މާލޭގެ ރަސްފަންނު ސަރަހައްދުގައި އޮތް އަތް ދަބަހަކުން 260ރ. ވަގަށް ނެގި މީހަކު ތިން މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނ. ހުޅުދޫ، ހުދުވެލި، އަހުމަދު ސޫޒަންގެ މައްޗަށެވެ.

މި މައްސަލައިގައި ދައުލަތުން ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުގެ 10:30 ކަންހާއިރު، ރަސްފަންނުގައި ބާއްވާފައި އޮތް އަތްދަބަހެއްގެ ތެރޭގައި އޮތް ވޮލެޓެއްގެ ތެރެއިން 260ރ. ވަގަށް ނަގާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ އުފުލުމުން ސޫޒަން ވަނީ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ، މައްސަލަ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައި ނިންމައިދިނުމަށް އެދިފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި އެކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ، ސޫޒަން ތިން މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނ. ހޮޅުދޫ އޮންނާނީ

  2. ސައިންތިސްތު

    މައްސަލަ އަކީ ވަކިބަޔަކަށް ހުކުމް ކުރެވިފަ އަނެއްބަޔަކަށް ނުކުރެވޭތީ..ނަޝީދު އާއި އޭނާގެ ފެމިލީ މީހަކަށް މިޤައުމުގައި ހުކުމެއް ނުހިނގާ..

    10
    1
    • ސަމްސިއްޔާ

      ކަލޯ އޭނަ އެއްބަސްވީއޭ. އެއްބަސް ނުވެ ހިފަހައްޓާލާއިރަށް މައްސަލަ އޮބޭނެ. ބުނާނެ ސާބިތެއް ނުވިއޭ.

      2
      1
  3. ޔުޔުު

    ވަކި ބަޔަކައް ވަކި ގޮތެއް

  4. ހުސްނީ މުބާރަކް

    ފޮޓޯއިން އެފެންނަނީ ސޫޒަން އަވަސްނިޔާގެ ދަށުން ވައްކަންކުރިދަބަސް ކޮނޑުގައި އަޅުވައިގެން ސައިކަލްގައި
    އަވަހަށް ޖަލުބަންދަށް ދާމަންޒަރު ފެންނަ ފޮޓޯއެއް ދެއްތޯ..