ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މައުމޫން ފައުންޑޭޝަން އުވާލަން ނިންމައިފިއެވެ.

ޖަމިއްޔާތަކާބެހޭ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއްގެ ނަން އުވާލަން ނިންމައި ލިސްޓު މިއަދު އާންމު ކުރިއިރު އޭގެ ތެރޭގައި މައުމޫން ފައުންޑޭޝަންވެސް ހިމެނެއެވެ.

އުވާލާ ލިސްޓުގައި މައުމޫން ފައުންޑޭޝަން ހިމެނުނު ނަމަވެސް އެ ޖަމިއްޔާތައް އުވާލުން ހުއްޓުވުމަށް އަދިވެސް ހުށަހެޅޭނެއެވެ. އެގޮތުން ޖަމިއްޔާ އުވާލުން ހުއްޓުވުމަށް އެދޭނަމަ 24 ސެޕްޓެމްބަރުގެ 14:00 އާއި ހަމައަށް އެކަން ލިޔުމުން ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ ފުރުސަތުދީފައެވެ.

މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، 25 ސެޕްޓެމްބަރުން ފެށިގެން ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް އެމިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަކީ ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދޭ ޖަމިއްޔާތަކެއް ކަމަށެވެ. ނަމަވެސް ބައެއް ޖަމިއްޔާތަކުން ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަ ނާޅާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މައުމޫން ފައުންޑޭޝަން ހިންގަން ފެށީ ރައީސް މައުމޫންގެ ވެރިކަން ނިމުނު ފަހުންނެވެ. އޭގެ ފަހުން އެ ފައުންޑޭޝަންއިން ދިޔައީ އިޖުތިމާއި އެކި ކަންކަމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެ ޖަމިއްޔާ މެދުވެރިކޮށް ވަނީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން، ސްކޮލަޝިޕްތަކެއް ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އުވާލާ އުވާލާ އަވަހަށް އުވާލާ ރައްޔިތުންގެ ފައިސާއިން ތިތަން ތަށް ހިންގަނީ ރައްޔިތުންގެ ހަޒާނާ ހުސްވުންފިޔަވާ އިތުރު ކަމެއްނުވޭ ، އެމް އަރު އެމް ވެސް އުވާލާ

    20
    3
  2. އަހޫ

    30 އަހަރު ކުރި ވަގު ފައިސާ ހުސްވީބާ؟

    15
    2
  3. ގަލަން

    މައުމޫނު ފަކީރު ގެނބެމުން ގެނބެމުން ގޮސް ގެނބިއްޖެ

    17
    1
  4. ހުސޭނުބޭ

    ކަޅުފޮށީގައި ފައިސާ އުފުލިފަހުން މުޅިން ހުލިވީތަ؟

    14
    1
  5. Anonymous

    ތިރީސް އަހަރު ވެރިކަންކުރި ބެއްޔާގެ ކަންތައް ނިމިގެން މިދަނީ އުންމީދެއް ނެތް ފުޅިބައްތިގަނޑެއްހެން ދޯ. ވެރިކަމުގައި ހުރިއިރު ހާދަހާ ފުއްޕާލާފައޭ ބެއްޔާ އުޅުނީ. އޭރު ބެއްޔާ އަހަރެމެންނަށް ދިން އަނިޔާތަކުގެ ރަހަ އަދިވެސް ކަރުބުޑުގައި އެބަހުރި.

    14
    2
  6. ހަލީމަ

    އަލްޙަމްދުލިﷲ ޝުކުރު،

    4
    1