ކޮންމެ ރަސްމިއްޔާތަކަށް އާ ހެދުމެއް ލުމުގެ ބަދަލުގައި ތިމާވެއްޓާ މެދު ވިސްނެވުމަށް ރާއްޖޭގެ މަޝްހޫރު ޑައިވަރު އަދު 'މޫދު ބުޅާ ޑައިވް ސެންޓަރ"ގެ ފައުންޑާ ޒޫނާ ނަސީމް ވިދާޅުވެއްޖެއެވެ.

ރެހެންދި އެވޯޑް ވެސް ހާސިލު ކުރައްވާފައިވާ ޒޫނާ އެގޮތަށް ވިދާޅުވީ މިހާރު ކްރޮސް ރޯޑުގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓާ ޕްރިވެންޝަންގައި ވާހަކަ ދައްކަވަމުންނެވެ.

ޒޫނާ ވިދާޅުވީ އާންމުކޮށް ހަފްލާތަކަށް ލާ ހެދުން ބޭނުން ކުރުމަށް ފަހު އޮންނަނީ އަލަމާރީގައި ރައްކާކޮށްފައި ކަމަށެވެ.

އަދި ފަހުން އޭތި ބޭނުންނުކޮށް ތިލަފުއްޓަށް ގޮސް އިތުރުވަނީ އެ ރަށުގައި ހުންނަ ކުނީގެ ފަރުބަދައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއް ހަފްލާއަށްލާ ހެދުން ދެވަނަ އަދި ތިންވަނަ ހަފްލާއަށް ވެސް ލާން ބޭނުންކުރުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް މީހުންނަށް ހީވާކަހަލަ ދެ ފަންކްޝަނަކަށް އެއް ހެދުމެއް ލައިގެން ދިޔައިމަ އެއީ ވަރަށް ހަޑި ކަމެކޭ. މީހުންނަށް ބުނެދޭން ބޭނުންވަނީ އެއީ ރީތިކަމެއްގެ ގޮތުގައި ބަލައިގަންނާށޭ. މިއީ ވެސް ކުރެވިދާނެ ކަމަށް ތިމާވެއްޓަށް ކޮންޓްރިބިއުޓް ކުރަން. ވީހާވެސް ގަންނަ އެއްޗެހި މަދުކުރަންވީ. އޭރުން ދޮއްތޯ ފަރުބަދައަށް ކުނި މަދުވާނީ" ޒޫނާ ވިދާޅުވިއެވެ.

ދިވެހީންގެ ތެރޭގައި އާންމުކޮށް ހަފްލާތަކަށް ލާ ހެދުންތައް ދެވަނަ ހަފްލާއަކަށް ބޭނުން ކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަން ރީނދޫ

    ޒޫނާ ޕާޓީ ކުދިން ކޮންމެ ރަސްމިއްޔާތެއްގަ އާހެދުންލަނީ،އެފްރިކާގެ ކަނެއްގަ އޮތަސް އެތަނަކަށް ބައްދަލުވުމަށް ގޮސް ގައުމުގެ ހަޒާނާ ކައި ހުސް ކުރަނީ.

    19
    3
    • ޢަހުމަދުވަގާރު

      އަރަބިން އެންމެ އިސްރާފު ކުރާ ކަމަށް ވަނީ.

  2. ޒަނީ

    މާރަނގަޅެއްނުން ފެންނުވަރާ ހުރިއްޔާ. އޭރުން އަދި މާ ތިމާވެއްޓަށް ރަނގަޅުވާނެ. ފަރަންޖީން އުޅޭހެން ފާޚާނާކޮއްފަ ފޮތިކޮޅަކުން ފޮހެލައިގެން ތިބެންވީނުން.

  3. ކަނޔޭ

    ޒޫނާ މޮޔަ ވާހަކަ ނުދައްކާ. އެމީހެއްގެ ފެންވަރުން އެމީހަކު އުޅެންވީ. މިކަމުގެތެރެއައް ތިމާވެށިލަިގެން މައްޝޫރުވާން ނޫޅުއްވާ.

    7
    3
    • ސާހް

      ގަމާރު ކަމުން ދުރުވޭ! ފަހުގެ ޖީލްތަކައް ރައްކާތެރި ވެއްޓެއް ލިބޭނީ އޭރުން

      • އަލީ

        ކަލެޔާ މޮޔަ ނާސިރާއާ ހަމަ އެއް ވިސްނުމެއް ތި ހުރީ

  4. ފިރިހެނުން

    އަންހެނުން ފިރިހެނުންނަށްވެގެން އެެްވެސް އަންހެންވަންތަ ސިފައެއް ނެތްގޮތަށް ފިރިހެނުން އުޅޭހެން އުޅުމަކީވެސް ވަރަށް ދަޑުދަރަޖައިގެ ކަމެއް.

  5. އާދަނު

    ކޮންމެ ހެދުމެއް ލައިގެންވެސް ނިވާ ވެވޭތޯ ބަލާ އާޚިރަތް ދުވަހު ތިމާވެށި ނާންނާނެ ސަލާމަތް ކޮށްދޭކަށް