ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު ޕޭވްމަންޓު ގަލަކުން ޖަހައި ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި އެމީހާ 10،800 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ ކުރީ ހއ. ދިއްދޫ، ހަވީރީފިނި، އަހްމަދު ސިރާޖުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ މުދަލަށް ގެއްލުން ދިން ކަމުގެ ދައުވާއެވެ. އޭނާ ވަނީ އޭނާގެ މައްޗަށް ކުރި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ.

ޝަރީއަތުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކުށް ކުރެވުނީތީ މައާފަށް އެދި ދެވަނަ ފަހަރަށް އެފަދަ ކުށެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ އިތުރުން ގެއްލުންވި ތަނަށް ބަދަލެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމަށް ސިރާޖު ބުނެފައިވާ ކަމަށެވެ.

ސިރާޖުގެ މައްޗަށް މީގެކުރިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާތީ އާއި އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެފައި ވާތީއާއި އަދި ލުއި އަދަބެއް ދެވެން އޮތް ނަމަ ލުއި އަދަބެއް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފެންނާތީ، ސިރާޖުގެ މައްޗަށް ކަނޑައެޅޭ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 10،800 ރުފިޔާކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެއެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅީ އޭނާގެ އިއުތިރާފުގެ މައްޗަށް ބަލައިގެންނެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށްވެސް ހުކުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދާލަތު

    ދައުލަތުގެ އިހުމާލުން އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވުމުން ހަމަމިގޮތަށް ދައުލަތުގެފަރާތުން ފައިސާ ނުދައްކަނީ ކީތްވެތޯ?

    18
  2. މަންބެ

    ތިޔަމީހާ ރައީސްއޮފީހުގެ ބިއްލޫރިގަނޑުތަޅާލީ އަމިއްްލައައްތަ ނޫނީ މީހަކުބުނެގެންތަ ނޫނީ ސިކުނޑީގެެ އުނިކަމެއް ހުންނަމީހަކައްވެގެންތަ ނޫނީ ނުލަފާކަމުންތަ

    24
  3. ބޮޑޭ

    ތިއީ ބޮޑު ތިލަދުންމައްޗަށް މިއަދު ކެންޕޭނަށްގޮސް ވައިޖަހަންވެގެން ނިންމި މައްސަލައައެއް

  4. މަކަރުވެރީން

    ރައީސްޔާމީންގެ ދުސް މަނުން އޭނައަށް ލާރިދޭން ބުނެގެން އޭނަލައްވާ ކުރުވިކަ މަކަށްވެސް ވެދާނެދޯ ދެން ނަމެއްގަ ޖޫރިމަނާގެ ގޮތުގައި ލާރި ދިނީމަ އެކަން އެއޮތީ ނިމިފައެއް ނުދޯ ވިސްނާލަބަލަ ކަނައަތުން ކުރާ ކަންތައް ވައަތަށްވެސް ނާންގާ ނަމޭބުނީ ކާކުބާ އެހެން ވީމަ ކޮށްފަ ނުކުރާނެ ކަމެއް ހިތަށް ވެސް ނާރާނެ ދޯ

  5. ގޫބެ

    ތި ލާރި ދައްކާނީ ރައީސްއޮފީހުންކަން ކަށަވަރު އެއީ ބަދަލެއްގެ ގޮތުގައި.