މާލޭ މަގުމަތިން ދިވެހި ފިރިހެނަކު އޭނާގެ ޖިންސީ ގުނަވަން އަންހެނުންތަކަކަށް ދައްކައި ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސްފައިވާ އަންހެން މީހާ ބުނެފައިވަނީ އޭނާ އާއި އޭނާގެ ރަހުމަތްތެރިއަކު ހިނގާފައިދަނިކޮށް އެ ފިރިހެން މީހާ ޖިންސީ ގުނަވަން ބޭރުކޮށް އެމީހުންނަށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އެ ފިރިހެން މީހާ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދެވުނު ކަމަށާއި ނަމަވެސް އެތަނުގެ ތެރޭގައި ހުރެގެން ވެސް ހަޑި ހުތުރު ވައްތަރު ޖައްސައި ފުލުހުން ކުރިމަތީގައި އެމީހުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާ ތެރޭގައި ހުރެ މަރާލާނެ ކަމުގެ އިންޒާރު ދިނީ. އެކަމަކު ފުލުހުންނަށް އޭނާ ނުހުއްޓުވުނު" އަންހެން މީހާ ފޭސްބުކުގައި ބުންޏެވެ.

ފޭސްބުކުގައި އަންހެން މީހާ ވަނީ ފިރިހެން މީހާ ފުލުހުންގެ އިދާރާތެރޭގައި ހުރެގެން ވެސް ހަޑި ހުތުރު ވައްތަރު އެމީހުންނާއި ދިމާލަށް ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހިއްސާ ކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލަން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. 🚔

    މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް🚌 ހޯދާލަން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

    44
    5
  2. ޒކރ

    އޮޅިގެން ކަމައް ތިވާނީ

    47
    6
  3. ބޯހަލާކު

    ބޮޑު ބަލާއެއް ދިވެހި ފުލުހުންވަނީ އަތްބަނދެވިފަައި ސަރުކާރުގެ ނުފޫޒުން. އެސްއޯ ފުލުހުންގެ ރައްޓެހިން ނުވަތަ އާއިލާ މީހަކާއި
    ބެހިޔަސް އެމީހުންނަށް ކުރެވޭ ކަމެއް ނޯވޭ؟
    އެސްއޯ ފުލުހަކު އެކަހަލަ މީހެއްގައިގެ އަތް
    ލައިފިއްޔާވެސް ވަޒީފާގެ ބިރުއޮވޭ

    56
    4
  4. ޟެން

    މުޅި ގައުމު ފަސާދެވެ ނިމެއްޖެ، މިފަދަ ނާތަހުޒީބު ކަންތަށް ކުރާމީހުން ހުއްޓުވޭނީކީ ނޫން ، މަސްތުވާތަކެތި ހުއްޓުވެނީކީ ނޫން ،ކުލަ ކުލައިގެ ޔުނީފޯރމު އަޅައިގެން ސައިކަލުގަ ބުރެއްޖަހާލީމަ އެނިމުނީ.

    69
    3
  5. ކަލޯ

    ދިވެހި ފުލުހުނަކީ މިހާރު ދަތް ނެތް ސިންގާތަކެއް. ވ ހިތާމަހުރި... ގައުމު ހަލާކުވެ ފަސާދަވެ ނިމި ދަނީ

    68
    5
  6. ތުއްތު ކަލޯ

    އެ ގޮތާށް ދައްކާ މީހުން ޖަގިޔަލު ގައި ހިލި ހިލާ ޖަހާ ތަޅު އަޅުވާ ބަހަށްޓަންވީ

    12
  7. ޖަބީ

    ވާނެ ހައެތި ވަމުން މިދަނީ. ލާދީނީ ސަރުކާރުން މުޅި ގައުމު ފަސާދަކޮށް ނިންމައިފި.

    10
    1
  8. ހާމާނު

    ތިހެން ނުހަދާ، އަލަމް ގިރި ވަރައް ދެރަވާނެ،
    ޢެސޮރު ބޭނުންވާނެ ވީޑިއޯ ކުރަން

  9. ޕިސްޕިސް

    ތިވެސް ހަބަރެއްތަ ؟

    2
    4
  10. ދަރަނި ދަންތުރަ

    ހިންނަވަރު އުނބުސޭމަށް ވޯޓު ދިން ބޭފުޅުން ، ބާރަށް އަތްޖަހާ ، ގިނަދިވެހިން ބޭނުންވި ގޮތް ، އެމް ޑީ ޕީ އެއީ ކޮންބައެއްކަން އަދިވެސް ދިވެހިންނަށް ނޭންގެނީބާ ؟

    11
    1
  11. އިނާސް

    އެކަހަލަ މީހުން ޖެހޭނީ ޖަލުން ނުނެރި ބަހައްޓަން..
    ދީނީ އިލްމްވެރިނެއް ނޫން

    9
    1
  12. ކޮތަރު

    ޢިއްޒަތްތެރި ކަނޑުކޮހުން ބޮޑުފޮތުގެ ބާބުތައް ފާސްކުރަނީ ތަންފީޒީ އިދާރާތައް މުޖުރިމުންގެ ކުރިމަތީގަ ކުޑަކަކޫ މައްޗަށް ތިރިވާންޖެހޭ ގޮތަށް

  13. 😇

    އޯކޭ ވާނެ... ދީނު ގެ ވާހަކަ ދެއްކީމަ ކަޑަ ވާނީ!!

  14. ސައްޕެ

    ތިބުނާ އަންހެނުން އެމީހުން ގަޔާވާ ފިރިހެނަކު ކުރި ކަމެއްނަމަ އެމީހުން ގެ ފޯން ނަމްބަރު އެ ފިރިހެން މީހާ އަށް ދޭނެ.

    1
    1
  15. މުސީބާތެކޭ

    ރީތި އެއްޗެއް ލިބިފަ ތިއޮތީ. ބުރިކޮށްގެން އަތަށްލައިގެން ދުވަންވީނު. ކިހާބޮޑު ނޮހޮރޮއްޕާނެއް

    2
    1
  16. އަހައްމަދޫ

    މިކަންކަން ތަކުރާރުވާނަމަޔޯ ފިޔަވަޅު އެޅޭނީ

  17. ޕޮލިސް

    ޢިދާރާގައި ހުރެ މަރުގެ އިންޒާރު ދިނުމުން އެކަން ނުހުއްޓުވުނު. ކިހިނެތްބާ ހުއްޓުވާނީ… ފުލުހުންވާނެދޯ އެގަޑީ އެކަލޭގެ އަނގަމަތީ އަތްއަޅަން… މަޖާބައެއްމީ

  18. Anonymous

    ކޮންމެ މީހަކަށްވެސް މައްސަލަޔަކަށްވީ މި ދެއްކި މީހާ..މި އަންހެނުން ތެޅި ބާލާ ގޮތެއްނޭގޭ...ވާއެއް ނުވާއެއް އެނގެނީކީނޫން...ލޮލުންތަ ވިސްނަނީ..

  19. 4426

    ކޮންމެ މީހަކަށްވެސް މައްސަލަޔަކަށްވީ މި ދެއްކި މީހާ..މި އަންހެނުން ތެޅި ބާލާ ގޮތެއްނޭގޭ...ވާއެއް ނުވާއެއް އެނގެނީކީނޫން...ލޮލުންތަ ވިސްނަނީ..

  20. ވަހީދު

    ނުބެލީމަ ނިމުނީއެއްނުން.