މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވައިފިއެވެ.

ޔުމްނާ ރައީސް ސޯލިހަށް ތާއިދު ކުރައްވާކަން ހާމަކުރެއްވިއިރު، އޭނާގެ ކޮއްކޮ ފާރިސް މައުމޫންވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

"ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު.". ޔުމްނާ ވިދާޅުވިއެވެ.

އަދި އެ މަނިކުފާނުގެ ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް ތާއީދު ކުރެވޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެގޮތުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވައި، ސަގާފީ އަދި ގުދްރަތީ ތަރިކަ ރައްކާތެރިކޮށް، ރަށު އަދި ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށް ތާއީދުކުރެވޭ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ އަކީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމަށް އައި ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލާފައެވެ. އަދި އެ ޕާޓީން ވަނީ މި ފަހަރު ރައީސް ސޯލިހަށް ތާއިދު ނުކުރައްވާ، ވަކިން ރިޔާސީ ރޭހަށް ނުކުމެފައެވެ. މި ހިޔާލު ތަފާތުވުންތަކާއި އެކު އެ ޕާޓީގެ ސްލޮޓްތަކުގައި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ޔުމްނާ މިގޮތަށް ވިދާޅުވިއިރު، އޭނާގެ އެއްމާބަނޑު ދައްތަ ދުންޔާ މައުމޫން ތާއިދު ކުރައްވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ.

އަދި ފާރިސްގެ ކޮއްކޮ ޣައްސާން މައުމޫން ތާއިދު ކުރައްވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށެވެ.

އެހެން ނަމަވެސް ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި މަންމަ ނަސްރީނާ އިބްރާހީމްގެ ފުރިހަމަ ތާއިދު ފާރިސްއަށް އޮތެވެ. އެގޮތުން ރައީސް މައުމޫން ވަނީ ފާރިސްއަށް ތާއިދު ކުރައްވަނީ އުފަން ދަރިއަކަށްވީތީއެއް ނޫން ކަމަށާއި، އޭނާއަށް ތާއިދު ކުރައްވަނީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ގާބިލިއްޔަތު ހުރި މީހެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙހސހއހހއޖް

    ލޮލްސް އިތުރު ތަފްސީލެއް ބޭނުމެއް ނޫން ބަހަހހަހަހަހަހަ

    39
    1
  2. މުޙައްމަދު

    މައުމޫނުގެ ދަރިން ވާނީ މައުމޫނަށް.

    41
    2
  3. ދިރާސާ

    ކޮންމެ މީހަކު ހޮވުނަސް އާއިލާއަށް ފައިދާ ވާ ގޮތަށް ދަރިން ކޮޅު ސިޔާސީ މައިދާނަށް ބަހާލައިފައި.. ވަރަށް ދުރު ވިސްނޭ ބޭފުޅެއް މައުމޫނަކީ.. ޔުމްނާގެ ވޯޓު އިބޫ ސޯލިހުއަށް ދީފާނެ ކަމާއި މެދު ސުވާލު އުފެދޭ..

    51
    2
  4. Anonymous

    ތިދެން އިބުރާހީމު ހޮވުނީ ކަމަށް ބަލާ

    30
    5
  5. Anonymous

    ރައީސް އިބުރާހީމަކީ އަދީބުގެ ކެނޑިޑޭޓެއް އެދެމީހުންނަކީ އެކައްޗެއް

    41
    1
  6. ދޮންރަހާ

    ނަދީމުގެ ވޯޓާ އޭނަގެ ވޯޓު އިތުރު ވޯޓެއް ނުލިބޭނެ ތިޔަ ހަތަރުބެއިންވެސް ތިޔަހެން ތެޅިލަ ތެޅިލަ އުޅޭނެ ވާނެ މޮޅެއްނޯންނާނެ ވެރިކަމާ ކާރިން ދެވުނަސް ދެވޭނީ ޕީޕީގަ ހުރި ސޮރައް

    25
    2
  7. ޒަރީނާ

    ޔުމްނާ ކަމަނާއަށް މަރުހަބާ ފަށްފަށުން

    6
    19
  8. ނިޔާ

    ވެރިކަމުގެ ދަހިވެތިކަމުގައި ވަޒީގެ ބޭނުމުގައި އިންސާފުވެސް ގެއްލުވާލިބައެއްތީ

    23
    1
  9. ޅަމީނާ

    ފެތޭއޮޑިއަކަށް ބުއްދިވެރިން ނާރާނެ. ޢިބޫ
    ކެމްޕެއިންގައި ވަރައް ބާރަށް ވައުދުވޭ. ޢެޅުނު ބުރިޖެއް ބިޔަ އިމާރާތެއް ނުފެނުނު. ފެށިމަސައްކަތް އިންޑިއާމީހުންނަށް ދީގެން ދުލަގުން ކޮންކްރީޓް އަޅާތަން މިފެންނަނީ . ރާއްޖެޔަށް ވަންނަހާ ޑޮލަރެއް އިންޑިއާއަށްދިނީމަ ޑިލަރު ބޮޑުވެ ތަކެތި އަގުއުފުލި ޓެކްސް ބޮޑުވެ ރައްޔިތުން ހަނާހުނިވެއްޖެ.

