މާލޭ ސަރަހައްދުގެ މަގުމަތީގައި ކުނި ބެހެއްޓުން އިތުރުވެފައިވާތީ، ކުނި ކޮތަޅުތައް މަގަށް ނުނެރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރަކަށްއައިސް މާލޭ ސަރަހައްދުގެ މަގުތަކަށާއި، ގޭދޮރުމައްޗަށާއި، ކަންކަންމައްޗަށް ކުނިނެރެފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުން ދިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ މަގުތަކަކީ ނުހަނު ކާރު ބާރުބޮޑު އަދި އެހާމެ ހަނި މަގުތަކަކަށް ވުމުން މިގޮތަށް ކުނި ނެރެފައި ބެހެއްޓުމުން ތަފާތުއެކި އުނދަގޫތަކާއި ކުރިމަތިވާ ކަމަށް އީޕީއޭއިން ބުނެ އެވެ. އެގޮތުން މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ހަރާބުވެ، ގޮނޑުވަމުންދާ ކަމަށް އެއިދާރާ އިން ބުނެއެވެ.

ކުނި ނެގުމުގެ ހިދުމަތް ދޭ ފަރާތުން އައިސް ނަގައިގެން ގެންދާނެކަމަށް ބަލާ ގޭދޮރުން ބޭރުގައި ދުވާރުމަތީގައި ނުވަތަ ކަންކަންމަތީގައި ކުނި ބެހައްޓާ ކަމަށާއި ކުނި ކޮތަޅު ފުރޭއިރަށް ގޭތެރޭގައި އެ ކޮތަޅު ބެހެއްޓުމުގެ ބަދަލުގައި ވަކި ގަޑިއެއް ނުބަލާ ކުނި ކޮތަޅު ގެއިންނެރި މަގުމަތީގައި ވެސް ބައެއް މީހުން ބަހައްޓަމުންދާ ކަމަށެވެ.

ކުނި އުކާލުމުގެ ހިދުމަތް ދޭ ފަރާތްތަކުން އަންގައިގެން ކަމަށްބުނެ މަގުތަކަށާއި ކަންކަންމައްޗަށް ކުނިނެރޭކަން ފާހަގަވެފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.

އަދި ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތުގެ މުވައްޒަފުން ގެޔަށް ނުވައްދަންވެގެން ނުވަތަ އާންމުކޮށް އަންނަ ގަޑިއަށް ނައިސްގެން ކުނި ކޮތަޅު ގެއިންނެރި ބޭރުގައި ބެހައްޓާ ކަމަށެވެ.

އެކިއެކި މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ގެންދާ ކަމަށާއި ބަލްކު ކުނި އުކާލުމުގެ އަގުބޮޑުކަމަށް ބުނެ މަގުތަކާއި ކަންކަންމައްޗަށް އަޅާފައި ބަހައްޓަމުންދާ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

އީޕީއޭއިން ބުނީ ކުނި ނެގުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބެހައްޓާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

އެފަދަ ކަންކަމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނޫގެ ކުނި މެނޭޖުކުރުމުގެ ގަވާއިދުން ހުއްދަކުރާ ކަންކަމަށް ނުވާތީވެ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

އަދި އެއްވެސް ސަބަބަކާހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅުތަކާއި އެހެނިހެން ކުނި މަގުތަކާއި ދުވާރުމަތީގައާއި ކަންކަންމަތީގައާއި ހުސްތަންތަނަށް ނެރިފައި ބެހެއްޓުމަކީ ގަވާއިދާ ހިލާފު ކަންކަމަށާއި ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކު މިގޮތަށް ކުނި ނެރިފައި ބަހައްޓަން އަންގައިގެން ނުވާނެ ކަމަށެވެ. އެންގިކަމުގައި ވިޔަސް އެގޮތަށް ކުނި ކޮތަޅުތައް ނެރި މަގުމަތީގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އީޕީއޭއިން ބުނީ ކުނިބުނީގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކާއި ދުވާރުތަކާއި ހުސްތަންތަން ހަޑިވެ ތަގައްޔަރުވުން ހުއްޓުވުމަށްޓަކައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮއްޔާ

    އޮޅުން ބޮޅުން ބޮޑު ދައުރެއް //

    • ބަރޯ

      ކުނިވެފައި އޮތް، ކުނި މެނޭޖްކުރަން ނޭނގޭ، ކުނި ގިނަ ދައުރެއް. ކުނި އުކާލުމަށްް ރަޖިސްޓްރީ ނުކޮށް މާލޭގެ މަގުތަށް މަތީ ބިދޭސީން ބަހައްޓާ ކުނިވެސް މަދެއްނޫން. ޢެއްކަމަކަށްވެސް ހަރުދަނާ ހައްލެއް ނޭންގޭ ދޯހަޅި ބައެއް.

