މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފިއެވެ.

ރޭ އޮތް ރަސްމިއްޔާތެއްގައި އެ ސްޓޭޝަން އިފްތިތާހުކޮށްދެއްވީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

މާލޭގައި ވޭސްޓް ޓްރާންސްފާ
ސްޓޭޝަން ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނިއެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް. ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިއްމު. ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމައުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތައް." ނައިބު ރައީސް ވިދާޅުވިއެވެ.

މާލޭގައި ވޭސްޓް ޓްރާންސްފާ
ސްޓޭޝަން ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުކަންވެސް ފާހަގަކުރެއްވެވިއެވެ.

މާލޭގައި ގާއިމްކުރެވުނު އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގްސަދުގައި ޒަމާނީ ވަސީލަތްތަކާއިއެކު ބިނާކޮށްފައިވާ 65 ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުއިއްޒޭ ބޭނުމީ

    ނުނިންމާ އޮތް މަޝްރޫއުގެ ސްޓޭޝަން ހުޅުވުން ތިއީ ބޮޑު ޖޯކެއް. މުއިއްޒުމެން ބްރިޖް އަޅާ، ހިޔާ ފްލެޓްތައް އަޅާލި. އެހެންވީމަ މިފަހަރު ހަމަ މުއިއްޒު

    • ދިދީ

      ބުރިޖް.ހެދީމަ ތިތަން ވާނީ ...ބޭކާރު

    • ދިދީ

      ދެން ބްރިޖް ކޮބާ

  2. Anonymous

    ވެއްޓެނީ ވެއްޓެނީ ! މިހާރު ފެންނަމަުން މިދަނީ ވެއްޓޭތީ ބަޔަކު ތެޅޭ ތެޅުން.

  3. ދަވާލާ

    މުއްދަތު ހަމަވަނީ ފޮށި ތަންމަތި ބަނދެގެން ފުރަން ތައްޔާރު ވޭ ، ކަލޭމެން ކުރިހާވެސް ކަމަކީ ވަށްކަން ކޮށް ގައުމު ދަވާލީ ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ކުރަނިއްޔޭ ކިޔާފައި ބޮޑެތި ވައްކަންކުރީ ، ދައުލަތުގެ ހަޒާނާ ދަވާލީ 62 ބިލިޔަން ރުފިޔާގެ ދަރަނި ޗޯރޭ ޗޯރޭ ޗޯރޭ އައުޓް

  4. އަބްދޫ

    ތިޔައީ ނަމެއް ދެއްކުންތެރިކަމެއް. ހަގީގަތެއް އޮތް ކަމެއްނޫން.ތިޔަކަމުގެ އަމަލީއެއވެސް މިސްރާބެއް އަދިނެތް.