ވެކްސިން ޖެހުމާއި ދެކޮޅަށް ވާހަކަދައްކަމުންދާ ވައިބާ ގްރޫޕްގެ މައްސަލަ ބަލަން ފުލުހުން ފަށައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މި ގްރޫޕްގެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ޓްވިޓާގައިވެސް ވެކްސިން ޖެހުމާއި ދެކޮޅަށް އަޑުއުފުލަމުން ދެެއެވެ.

ފުލުހުން ވިދާޅުވީ، ވެކްސިން ދިނުމާއި ދެކޮލަށް އާއްމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލައެއް މިދިޔަ އަހަރު ތެރޭގައި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މި ކަމާއި ގުޅިގެން ފުލުހުން ވަނީ ކަމާއިބެހޭ އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައި". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިކަމުގައި އެ އިދާރާއިން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ވެކްސިން މައްސަލަ މިހާރު ފެންމަތިވެފައި ވަނީ ވެކްސިން ނުދިނުމުގެ ސަބަބުން ޖެހޭ ހިމަބިހި ބަލި ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ.

އިއްޔެ ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، މިހާރު ފެތުރެމުންފާ ހިމަބިހި ކޮންޓްރޯލް ކުރުމުގެ ގޮތުން ވެކްސިން ޖަހަން ބޭނުން ނުވާ ފަރާތްތަކަށްވެސް ވެކްސިން ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިމަބިހި ނުރަަައްކާތަ

    ކޮންމެ ބަށްޔަކީވެސް އޭގެ ޒާތުގަ ނުރައްކާއެއް ރަނގަޅުނުވެ ގިނަދުވަސްވާނަމަ. ހިމަބިހި އަކީ ތިބުނާހާ ނުރައްކާ ބައްޔަކަައްވީ ވެކްސިން އުފައްދާ އެވިޔަފާރި ބަޔަކު ކުރަންފެށި ހިސާބުން. އެހާ ނުރައްކާ ބަށްޔެއް ޖެހިފަހުރި ކުއްޖެއް ގެއައް ފޮނުވާލީވެސް ހަމަ ނުރަކާ ކަމުންތަ.

  2. މުހައްމަދު

    ދީނުުގެ ހުކުމްތަކާ ދެކޮޅުހަދައިގެން އުޅެވޭ. ސަރުކާރާ ދެކޮޅުހެދޭ. ވެރިންނާ ދެކޮޅުހެދޭ. ވެކުސިންއާ ދެކޮޅެއް ނުހެދޭ. ހައްދެއްނެތް ފިކުރާ ދެކޮޅެއް ނުހެދޭ. މައްސަލަބަލާނެ.