މާލޭގައި އަނެއްކާވެސް މިއަދު ގްރޫޕް މާރާމާރީއެއް ހިނގައިފިއެވެ.

މިއަދު ހިނގި މާރާމާރީގެ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެވީޑިއޯގައި ފެންނަނީ ހަތް ވަރަކަށް މީހުންގެ ގްރޫޕަކުން މީހަކަށް ހަމަލާދޭ މަންޒަރެވެ. އަދި އެމީހާ ވައްޓާލުމަށްފަހު ކޮޅުފައިންޖަހާ ހަމަލާދޭ މަންޒަރުވެސް ފެނެއެވެ. މި މާރާމާރީ ހިނގާފައިވަނީ މިއަދު ހަވީރު އެވެ.

ވީޑިއޯގައި ފެންނަނީ އެސަރަހައްދަށް ފުލުހުން ދިއުމާއެކު ގްރޫޕުގެ މީހުން ވަނީ ސައިކަލުތަކަށް އަރައިގެން އެސަރަހައްދުން ގޮސްފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިއަދު މާލޭ މަގުމަތީގައި މާރާމާރީއެއް ހިނގާފައިވާއިރު މިދިޔަ ހަފްތާ ތެރޭގައިވެސް މާލޭގައި ވަނީ މާރާމާރީއެއް ހިނގާފައެވެ. އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 8 މީހަކު ހައްޔަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މެޑީ

    ކޮބާ ވީޑިއޯ

  2. ކޯރޭ

    ސޭމް ގުރޫޕް ބުރޯ

  3. ޖަޒީރާ ބިޗުލާއި ފަނިފަކުސާ

    އެޖެންޑާ 19 ތަފާތުވާނެ.. ޒީރޯޓޮލަރެންސް

  4. ޓަފު

    ހާދަ ޓަފޭ. 7 މީހުން އެންމެ މީހަކަށް ހމަލާ ދިނުމަކީ ޓަފު ބުރޯސް ގެ ގޮތް. ބޯ ދިގު ވެފަ ގޮޅި ޖެހި ގަމީސްލީމަ ޓަފު ވީ.