ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވީ 2015 ވަނަ އަހަރު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާރސަން ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ތަހުގީގަށް އެނގުނު ގޮތުގައި، 2015 ވަނަ އަހަރުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް އެކި ގޮތްގޮތުން ރައީސް މައުމޫން މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

ޝިފާން ވިދާޅުވީ، ފުލުހުން ހިންގި ތަހުގީގުން އެނގުނު ގޮތުގައި، 2015 ވަަނަ އަހަރު އަހުމަދު އަދީބް ނައިބްރައީސްކަމަށް އައްޔަން ކުރި ހިސާބުން ފެށިގެން ރައީސް މައުމޫން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނީ ގޮތުން ވައްޓާލުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ރައީސް ޔަމީންގެ ވެރިކަން ވައްޓާލުމަށް މަޖީލީހުގެ ތެރެއިން އެއިރުވެސް މަސައްކަތްކޮށްފައިވާކަަމަށް ޝިފާން ވަަނީ ފާހަގަކުރައްވާފައެވެ.

ޝިފާން ވިދާޅުވީ، 2016 ވަނަ އަހަރަށް ބަލާއިރު، އެ އަހަރުވެސް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި، ފައިސާ ހުށަހަޅައި އަދި ބައެއް ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކާއި ގުޅުވުމަށް ފާހަގަކުރެވިފައިވާކަމަށެވެ.

"މި މަސައްކަތް ކުރުވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ އަރިސް ބައެއް ފަރާތްތައް މަސައްކަތްކޮށްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ". ޝިފާން ވިދާޅުވިއެވެ.

އަދި 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރުމަށް ގޮތުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އިސްވެ ހުރެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި، ފައިސާ ހުށަހަޅައި، އަދި ބައެއް ފަރާތްތަކަށް ފައިސާ ދީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކޮށްފައިވާކަަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

އަދި މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމަށް ކުރީގެ ރައީސް މައުމޫނާއި، ގާސިމް އިބްރާހިމް، އަބްދުﷲ ރިޔާޒް އަދި ފާރިސް މައުމޫނާއި، މި ހަތަރު ފަރާތަށް ނިސްބަތްވާ އަރިސް ފަރާތްތަކުން ތަފާތު މަސައްކަތްތަކެއް މަޖިލީސް މެންބަރުންގެ ގާތަށް ގޮސްކޮށްފައިވަކަމަށެވެ.

އަދި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު، ފާރިސް މައުމޫން، މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ރިޔާޒް، އަހުމަދު ނަދީމް، އިލްހާމް އަހުމަދު، އަދި އަބްދުﷲ ސިނާން ދިވެހި ރާއްޖޭގެ ގާނޫނީގޮތުން އުފެދިފައުވާ ސަރުކާރު ވައްޓާލުމަށް މަޖިލީހުގެ ތެރެއިންނާއި، އެހެނިހެން ގޮތްގޮތުން ކުރިކަމަށް ފުލުހުންގެ ތަހުގީގު ފެށި ކަމަށް ޝިފާން ވިދާޅުވިއެވެ. އެ ތަހުގީގުން އެނގުނުގޮތުގައި، ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށެވެ.

އަދި މިކަމާއި ގުޅިގެން އެކަމުގެ ހިމެނޭ ފަރާތްތައް ހައްޔަރުކޮށް މިހާރުވެސް ތަހުގީގުތައް ކުރިއަށްގެންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފިރުޓޭ

    ބަލަގަ ރައީސް ނަޝީދު ވެރިކަމަށް އައި ދުވަހުން ފެށިގެން ރައީސް ނަޝީދު ގެ ސަރުކާރު ވައްޓާލުމަށް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން މަސައްކަތް ކުރަމުން ދިޔަ ކަމަށް ވޭ!

    • ކޯއްޗެއްތޭ

      ރައީސް ނަޝީދޭ ކޮން ރަައީސް ނަޝީދެއްތޭ ރައީސް ކިޔޭނީ މިހާރު ރައީސް ކަން ކުރާ މީހުންނަށް އެކަނި. ކެނެރީގެ ނަޝީދު ކިޔާބަލަ ބުރާންޗާ. މަހަށް ދޭބަލަ ދެން. ދަ ކަންޓްރީ ސައިޑް ގަމާރާ. ހުޅުދޫ ބޮޑު ކުބުހާ.

