މިދިޔަ ޖުލައި މަހު އެކަނި ވެސް ވައްކަމުގެ 388 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 946 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 388 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 97 މައްސަލަ
  • މުދަލެއް ގެއްލިގެން 34 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 90 މައްސަލަ
  • ޖިންސީ ގޯނާގެ 17 މައްސަލަ
  • އަނިޔާ ކުރުމުގެ 41 މައްސަލަ
  • ގެވެށި އަނިޔާ 12 މައްސަލަ
  • ފޭރުމުގެ 60 މައްސަލަ
  • ފޯޖުކުރުން 6 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ 115 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.