ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިމާވި ކަރަންޓް މައްސަލަ ހައްލުކޮށްފިއެވެ.

އެ އެއާޕޯޓުން ކަރަންޓް ކެނޑުނީ 8:45 ހާއިރުއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ކަރަންޓް ކެނޑުނު ސަބަބު ބަލަމުން އަންނަ ކަމަށެވެ.

އެއާޕޯޓުން ކަރަންޓް ކެނޑުމާއި ގުޅިގެން ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އެއާޕޯޓުން ކަރަންޓް ކެނޑެން މެދުވެރިވީ ކީއްވެގެން ކަން އެމްއޭސީއެލް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ވެލާނާ އެއާޕޯޓަށް ދިމާވި ކަރަންޓް މައްސަލަ ހައްލުވެފައި ވަނީ، 9:26 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޖަޒީރާވަންތަ ދެންއަތްޖަހާ

  2. ކަތީބު

    އަދި ހުލިހާ ތަނަކައް ކަރަންޓު ނުލިބެޔޭ ހާދަ ދޮގުހަދަޔޭދޯ

  3. ޖަރީމާ

    ކަރަންޓު ވެސް ކެޑޭނެ، މިޤައުމުގައި ދައުލަތު ކަން ކަން ކުރާނީ ބައެއް މުއްސަންދިވާން. މައްސަލަ ޖެހުނު ވަރަކަށް ބޮޑު އަގުގައި ބައެއް ކައިރިން ތަކެތި ގަނެވޭނެއް ނޫން. ދައުލަތުގެ ބޭނުމަށް ގެންނަށް ފިލްޓަރ، ސްޕެއަރ، ލުބިރިކަންޓް އޮއިލް ކަހަލެ ތަކެތި ސީދާ މެނިފެކްޗަރ ކައިރިން ނޫނީ ނުގަނުވޭނެ ގޮތް ހަދަންވީ. މުޅިންވެސް ވައްކަން.