      • ހެހހެހހެ

        ޜައީސް ނަޝީދު ޜައީސް ނަޝީދު ޜައީސް ނަޝީދު ޜައީސް ނަޝީދުޜައީސް ނަޝީދު ޜައީސް ނަޝީދު ޜައީސް ނަޝީދު ޜައީސް ނަޝީދު

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    • އަހޫ

      ހެހެ އެކައްޗެއްވެސް ހިތަކައްނާރާ .. ކުށެއްގެ ތުހުމަތުގަ 80 އަހަރުގެ ކުރީގެ ރައީސެއް ކުއްސާބިތުނުވެ ޖަލުގަ މިހާދުވަހު ބަހައްޓާނީ ބޮޑު ފިނޑި އެއް. ތީގެ ރަހަ ލާނެ.

  3. ޑޮގަަ

    ޙުސް ދޮގު...

  4. ބަލާތި

    މަމެންނަށް އިނގެއޭ އެއިރު ވެސް ބްރޯ ނައިބް ރައީސް ގެ މަގާމަށް ގެނައުމުން މައުމޫނު ފޫ ކެހުމުން ކޮންމެވެސް ނުބަޔެއް އެކަލޭގެ ހަދާނެ ކަމަށް. މަމެން ވެސް އެއިރު ނުގަބޫލު ބްރޯ ވަގު ކަލޭގެ ނައިބް ރައީސް އަކަށް ގެންނަން އެކަމަކު ޑރ. ޖަމީލަށް އޭނާގެ މަގާމް ދިފާއު ކުރަން ނުކުރެނެއް ނޫން މަޖްލީހަށް ހާޒިރު ވެ އަދި ނިހާނު މެންގެ ފޯންކޯލަށް ޖަވާބުދީގެން ނަމަވެސް ފިރިހެން ވަންތަ ކަން ދައްކަން. އެހެންވާނީ ދަ ރާއްޖެތެރެއަންސް ވިއްޔާ ގަޓެއް ނުހުންނާނެ ވިއްޔާ ދޯ. ބްރޯ ނައިބް ރައީސް އަކަށް ގެނައީ އެއީ އެމްޑީޕީގެ މަކަރުވެރި ރޭވުމުންނޭ އަދި ތީގެ އަޑީގައި ވާނެއޭ ކެނެރީގެ ނަޝީދުގެ ވަރަށް ނުބައި އަތެއް އޭނަގެ އަތެއް ވާނަމަ ރަންރީނދޫ ޓްވިޓަރޭ ގެ ވަރަށް ނުބައި އަތެއް ވާނެ ކަން އެއީ ކަށަވަރުވެ ޔަގީން ކަމެކޭ. ބަލާތި ތިޔާ ކަން ވަރަށް ރަނގަޅަށް.

  5. Anonymous

    ތިހާ ހެޔޮނުވާނެ ދޮގު ހަދާކަަ

  6. ލި ޔުނޯ

    ހެޔޮނުވާނެ ތިހާ ދޮގުހަދާކަ

  7. ސީޕީ އެޑަމް

    ގާނޫނީގޮތުން ވެރިކަން ބަދަލުކުރަން އުޅުމަކީ ކުށެއްތަ؟ ކިހާބޮޑުކަމެއް؟ ފުލުހުންނަކީ އަޅެ ވާދަވެރި ސިޔާސީ ޕާޓީއެއްތަ! މޮޔަނުގޮވާ ގާނޫނީގޮތުން ފުލުހުންނާ ހަވާލުކޮށްފަ ހުރި މަސައްކަތްތަްއްކޮށްލަބަލަ! އަމިއްލަ އިޢުތިރާފުން ދަޢުލަތުން ވައްކަން ކޮއްފަތިބި ވަގުން ހިފާ ހައްޔަރުކޮއްލަބަލަ! އަދި ތިތިބީ ޤާނޫނާޙިލާފައް އުއްތަމަ ވެސް ރަޙީނުކޮށްގެން... ޕަކާސް

  8. މޫސަ

    ވަޒީފާގެ ބޭނުމުގައި މިއަދު އެކަހަލަ ވާހަކަ ދެއްކުން ނޫންގޮތެއް އެސޮރު މެނަކަށް ނޯންނާނެ.

