މިދިޔަ މެއި މަހު އެކަނި ވެސް ވައްކަމުގެ 340 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ.

އޭޕްްރީލް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 1048 މައްސަލައެކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 340 މައްސަލަ
  • ގެވެށި އަނިޔާ 24 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 144 މައްސަލަ
    • މުދަލެއް ގެއްލިގެން 113 މައްސަލަ
    • މަކަރާއި ހީލަތް ހެދުން 73 މައްސަލަ
    • އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުން 44 މައްސަލަ
    • ޖިންސީ ގޯނާކުރުން 29 މައްސަލަ
    • ފޭރުން 40 މައްސަލަ
    • ފޯޖުކުރުން 4 މައްސަލަ
    • ޗެކް ބައުންސްވުން 1 މައްސަލަ
    • މަސްތުވާތަކެއްޗާ ގުޅޭ 163 މައްސަލަ
    • މާރާމާރި ހިންގުމުގެ 62 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ.

ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާބަސްފުޅު

    އަދި މާ މަދު އިނގޭތޯ. ތި އަދަދުތައް އަންނަ މަހު ދެގުނަކޮށްލެވޭތޯ ހިތްވަރުކޮށްލަންވާނެ. ފުލުހުންވެސް ކޮންމެ މަހަކު އެއްފަހަރު ނެރެލާނެ ތަފާސްހިސާބުކޮޅެއް ލިބޭނީ އޭރުން. ދިވެހި ފުލުހުންނަކީވެސް ކުށްވެރިން ހިފައި ހައްޔަރުކޮށް އަދަބުދޭން ގެންދާނެ ބައެއް ނޫން. ބޮޑު ކުށެއްނަމަ އުންސުރާއި ފަންސުރު ހަމަނުވެގެން ޕީޖީ ދައުވާ ނުކުރާނެ. ޝަރުޢީ ދާއިރާއަކުން އަވަހަކަށް އަމުރެން ނެރެ ހުކުމެއް ނުކުރާނެ. ހެކި ހުއްޓަސް ގަރީނާ ހުންނާނާނީ ގާރޫނުގެ ހަމައާ އެއްގޮތަށް. ތަންފީޒީ ބާރުތަކުން ހައްޔަރުކޮށްގެން ނުގެންގުޅެވޭނެ. މަޖިލީހުން ޤާނޫނު ހަދާނީ ކުށްވެރިޔާއަށް މިނިވަންކަން ލިބޭނެ ގޮތް ބަލައިގެން އެގޮތަށް. މެންބަރަށް ވޯޓުކޮޅެއް ލިބޭނީ ކުށްވެރިޔާ ދޫކޮށްލީމާ. މައިންބަފައިންނާއި ތަންގަނޑު އެންމެން ތިބޭނީ ކުށްވެރިޔާ ޖަލުން ނުނެރެގެން ޕެޓީޝަނުގައި ސޮއިކުރަން ފޫގަޅާފައި. މިއީ ފުރިހަމަ ދިވެހީންނަކީ.