ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމުގެ ހާލުކޮޅު ރަނގަޅުކަމަށް، އެމަނިކުފާނުގެ ދަރިކަނބަލުން، އަދި މިހާރުގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ޔުމްނާ މައުމޫން ވިދާޅުވީ، ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ ހެޔޮ ދުއާއަށް ޝުކުރު ދަންނަވަން". ޔުމްނާ ވިދާޅުވިއެވެ.

މައުމޫނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާއިރު އިއްޔެ އަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޮޔަބެ

    އަވަސް ޝިފާއަކަށް އެދެން، ރ. މައުމޫނުގެ ދަރިންގެ ތެރޭ ޤައުމީ ވިސްނުމުގައިތިބީ ޢައްސާން އަދި ދުންޔާ....ރ.މައުމޫނުވެސް ނެތިފަނާވެދާނެ، ތާއަބަދަކު ދުނިޔޭގައި ނުހުންނާނެ، މާއްދިއްޔަތުގެ ދަޅާގައިޖެހި އާއިލާ ފުނޑުކޮށްލި ކުދިން ޤައުމަކަށް ކޮން ރަހުމެއްތޯ ހުންނާނީ... ވަރަށް ސާފު ރައްޔިތުންގެ ތާއިދެއް ނެތް....

    18
    4
  2. ބަރުގޮނު

    މާތްﷲގެ ކިބަފުޅަށް ޙަމްދުކޮށް ފުރިހަމަ އަވަސް ޝިފާއަކަށް އެދި ދުޢާ ކުރަން. އާމީން.

    14
  3. އަޙްމަދް

    އެނދުމަތި ކުރެވުނި ހޮސްޕިޓަލުގައި ފޯޓޮނަގާފަ އެތިބީ ޖަލުކާރީގަ.

  4. ޢަޙްމަދު

    މައުމޫނު ޖަލުން ދޫކޮއްލީތޯ؟

  5. އަދާލަތު

    الحمد للله

  6. ޢަލީ

    ޓތީވެސް އިސްތިހާރު ކުރާވަރު ކަމެއްތަ ދުންޔާ

  7. މާމަ

    އެމްއާރުއެމް މާފުށީގަތަ ވީ، މަ ހީކުރީ ރޔ ކަމައް މާފުށީގަ ވީ، މީނަޔައް ކިހިނެތްތަ ވެގެން މި އުޅެނީ، މި ގައުމައް ދިމާވެގެން މި އުޅޭ މުސީބާތުގެ މޭސްތިރިއަކީ މި އީ، އަހަރެމެން މީނަޔަކައް މާފެއް ނުކުރާނަން ދުވަހަކު