  9. ޒަރީ

    މުޅިންވެސް ތިކިޔަނީ އެގިފައިވާކަމަށެވެ. ތަހުގީގުކުރާކަމަށެވެ .ތިކަމުގެ އެއްވެސް ހަގީގަތެއް އަދި ހޯދިފައިނެތެވެ. މުޅިންވެސް ޚިޔާލީފުލޯކް ތަކެވެ.

  10. ޢަބުދުﷲ

    ތިސޮރު ހަދާނީ ހުސްދޮގު

  11. އައިއެފް

    ބަލަ ޝިފާނޫ. ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެންތަ ތިޔައުޅުއްވަނީ. އެހެންވިއްޔާ ކީއްވެތަ 2015 ގައި މައުމޫނު ހައްޔަރު ނުކުރީ. ދެން މިހާރު ކޮންތާކުން ނެރުނު ހާސަރުތަކެއްތަ. ކީއްވެތަ މިހެންނުބުނީ އެމަނިކުފާނު އުފަންވީންސުރެ މިސަރުކާރު "ވައްޓާލަން" މަސައްކަތް ފައްޓަވާފިއެވެ. މަންމާފުޅުގެ ބަނޑުފުޅުން އުފަންވީންސުރެ. ނޔަތް ގަނެފިއެވެ. ޢަޖައިބު...

  12. ލާލު

    ސިޔާސީ ޕާޓީއެއްގެ ނަމަށް ޕޮލިސް ބަދަލުކުރަންވީ

  13. ހަހަލު

    ދޮގު ހެކި އުފައްދާ މީހުންނަށް ގެއްލުމާއި ހަލާކު ހުރި ވިސްނާ މީ ދުނިޔެ ... އާހިރަތްހަދުމަކުރޭ....

  14. ކާށިހޮވާ

    މަމެންގެ ވެރިކަމަކީ އެއީ ރައްޔިތުންގެ %85 ވޯޓް އިން ހޮވާަފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމެކެވެ. މަމެންގެ ވެރިކަން އެމެން ރަންރީނދޫ ޓްވިޓަރޭ މެން ފަދަ ގަމާރު ބުރާންތިން ބޭނުންވި ނަމަވެސް ނުވެއްޓޭނެއޭ ތަމެން ދެން ވެރިކަން ވައްޓާލަން ނޫޅެ ރަށުތެރޭން މުޑި ކާށިހޮވުން ފަދަ ކަމެއް ކުރެވޭތޯ ބަލަގައިނގޭ. ބަލާ އެއޮތީ ކާއްޓެއް ބަލާ މިއޮތީ ކާއްޓެއް ހޮވާ ހޮވާ ހޮވާ ކާށިހޮވާ ދޯ.

  15. ޥަގު ޕޮލިސް

    ތަމެންނަށް ފެނޭ މަމެންގެ ސަރުކާރުގަ ވަގު ޕޮލިސް. ބޭނުން ކުޅިއެއް ކުަޅެލާނަން. ޢާޙިރަތް ދުވަހުން ވަަނެ ގޮތަކަށް ނުބާލަން. ރައީސް ޔާމިން 2018

  16. މުހައްމަދު

    އެނގޭތަ! އިދިކޮޅު އެންމެން ހަދަނީ އަދި ހަދާނީވެސް ތެދު!ނުލިޔާ ފޮތްތަކެކޯލަ!

  17. 8،17

    މައުމޫނަށް ކިތައް އަހަރު؟ މިބުނީ ހުކުމް ކުރަނީ ކިތައް އަހަރަށްހޭ؟

  18. ބުރަކި

    އެމް އެމް ޕީ އާރުސީގެ ފައިސާ ހޯދަ ދީބަލަ ފުލުހުން އެކަން ނުވަނީ ކީއްވެ؟؟ އަމިއްލަ ގެޔައް ހަރާން ފައިސާ ވަނޭ ބުނީ ޔާމީނު އެއްނު އަދި އަދީބު މެންބަރުންނައް ބަހަނީ ތިމަންނާގެ ފައިސާ އޭވެސް ބުނީ ޔާމީނު؟؟ ކީއްވެ މެމްބަރުން ނައްދޭން ޖެހޭ ފައިސާއެއް؟؟ ކޮންކަމެއްގަ؟؟ އެމް އެމް ޕީ އާރުސީގެ ފައިސާ ފުލުހުންނައް ނުފެނިގެން މި އުޅެނީ ކީވެޔޯ؟؟؟