    30
    3
  10. ފާތުން

    މިނިސްޓަރުކަންގެއްލޭނެއޭގައިއެއްވެސްޝައްކެއްނެތް އިބޫއާއި ނަށީދު ގެޓްރާމާނިމޭއިރުދެމީހުންތިބޭނީއެއްއޮޑީގާ އޮންނާނީ އެމްޑީބީ ފުލްވެރިކަމެއް އަދާލަތުގެމީހަކަށްވާނެފައިދާއެއްނޯންނާނެ އަދިކިތައްމެވަރަކަށްމާާމުއިބެހިއަސް ބާކީވާނެ އެއްމަގާމެއްވެސްނުލިބޭނެ އަންނިިއާއިއިބޫނޯޅޭތި
    އެއީއެކައްޗެއް އެކަކާއިއިދެގެންއުޅޭދެމީހުން މިކަންއެއްމެރަގަޅަށްއެގޭނީ ފިދަނަމާރިއާއަށް
    ރައްޔަތުންހަދާނެގޮތެއްބަލަންތިބޭ މަހަމަ ފާރިޝްއަށް

  11. ރާއްޖެތެރެ

    ވޯޓް ދޭނީ ކޮއްކަޔައް. ކީކޭ ބުނާނީ. މި ރައްޖޭން ކޮރަޕްޝަން ފުހެލަން ވެއްޖެ

    13
    1
  12. ބޯހަލާކު

    ސާލިހު 👍

    1
    10
  13. އެއިރޯޑޯމް

    ދެ މަހު މިނިސްޓަރުކަމުހުރުމަށްޓަކައި ، ކަނބުލޯ ހާދާ ޗީޕޭދޯ...

    9
    1
  14. ނޫނޭ ނުލަފާ

    މިއީ މައުމޫނުގެ ހުރި އެންމެ މަކަރުވެރި ކަލޭގެ. ލާރި އާއި ޖާހަތަށް އަރާހުރި މީހެއް. ބަފަޔާއި މުޅި އާއިލާއާ ދެކޮޅަށް ނުކުމެ އެބުނަނީ ތާއީދު ޗޯރޭއަށޭ. ވޯޓު ދޭނީ އެއްބަނޑު މީހާއަށް. ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު މިއީ މިކަން ހިނގާނެ ގޮތް.

    16
  15. ޢަޅުގަނޑު

    ތާރީހާއި ތަރިކަ މިނިސްޓަރު އެހެން ވިދާޅުވާނީ ވަރަށް ދިރާސާ ކުރައްވާފައި ތާރީހަށް ވެސް ވިސްނަވައިފައި އެހެންވެ ދެން އަޅުގަނޑު ވެސް ހިޔާލު ބަދަލްކޮއްލާ އިބޫއަށް ވޯޓު ދޭނީ ވަރަށްސަލާމް

    1
    2
  16. އިސްމާލު

    ކޮންމެވެސް އެއްކޮޅަކުން ލައްވާލާނެ. އެކަކު މުއިޒުފަހަތުން އެނެކަކު ނާޒިމް ފަހަތުން އެނެކަކު ގިނިކަންޏާ ދެންތިހުންނެވީ ސަރުކާރާއެކު މިނިސްޓަރުކަން ދިފާއުކުރައްވަން. ތިޔަ ސްޓްރެޓެޖީ ގޯހެއްނޫން.

  17. ވެލި

    ރ ޔާމީނަށް ޖަލުގަ އަނިޔާ ކުރާ ހާދުވަހަކު. މީނާ މޑޕއާ ދުރުނުވާ. އާއިލާގެ އިރުޝާދު

  18. ކިނބޫ

    ޔޫ އާރ އޮންދި ރޯންގްސައިޑް، އިވެން ޔޫ ނޯ އިޓް، ހެޔޮވިސްނުން ދެއްވާށި!

  19. އައްލާގެ އަފީފު

    ޔުމްނާ - ސޯލިޙް
    ދުންޔާ - ނާޒިމް
    ފާރިޝް - ފާރިޝް
    ޣައްސާން - މުއިއްޒު

    ދެންނެތް ބުނާނެ އެއްޗެއް..

  20. Anonymous

    ބަލަ މިހިރަހަޔާކުޑަ އައުރަ ނިވާނުކުރާ ވެރިކަމާހެދި އަދިވެސްވެރިކަން