ލ.ގަމުގެ ކުނީގެ މައްސަލަ ބޮއްސުންލައިގެން ގޮސް އެތައް އަހަރެއްވި ފަހުން ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
ލ. ގަމުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބައުންޑަރީ ވޯލް އަދި ކޮމްޕޯސްޓް ސާލެބެގެ އިމާރާތް ކުރާނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.
ގަމު ކައުންސިލުން މި މަހުގެ 12 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބައުންޑަރީ ވޯލް އަދި ކޮމްޕޯސްޓް ސާލެބެގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، އެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަށް އަންނަ ބުރާސްފަތި ދުވަހު 10:30 ގައި އެކަމާ ބެހޭ މައުލޫމާތު ގަމު ކައުންސިލުން ދޭނެ ކަމަށެވެ.
އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެ އިއުލާނުގައި ވެއެވެ.
ގަމުގެ އެކި އަވަށްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރިއަށް ކުނި އަޅަން ކައުންސިލުން ކުނިގޮނޑުތަކެއް ހަދާފައި ވާތީ އާންމު ރައްޔިތުންނަށް ވަނީ އިންތިހާއަށް ދަތިތަކާއި ކުރިމަތިވެފައެވެ. ނަމަވެސް ކުނީގެ މައްސަލަ ހައްލު ކުރަން ކައުންސިލުން އެކަން ހައްލު ކުރަން މަސައްކަތެއް ނުކުރެއެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ގަމު ކައުންސިލުން ގަމުގެ ކުނީގެ މައްސަލަ ހައްލު ކުރަން މީގެ ކުރިން ހަވާލު ކުރީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި އެވެ. ނަމަވެސް އެމަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ގަމުގެ ކުނީގެ މައްސަލަ ހައްލު ކުރުމުގައި ކައުންސިލް ފެއިލް ވެފައި އޮތުމުން ރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ރައްޔިތުންގެ ފާޑުކިޔުން ވަނީ ކައުންސިލަށް އަމާޒުވެފައެވެ.
ގަމު ކުއްޖަކަށްވެ ހުރެ ލަދުވެތިވަން..
ގަމު ރައްޔިތުން ވިސްނަންވީ ރިޔާސީ އިންތިޚާބުގައި ގޯސް ތަކުރާރު ނުކުރަން......!!!