ޑައިވިންގއަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހެލެގެނލި ރިސޯޓުގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިީސޯޓެއް ކަމށްވާ ކ. މާޅުގައި މަސައްކަތް ކުރާ ދެ ބިދޭސީ ފިރިހެނަކު ޑައިގިންގ އަށް ދިޔަ ފަހުން ހަބަރު ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:35 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ މީހެކެވެ. އެ މީހުން ޑައިވިންގއަށް ގޮސްފައި ވަނީ މަސައްކަތު ނިންމާލުމަށްފަހު ކަަމަށް ވެއެވެ.

މިއީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކަނޑަށް މީހުން ގެއްލިގެން ހިންގާ ތިން ވަނަ އޮޕަރޭޝަނެވެ. އެގޮތުން މިހާރުވެސް އެމްއެންޑީއެން އިން ދަނީ ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަހުމަދު އާއި، އާދިއްތަ ދުވަހު މާލެ އަތޮޅު ކަގީ ފަރަށް އެރި މުދާ އުފުލާ ދޯނީގެ ކައްޕި، މުހައްމަދު ޔޫސުފް، 37 ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު އަހްމަދު

    މި ސަރުކާރު އައިފަހުން ހާދަ ގިނަ މުސީބާތްތައް އެބަ ކުރިމަތިވޭ.. އެތައް ތަނެއް އެތައް މުދަލެއް އަނދައިފި.. ކަނޑަށް އެތައް ބަޔަކު ގެއްލިއްޖެ.. އެތައް ބަޔަކު ޤަތުލުކޮށްފި.. މަހެއް ނުބާނާ... ޔާﷲ މި ނުބައިވެރިކަމުން އަޅަމެން ސަލާމަތްކޮށްދެއްވައި، އަޅަމެން އިބަ ކަލާނގެ ކޯފާއިން ސަލާމަތްކުރައްވާންދޭވެ. އާމީން