  2. އަލްޖިބްރާ

    މިއީ މިހާރު އާއްމުންނަށް ޖައްސާފަ އޮތް ބޮޑު މުސީބާތެއް ! އެއްބަޔަކު ބުނަނީ ބޭރަށް ކުނި ނެރޭށޭ ! އެހެންނުނީ ކުނިބަލެއް ނުދާނަމޭ ! އަނެއްބަޔަކު މިގޮވަނީ ކުނި ނު ނެރޭށޭ ! ދެބައިމީހުން މިކަމަކާ ތަޅާފޮޅާއިރު ހުރިހާ އާއްމުން ތިބެން މިޖެހެނީ ކުނި ކޮތަޅު ތަކާ ހެދި ބޮޑު ބަލާވެރިކަމަކަށް ވެފަ ! ތިޔަ ކުނި އުކާބަޔަކަށް ތިކަން ނުވާނެ ކަމަށްބުނެ ތިކަން ހުއްޓާލަބަލަ ! މިހާރު ބޮޑުބަލާވެރިކަމަށް މިކަން ވެއްޖެ ! ރޭއްސުރެން ކުނި ކޮތަޅުތަށް އެ ހުންނަނީ ހިގާ މަގުމަތީގަ ! ކުނިނަގާނެ ބަޔަކު ނެތް ! މީގެ ކުރިންވެސް އަހަރުމެން ކުނި އުކާ އުޅުނީ އަމިއްލަ ދުއްވާތަކެތީގަ ! ނުވަތަ ބަންގާޅީންނަށް ލާރި ދީގެން ! ކަލޭމެން މާ މޮޅުބަޔަކަށް ހެދިގެން ކުނިއުކާދޭނަމޭ ގޮވަމުން އާއްމުން އެކަންކުރުން ހުއްޓުވީ ! ބޮޑު ބަލާވެރިކަމެއް ނުނީ ކަލޭމެންގެ ފަރާތުން ޖެހިފައެއް ނެތް !

  3. އަހަންމަދު

    އީޕީއޭ އިން ތިހާ ހަރުކަށި އިބާރާތުން
    އަނގައިފިއްޔާ ދެން ހަ

  4. އަހަންމަދު

    އެހެންވެއްޖިއްޔާ އެކަކުވެސް ދެނެއް މަގުމައްޗަށް ކުންޔެއް ނުނެރޭނެ.
    ތިވަރު ކަމެކޭ. މަގުތައް މުޅިން ސާފުވީ.

  5. ދޮގޭ

    ބަލަ އަމީނީ މަގު ހަދާއިރު ކޮނެ ނަގާ، ބޭނުންކޮށްފަ ހުންނަ ފާހާނާ ހޮޅިތައް މަގުމަތީގަ ބަހައްޓާފަ ހުރީމަ އެކަމާ ކަންބޮޑެއް ނުވޭދޯ؟ ނަޖިސް ހުންނަނީ ދިމާޔަށް ފެންނަން. ދެން މަގު ކޮނެފަ ވަޅުވަޅުގަނޑުގަ މަދިރި އާލާވާ އިރު ނުފެނޭދޯ؟ ކަންބޮޑެއް ނުވޭދޯ؟ ދެން ވެމްކޯ މީހުން ގެޔަށް ވަންނަން ހުއްދަދިނީމާ ބައެއްފަހަރު ވާގޮތް ނޫސްތަކުން ފެނޭދޯ؟ ބަލަ ހައްލެއްނުދީ މަނާކުރިޔަސް އަހަރުމެން އަޑެއް ނާހާނަން!!!!

    3
    1
  6. ޙާޝަރު

    ރޭގަޑު ބާރަ' އެކެއް ޖަހާއިރުވެސް ކުނިބަލާ ނާދެ. މިރޯދަމަހުވެސް ކުނި އުކަން މިހުންނަން ޖެހެނީ ހޭލާ.
    މީ ތަންފުކެއް ބޮޑުވަރު.

  7. އެންދެރި

    ފުރަތަމަ އީޕީއޭ މަގުތަކަށް،ނުކުމެބަލަ. ނަމެއްގަ،އޮންނަ ބައެއް މިގައުމަކަށް ބޭނުމެއް ނޫން. ވަގު އިބުރާހިމުގެ ވައްކަން ފޫބައްދަން ތިބޭ ބަޔަކަށް މުއައްސަސާތަކާ އޮފީސްތައް ވެގެން ނުވާނެ