އީދު ކުޅިވަރުތަކުގައި ވެސް ހެދުން އެޅުމުގެ ވަކި މިންގަނޑުތަކެއް ގެންގުޅެއް ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ އެގޮތަށް ވިދާޅުވީ އަލްހާ އީދު ފާހަގަ ކުރުމަށް ބޭއްވި ޝޯއެއްގައި ބުރުގާ އަޅައިގެން ހުރެ ނިވާކަން ކުޑަ ގޮތަކަށް ނެށި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޔުމްނާ ވިދާޅުވީ އީދަކީ ރަށުގެ ކުދި ބޮޑު އެންމެން އެއްވެ އުފާ ފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫހު އާލާކުރާ ދުވަސްވަރެއް ކަމަށެވެ.

އެހެންކަމުން ހެދުން އެޅުމުގައި ވަކި މިންގަނޑެއް ގެންގުޅުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އީދު ކުޅިވަރުގައި ވެސް އެހެނިހެން ކުޅިވަރުތަކުގައި ވެސް ހެދުން އެޅުމުގެ ކޮންމެވެސް ކަހަލަ މިންގަނޑުތަކެއް ހުންނަން ޖެހޭ" ޔުމްނާގެ ޓުވީޓުގައި ވެއެވެ.

ޝޯގައި ހެދުން އަޅާފައިވާ ގޮތާ ގުޅޭގޮތުން އެހެން މީހަކު ކޮށްފައިވާ ޓުވީޓެއް ވެސް ޔުމްނާ ވަނީ ރީ ޓުވީޓު ކުރައްވައިފައެވެ. އެ ޓުވީޓުގައި ހެދުން އެޅިގޮތް ސިފަކޮށްފައި ވަނީ މުޑަދާރު ކަމެއްގެ ގޮތުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރުގާ އަޅައިގެން ނިވާކަން ކުޑަ ގޮތެއްގައި ޝޯއެއް ބާއްވާފައިވަނީ ގއ. ވިލިނގިލީގައެވެ.

ޖޫން 29 ވަނަ ދުވަހުގެ ރޭ ބޭއްވި މި ޝޯގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ތިން އަންހެނަކު ނަށާ މަންޒަރެވެ. އޭގެ ތެރެއިން ބުރުގާ އަޅައިގެން ތިބީ ދެ އަންހެނުންނެވެ.

ކުރު ހެދުން ލައިގެން އެމީހުން ތިބިއިރު، ބެލެވޭ ގޮތުގައި އެމީހުން ތިބީ ނިވާކަން ކުޑަކަމަށް ސިފަވާގޮތަށް ގަޔަށް ބާރު ހަމުގެ ކުލައިގެ އެއްޗެއް ލައިގެންނެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޓުވީޓް

    ޓުވީޓެއް ކޮއްލުމުން އެކަން ހަމަ ޖެހުނީތާ. ތިޔަހެން ކޮއްލާ ޓުވީޓަކުން އެކަންކަން މަނާކުރެވޭތަ. ފިޔަވަޅު އަޅަންޖެހޭވަރު ކަމެއް ނޫންތަ؟ ހެދުން އެޅުމުގެ މިންގަނޑުތަކުގެ ވާހަކަ ދައްކަން އަދިމާއަވަހެއް ނޫންތަ. މަގުތަށްމަތީގައިވެސް ތިޔަފަދަ އޮރިޔާން ހާލުގައި އުޅެނީ. ލޯކަލް ޓުއަރިޒަމޭ ކިޔާފަ މީހުން އުޅޭ ރަށްރަށުގައިވެސް ބިކިނީގައި. ޓުވީޓް ސަރުކާރު.

  2. ޙާލަތު

    ބުރުގާ ނާޅާމީހަކު ތިގޮތަށް ބުނީމަ އަންނަނީ ހިނި

    11
    2
  3. މައު

    ކަލޭތީ ތިވާހަކަ ދައްކަން އެންމެ އެކަށީގެންވާ މީހާ. އިސްލާމްދީނުގައި ވެސް ހެދުން އެޅުމުގެ މިންގަނޑުތަކެއް އޮންނަކަން ނޭންގޭތަ!

    9
    2
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ޤައުމުގައި ދިމާވެގެން އުޅޭ މައްސަލަ އަކީ އަދާލަތު ޕާޓީ އޭ ކިޔާ ޖާހިލުން ތަކެއް "ޗޯރު އިބުރޭ" ގެ ބޮލަށް ޗި-ޕު ޖަހައިގެން "ޗޯރު އިބުރޭ" ހިސޯރު ކޮއްގެން އުޅޭ އުޅުމެވެ. މައްކާ ޔުނިވަރސިޓީ އާއި އަޒުޙަރު ޔުނިވަރސިޓީ އަކީ ދުނިޔޭގެ 1400 ވަނައިގައި ހިމެނޭ ޔުނިވަރސިޓީ ތަކެވެ. އެތަން ތަނުގައި ކޮޕީ ކުރެވެއެވެ. މިތަންތަނުން ސެޓްފިކެޓް ގެނަޔަސް، އިމްތިޙާނެއް ނެތި ދީނީ ޢިލްމުވެރި ކަމުގެ ލައިސަން ލިބިގެން ނުވާނެއެވެ. އިމްރާން އާއި ޢިޔާޒު، ވައި އަޅުވައި ގެން "ޗޯރު އިބުރޭ" އަށް ވައިޖުމާއި "ޗޯރު އިބުރޭ" ހެއްދުން ނޫން ކަމެއް ނުކުރެއެވެ!

