ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް، ސ.ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޛާ ރަޢުފާ ޙައިދަރު ޢައްޔަންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވީ، ރައުފާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ އަށް ވަނަ ނަންބަރުގެ ދަށުން ޑީޖޭއޭއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށެވެ.

ރަޢުފާ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރަން ފެށީ 19 އޮކްޓޯބަރ 2011 ގައެވެ. އެއިރު އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމް އޭނާ އަދާކުރަމުން ދިޔައިރު، 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

މީގެ ކުރިންވެސް އޭނާ ވަނީ ވަގުތީ ގޮތުން އެ ކޯޓުގެ ރެޖިސްތްރާރއެެއްގެ ގޮތިގައި މަސައްކަތްކޮށްފައެވެ.