މާލެ އިން ތިލަފުއްޓަށް ކުނި ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް ޒޯނުގައި އަޅާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު، އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ޝައުނާ ވިދާޅުވީ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއާއެކު ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ފެސިލިޓީއަކީ ތިލަފުށީގައި ޤާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ އެއްބައި ކަމަށާއި މިތަން އެއްކޮށް ނިމޭއިރު، ކުނި ނެގުމަށް ޤާއިމުކޮށްދެވޭ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޕިކަޕާއި އެހެނިހެން ވެހިކަލްތައްވެސް ހުންނާނެ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ސްޓޭޝަން ނިމި ތިލަފުއްޓަށް ގެންދާނީ ކޮންޓެއިނަރުތަކުގައި މޫދަށް ކުނި ނޭޅޭނެ ގޮތަށްކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ތަރައްޤީކުރާ ވޭސްޓް ޓްރަންސްފަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެ މަޝްރޫއު އަކީ 11.8 މިލިއަން ޑޮލަރުގެ ހަރަދުކޮށްްގެން ދޮޅު އަހަރުތެރޭ ނިންމާގޮތަށް ފެށި މަސައްކަތެކެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމައި ބޭނުންކުރުމަށް މަސައްކަތްކުރަމުން އަންނަ އިރު، މިހާރު އެތަނުގައި ކުރަމުންދަނީ ފިނިިޝިންގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    އަންނަނީ އަންނަނީ. ފެން ނުވަރާ ހޮޓްބާރ އަންނަނީ.

    3
    1
  2. ޢަންނަނީ އިންތިހާބު އަންނަނީ

    ނިމެނީ ނިމެނީ އަންނަނީ ހުރިހާކަމެއް ޖުލައިއަށް މިނިމެނީ އަންނަނީ ޖުލައި މަހު އަންނަނީ ވޯޓު އަންނަނީ ވެއްޓޭނީ ވެއްޓެނީ މޭގުޑަނީ ކެވުނުގޮތަކަށް ކަނީ ކައިހުސްކުރަނީ ސާބަހޭ އިބޫ ފޯމިއުލާތަށް ގޯހެއްނޫން ތީތި ސަޅިޔޭ. އަންނަނީ އަންނަނީ ވިކޭނެ ހިންނަވަރު މީހުންކައިރީގަ އިގިއްޖޭ

    2
    2
  3. ދަރަނި ބޯ

    ތި މިނިސްޓަރަކީ ބޮލެއް.ޒިންމާ އަދާނުކުރެވޭ.އޭނަގެ ބެލުމުގެ ދަށުގަހުރި މުއައްސަސާތަކުން ގާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުވާއިރު އަޅާވެސްނުލާ.މައްސަލަ ހުށަހެޅީމަވެސް ދިނީ ބީރު ކަންފަތެއް.