    8
    2
    • ބެންޖަމިން

      ޑޮކްޓަރުން ނަށް ރާއްޖޭގަ އިމްތިޙާނު ދެވޭ. ޤާނޫނީ ވަކީލުން ނަށް ވެސް. މިއީ ޙާއްސަ ބަޔަކީ ތަ؟ މި އަދާލަތު މިއީ ޖަހާލަތު ޕާޓީ!!!

      2
      2
  5. ޕޮގުބާ

    އެހެންވެގެންތޯ ބުރުގާނާޅާ ތިހުންނެވީ

    7
    4
  6. އާދަމް ޤައުމު

    ވާހަކަފުޅު ކިތަންމެހާވެސް ރަނގަޅު. ނަމަވެސް މި ފަދަ ކަންކަންވުމުގައި ބާރުވެރި މަޤާމުތަކަށް ގެނެސްފައިވާ ވިސްނުމެއް އިޖުތިމާޢީ ފިކުރެއް، ޤައުމީ ދީނީ ވިންދެއް ނެތް މީސްމީހުނަށް ބާރުދިން މީޙުން ހޭލަން އެބަޖެހޭ. ސިޔާސީ ވާހަކަދެއްކުން ޢިލްމީ ޙިލްމުވެރިންނަށް މަނާ. މަގުމަތީ އުޅޭ ނުލަފާ ދައްކާ މީހުނާ ޕާޓޭންނަށް ހުއްދަ. ވޯޓު ހޯދައިދިނުމުގައި މި ގުންޑާއިންގެ ބާރުގަދަކޮށްލާ. އެއަށްފަހު މި ބައިމީހުން މަޖިލީހަށް ގެންނަނީ. ދެން މަޖިލީސް އޮންނާނީ ގުންޑާވެފައި. ވިޔަފާރިތައް އޮންނާނީ ޙަރާމީ އިމުގައި ނަށަން. ފައިސާވެރިންނަށްވާނީ އެއްކަލަ ގުންޑާއިން. މި ކަންކަން ކުރުމުގައި ޔުމްނާމެން ފަދަ އިސް ސަފަށް އެރުނު މީހުން ހިމެނޭ.

  7. Anonymous

    ވަރައް ތާހިރު، ތިހުރީ އެންމެ ރީތިކޮން ހެދުން ލައިގެން، ގަޔައް ދޫކޮން ބުރުގާ ވެސް އަޅައިގެން

    7
    3
  8. އަބްދޫ

    ޔުމްނާ ތިވާހަކަ ވިދާޅުވާންޖެހޭނީ އިސްލާމީ މިންގަނޑުން އައުރަ ނިވާކޮށްގެން ހުންނަވައިގެން.

    10
    3
  9. އުގުރި

    ހެދުން އެޅުމުގެ މިންގަނޑުތަކެއް ގެންގުޅެންޖެހޭ އެކަމަކު ކަމަނާ ހެނެއްނޫ. އިސްލާމީ އުސޫލުތަކާއި އެއްގޮތައް އީދު ކުޅިވަރުތައް ބާއްވަންޖެހޭ އެކަމަކު އިސްލާމީ އުސޫލުތަކާއި އެއްގޮތައް. ލަވަޔާއި މިއުޒިކް ނުލައި ކަމެއް ކުރަން ދަސްކޮދީބަލަ..

    6
    3
  10. މަދަދު

    ފުރަތަމަ ކަލޭހެދުން ރަގަޅުކުރޭ

    8
    1
  11. ސަހަލު

    ކޮން ދީނެެއްގެ މިންގަނޑެއްގެ ވާޙަކަބާ؟

    1
    1
  12. ޖަމިއްޔާ

    މިންގަނޑު އެއޮތީ ފެންނަން.
    ޤާނޫނު އަސާސީގަ މަނާކޮށްފަވާ ކޮންމެ ކަމަކަށް އަދަބެއްކަނޑައެޅިފަ އޮވޭ.
    ޤާނޫނު އަސާސީއަކު ނޯވޭ ގައިގެ ކުލައިގެ ހެދުން ލައި ގަޔަށް ބާރުވާ ގޮތަށް ހެދުން އެޅުމަކުން އަދަބެއް ލިބޭނެކަމަކަށް! ކަލޭމެން ރުހިގެން ހެދި ޤާނޫނު އެއީ!
    ޤުރުއާނުގަ ވަނީ އަންހެނުން ހިމާޔަތްކޮށްފަ. ނަމަވެސް އަންހެނުންގެ ހެދުން ބޭލުވީ ކަލޭމެން ޤުރުއާން އެއްލާލާފަ ހަދައިގެން އުޅޭޤާނޫނު އަސާސީ.

  13. މަނިކުބޭގެ އަލީ

    ޗަހެން ކިޔޭފޭ ޗަކޮއި ވެސް ތިހުންނަނީ އޮރިޔާމާ..

  14. އަލީ ލަޠީފް

    ތިހެން ތިކިޔާ މީހާވެސް އެހެރީ ހެދުން ލައިގެން އޮރިޔާމާ.

  15. ޖަމިއްޔާ

    އަންހެނުން ހެދުން އެޅުމުގެ މިންގަނޑަކީ އުރަމަތީގެ ބައްޓަން އެނގޭގޮތަށް އެތަނަށްބާރުކޮށް ބެހެއްޓުމާ، ބޮލުގެ އިސްތަށިގަނޑު ނިވާކުރުމުގެ ބަދަލުގަހާމަޔަށް ބެހެއްޓުންތަ؟