަކު ދިވެހި އަންހެނަކަށް ޓްވިޓާ މެދުވެރިކޮށް ކުރި މެސެޖް ތަކަކަށް އަންހެން މީހާ ރިޕްލައި ނުކުރުމުން އެންމެފަހުން ވަޅި ޖަހާނެ ކަމުގެ އިންޒާރުދީ މެސެޖެއް ކޮށްފިއެވެ.

އަހްމަދު ނަސީރުގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ އެކައުންޓުން މި ޒުވާނާއަށް ފުރަތަމަ މެސެޖް ކޮށްފައި ވަނީ މިއަހަރުގެ މާޗް މަސް ތެރޭގައެވެ. އޭގެ ފަހުން ޖުލައި މަހު ވެސް މެސެޖެއް ކޮށްފައި އޮތެވެ. އަދި އޮކްޓޯބަރ މަހާއި ނޮވެމްބަރ މަހު ވެސް މެސެޖެއް ކޮށްފައި އޮތެވެ.

އެންމެ ފަހުން އިއްޔެ އޭނާ ކުރި މެސެޖްގައި ބުނެފައި ވަނީ އަހަރެން ކަލޭ ނަގައިގެން ގޮސް ވަޅި ޖަހާފާނަން ކަމަށެވެ.

އަންހެން މީހާ އަށް މެސެޖް ކުރި މީހާ އެހެން ބައެއް އަންހެނުންނަށް ވެސް މެސެޖް ކޮށްފައިވާ ސްކްރީން ޝޮޓްތަކެއް މިހާރު ޓްވިޓާގައި ދަނީ ދައުރުވަމުންނެވެ.

ބައެއް އަންހެނުން މީސް މީޑިއާގައި ބުނެފައި ވަނީ ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި އެކި މީހުން އެއްވެސް ޖަވާބެއް ނުދިން ނަމަވެސް މެދުކެނޑުމެއް ނެތި "ހައި" ޖަހަމުން ގެންދާ ކަމަށާއި މިއީ ވަރަށް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމަށެވެ.

"ވަރަށް އާއްމު ކަމެއް ނުދަންނަ މީސް މީހުންގެ މެސެޖްތައް އައުމަކީ. އިގްނޯ ކުރިޔަސް ގިނަ މީހުން ރިޕީޓްކޮށް ހަމަ ކޮންމެ ދުވަހަކު މެސެޖް ކުރޭ. އެހެންވެ ވަރަށް ގިނަ މީހުން ބްލޮކް ކޮށްފައި ހުންނާނެ." ޒުވާން އަންހެނަކު ބުންޏެވެ.

އިތުރު އަންހެނަކު ބުނީ އަނބިމީހާ އާއި ދަރިންގެ ފޮޓޯ ލައިގެން އުޅޭ ފިރިހެނުން ވެސް ނުދަންނަ އަންހެނުންނަށް މެސެޖް ކުރުމަކީ އާއްމު ކަމެއް ކަމަށާއި ގިނަ ފިރިހެނުން ދެކޭ ގޮތުގައި އެއީ ކޫލް ކަމެއް ކަމަށެވެ. "އެކަމަކު އަސްލު އެއީ ކޫލް ކަމެއް ނޫން. އެއީ އެމީހެއްގެ ގޮތެއްފޮތެއް ނެތްކަން." އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަކިނބޫ އެޓް ދުބާއީ

    މަ ހޯދާކަށް އެކަކުވެސް ނުގުޅާ.. މަ ދަންނަ ބަޔަކުވެސް ނޫޅޭތީ މަށަށް އަބަދުވެސް ބޮލަށް ފަސޭހަ..

    48
    2
  2. ޔހ

    ބަލަ ބޮލޮކް ކޮއްލަ ބަލަ. އޭރެކުން މެސެޖެއް ނުކުރެވޭނެ.

    57
  3. ތިމަންނަ

    މިކަލޭގެއަށް މާތްﷲ ތެދުމަގު ދައްކަވާދޭވެ.....

    43
    3
  4. ޑާކް ބޯއީ

    ގިނަ ފިރިހެނުން ދެކޭ ގޮތުގައި އެއީ ކޫލް ކަމެއް ކަމަށެވެ. "އެކަމަކު އަސްލު އެއީ ކޫލް ކަމެއް ނޫން. އެއީ އެމީހެއްގެ ގޮތެއްފޮތެއް ނެތްކަން." އޭނާ ބުންޏެވެ.
    "ވަރަށް ރަގަޅު ވާހަކަ އެއް"

    41
    2
  5. ޖަމީލާ

    އަންހެނުންވެސް ފިރިހެނުންނައް ގުޅާ މެސެޖުކުރޭ މީހުންގެ ފިރިންގަދަކަމުން ޖަހާގަނޭ ގޭގަ ގެންގުޅޭ ބަންގާޅީއާ އެބަހިތާވޭ ތި އަންހެނަކައް ފިރިހެނެކޭ ކިޔާފަ އަނގަވެސް ނުހުޅުވޭނެ

    60
    4
  6. ކޮތަރުބިސް

    މިކަހަލަ އަންހެނުންވެސް މިރާއްޖޭގަމަދެއްނޫން އެކަނބަލުންވެސް ދެކެނީ އެއީ ވަރައް ކޫލްކަމެއްގެ ގޮތުގަ އަދި އެކަނބަލުންގެ މިނިވަންކަން ކަމުގަ

    52
  7. Anonymous

    ބައެއް މަރަމޯލުންް ހީކުރަނީ ފޭކު އެއްޗެހިން ތަކެއްޗާއި ޖަހާގެން ނެޓުގަ ކޮންމެ ކަމެއްގައި ކުރިރަސް ނޭންގޭނޭ.ރަގަނޅު އާދަވެ މީހަކަށް ނޭނގޭނެ އެކަމަކު ފުލުހުންނަށް ލިބިފަވާ ބާރުތައް ބޭނުންކޮށްގެން އެމީހަކު ނުހޯދޭނެކަމަށް ހީކޮށްގެންނުވާނެ

    7
    1
  8. އިންޒާރު ދެވެނީ....

    އެގޮތަށް އިންޒާރު ދިނުމަކީ އަދަބު ލިބެންޖެހޭނެ ކަމެކެވެ. ނަމަވެސް ރައްކާވެ ތިބިއްޔާ ދަތުރެވެ. އިންޒާރު ދިނީ ފުރުޞަތު ދިނީމަ އެވެ. އެފަދަ މީހުން ބްލޮކް ނުކޮށް ބަހައްޓާތީ އެވެ.

  9. ޕޮގުބާ

    އަންވެރިން މޭކަޕް ކޮއްގެން ޕޮރޮފައިލަށް ޕޮޓޯ ލައިގެން ފިރިހެނުން ފޮށޭތޯ ބަލަނީ ކޮންވާހަކައެއް ދަށްކާކަށް

    9
    1