ވޯޓު ހޯދުމަށް ނަމަވެސް ދެފަރާތުން ވެފައިވާ އެއްބަސްވުންތައް އުވާލާ އަހުދާއި ވައުދު އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިފަދައިން ވިދާޅުވެފައި މިވަނީ "އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުތަކުގައި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަމުން ގެންދަވާ ވާހަކަތަކަށް ބިނާކޮށެވެ. އެގޮތުން ނަޝީދު ވަނީ އިއްޔެ އިހަވަންދޫގައި ވާހަކަދައްކަވަމުން ސަރުކާރު ކޯލިޝަން ޕާޓްނަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފައެވެ.

އިލްޔާސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަޕޯޓު ހޯދުމުގެ ގޮތުންވިއަސް އަދި ވޯޓު ހޯދުމުގެ ގޮތުންވިއަސް ދެފަރާތުން އެއްބަސްވެފައިވާ އަހުދުތަކާއި ވައުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ތެދުވެރި އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫންކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެފަދަ ސިފައަކީ މުނާފިގުންގެ ސިފަ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ މުޖުތަމައު ފަސާދަ ކުރުމަށް ކަމަށާއި ދިވެހި ރައްޔިތުން އެކަމާއި މެދު ވިސްނުމަށް އިލްޔާސް ވަނީ ގޮވާލާފައެވެ.

https://twitter.com/shkilyas/status/1216729593349955584?s=20

ނަޝީދު ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންނަށް "ހައްގު މިންވަރު" ލިބިގެން ނުދަނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ހއ. ބާރަށަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ބަޔަކަށް ވޯޓު ދެއްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ވޯޓު ދެއްވައިފިނަމަ އެއީ ކަނޑައެޅިގެން ލަދުވެތި ކަމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކާޕެޓް ވަގު

    އެއްވެސް ރައްޔިތަކު އެމްޑީޕީ އަށް ވޯޓް ނުދީ...

    58
    2
  2. ބެކޭ

    ސޭހު ހާދަ ބިރުން ތިބުނަނީ

    41
    4
  3. އަހަރެން

    ދެފުއްކެހެރި އިލްޔާސް

    39
    4
  4. ފިލާވާޅު

    ބޮލައް ފައިންއަރާފަ ދޫކޮށްލާނެ އިލްޔާސް މެންގެ ހިކުމަތެއްނެތްކަން މީގެން މިފެންނަނީ

    43
    2
  5. ޢަބްދުއްލާ

    އިލްޔާސް ވިދާޅުވަނީ ވޯޓު ހޯދުމުގެ ގޮތުން އަހުދުތައް އުވައި ނުލުމަށް

    1 ގަޑިއިރު ކުރިން ( ޖެނުއަރީ 14, 2020 )

    އަހުދާ ވައުގެދަށުން އަނެއްކާވެސް M D P އަށް ވޯޓް އަނެއް ކާވެސް ދޭންވީތަ؟

    ހޯހޯ ތިކަމަށް މަވާސަލާން .

    27
    1
  6. ރާއްޖެތެރެ

    ކަލޭމެންގެ ގޮތެއް ނެއްކަމުގެ ސަބަބުން މިހެން މިވަނީ.

    26
    1
  7. Anonymous

    ދުޢާދެއްވާފަ އޭ ވިދާޅު ނުވައްޗޭ. ދިވެހި ރައްޔިތުންނަށް ދުޢާދެއްވާފަ ހުންނަ ސޯލިޙުން ކަމަކު ނުދޭ

  8. ޢައްޑޫ ބެއްޔާ

    އިލްޔާސްމެންގެ މުޑުދާރުކަމުން މިހެން މިވަނީ

  9. ނުދެއްވާތި

    ޤައުމުސަލާމަތުން ބާއްވަންބޭނުންވާ އެއްވެސްރައްޔިތަކު އެމްޑީޕީއައްވޯޓްނުދެއްވާތި