  19. ނެތީމޭ

    ރާއްޖޭގެ ފުލުހުން މީޑިއާ މެދުވެރިކޮށް ނޫސްވެރިންނަށް ނުދޭނެ ހަދަ ހަދައިގެން ދޮގު މައުލޫމާތު ތަކެއް އެއީ ކަށަވަރުވެ ޔަގީން ވާކަމެކޭ. ދެން މިކަމުގައި މަމެން ވަކި ފަރާތަކަށް ނުޖެހޭ ސީދާ ނައިންޓީ ޑިގްރީ ގައި ތިބޭމީހުން ބުރަވާނީ ޕޮލިހުން މިއަދު ދައްކާ ވާހަކަ ތަކަށް. އިދިކޮޅު އެމްޑީޕީ ޖޭޕީން ރަންރީނދޫ ޓްވިޓަރޭ މެން މިކަން ޓްވިސްޓް ކުރަނީ އެއީ މިކަމުގައި ހަގީގަތް ތަކެއް އެކުލެވޭތީ ކަމަށް މަމެންނަށް ވަރަށް ބޮޑަށް ފެނެއޭ ބުނަން މަމެން ނެތީމު ދޯ.

  20. ނާރާޔަން

    ބަލަގަ ސަރުކާރު ބަދަލު ކުރުނުގެ މަސައްކަތަކީ ކޮންމެ ރައްޔީތަކައް ޑީމޮކްރެޓީކު ގައުމެއްގައީ ލީބީގެންވާ ހައްގެއް.. އަދީ އެ ސަބަބާހުރެނޫންތޯ ސީޔާސީ އީދީކޮޅު ޕާރޓީތައް ރަޖީސްޓަރީ ކުރެވުގެން އޮޕަރޭޓު ކުރަނީ.

  21. އާބިދާ

    މައުމޫނު ނުކުރާނެއޭ މަނުބުނާނަން، 30 އަހަރު ހުދުމުުތާރު ވެރިކަމުގައި ކިތައްމީހުންނަށް ނުހައްޤުން އަދަބުދީ އަނިޔާދިންކަމަށް ބުނެއުޅޭތަ؟ ކިތައްމީހުން ޖަލުގައި މަރުވެދިޔައޭ ކިޔާތަ؟ އޭނަ ރަގަޅުނަމަ ކޮއްކޮގެ ރައީސްކަމުގެ ޒައާމަތުގައި މިއަދު ޖަލުގައި އޮންނާކަށް ނުޖެހުނީސް، 80 އަހަރުން މައްޗަށް ދިޔާމަވެސް ޓީން އޭޖްގަ އެހުންނެވީ މިހާރުވެސް އެދައްކާ ބޮޑާވާހަކަ ނިކަން އަހާބަލަ، މައުމޫން ބޮޑާ އެހާކަނީ ކީއްވެ؟

  22. އަހްމަދު

    ސިޔާސީ ޕާޓީތަކަކީ، މިހާރު މިގައުމަށް ޖެހިފައޮތް މުސީބާތެއް. އަނބިމީޙާއާ ފިރިމީހާ ވަރިވާންޖެހޭ ފަދަ ބިރުވެރި ކަމެއް. ގައުމުގެ ރައްޔިތުންގެ އަހްލާގު ނެތި ހިނގައްޖެ. އެކަކު އަނެކަކަށް އިހްތިރާމް ކުރުން ނެތި ހިނގައްޖެ. ދޮގު ހެދުމާ މީހުންގެ އަބުރު ކަތިލުން އިންތިހާއަށް ހިނގައްޖެ. ޑިކޮމްރަސީއަކީ، މުސްލިމުން ބައިބައިކުރުމަށް ހުޅަނގުން ގެނެސްގެން އުޅޭ ޝައިޠާނީ ފިކުރެއް. ހުޅަގުންވެސް ގަބޫލުނުކުރާ ފިކުރެއް. މުސްލުމުންގެ ކަރަށްވައްޓާލާފައިވާ މަޅިއެއް. މީގެ ސަބަބުން ދުނިޔެއާ އާޚިރަތް ގެއްލި ހަލާކުވެގެންދާނީ.

  23. ނެރު

    އެހެންވީމަ 03 އަހަރު ވާން ކައިރި ވީއިރުވެސް ރައީސް މައުމޫން އަށް ވެރިކަން ވައްޓާ ނުލެވުނީމަތާދޯ މިހައްޔަރުކުރީ