ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނިމިދިޔަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައި ކައުންސިލަރުންގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި އެކަން ކުރަން ނޭނގޭކަމުގައި ވާނަމަ ގޭގައި މަޑު ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް އޮފީހުންގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ޝިއްޕެ މިފަދައިން ވިދާޅުވެފައިވަނީ އަދު އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝިއްޕެ ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ ލާމަރުކަޒީ ނިޒާމުން ގައުމު ހިންގައި، ކައުންސިލްތައް ބާރުވެރި ކުރުމުގެ ފިކުރު އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޝިއްޕެ ވިދާޅުވީ، ކުރީގެ ސަރުކާރުގައި ކައުންސިލްތަކުގެ ހުރިހާ އިދާރީ ކަމެއް ހިންގުން ހަވާލުކުރީ އެ ކައުންސިލްތަކަށް ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި އައްޔަން ކުރާ ޒިންމާދާރުވެރިޔާ ކަމަށެވެ. އަދި ސިވިލް ސާވިސްގެ މަގާމަކަށް ވިޔަސް އޭރު ޒިންމާދާރުވެރިޔާގެ މަގާމަށް އާންމުކޮށް އައްޔަން ކުރީ ރައީސް ޔާމީންގެ އެޖެންޓުން ކަމަށްވެސް ޝިއްޕެ ވަނީ ވިދާޅުވެފައެވެ.

"ކައުންސިލްތަކުގައި ހުންނާނެ ޒިންމާދާރުވެރިޔާ، އެއީ ސިވިލް ސާވިސް މީހަކު ވިޔަސް ހުންނަނީ ޔާމީންގެ އެޖެންޓެއް، ދެން އޭނާއާ ހިންގުން ހަވާލުކޮށްފައި އޮތީ، އެމްޑީޕީ ކައުންސިލެއް، އެކަމަކު ހިންގަނީ ޕީޕީއެމްގެ އެންމެ މީހަކު ހުރެގެން" ޝިއްޕެ ވިދާޅުވިއެވެ.

ޝިއްޕެ އިތުރަށް ވިދާޅުވީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން އިންތިހާބަށް ނިކުމެ އުޅެނީ އިތުރު ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެހެން ޕާޓީތަކުން ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އިހަވަންދޫ ރައްޔިތެއް

    ހަމަހިލާ މާދަން އިގޭތޯ އާދެ މަޚްޝަރު ބިންމަތީ ހަމަހިލާ ނުބެޗޭނެޔޭ ނަރަކައިގެ ހޫނު ޢަޒާބަކުން. ވިސްނާލާ. ކުދިންނޭ. ދޫ އޮތީމަ ވާހަކަދެއްކިދާނެ އަމަލް ނުކުރެވެނީ. ކަލޯ މަރަކީ ވާނެއެއްޗެއް. ގަބޫލުކުރަންތަ.

    97
    1
  2. ނާޒުކު

    ބަލަ އެ ފަކީރު ހުރީ ޖަލުގައޭ. ގޭޔަށް ފޮނުވާލީމަތާ ގެޔަށް ދެވޭނީ. ތިޔާކުދިން ތިޔައުޅެނީ އެފަކީ ގެޔަށް ނުފޮނުވަން ހިފަހައްޓާގެންނު. އަރުތެރެއިން ފެންފޮދެއް ދިރެނީ އެފަކީރު ޖަލުގަ ހުރީމަވީއްޔާ.

    94
    1
  3. މަ

    ސިއްޕަެ، ހަމައިގަތަ..؟ އޭނާގޭގަ މަޑުކުރެވޭނެ ގޮތް ހަދައިދީބަލަ

    76
    1
  4. ނަންުނުވާ

    އިންތިޚާބަށް މި މީހުން ކެމްޕޭނެއް ނުކުރަމޯ. އެކަމު ޔާމީނޭ ނުކިޔާ އެއްތާކުވެސް ނުތިބެވޭ. ކުރީގަ މައުމޫނޭ ކިޔައިގެން ވޯޓް ހޯދާ އުޅުނީ. މިހާރު ވޯޓް ހޯދަން ކިޔަނީ ޔާމީނޭ. އިންތިޚާބާ ދިމާކޮށް ކެމްޕޭން ނުކުރަމޭ ބުނީމަ ތި ޕާޓީ މީހުން ތިބޭނީ ހަމަ ގަބޫލުކޮށްލައިގެން. އަމިއްލަ ބޯކާލެވޭއިރުވެސް ނޭނގޭނެ.

    79
    1
  5. ވޯކޭ

    ޔާމީނޭ ނުގޮވާ އިހަށް ބަލާބަލަ އަމިއްލަ ޕާޓީން ރަގަޅަށް ނައިބު ރައީސަކު ހޮވޭތޯ. ޖަހައިގަނެގެން އަރާހުރި މަގާމެއްގަ ތިހުރީ. އެހެން މީހުންނޭ ނުކިޔާ އަމިއްލަ މަގާމަށް ހޮވިފަ ތިހުރީ ރަގަޅަށްތޯ އިހަށް ބަލާބަލަ. ވާދަކުރި އަނެއް މީހާގެ ޝަކުވާ ބޮނޑި އެއްލާލި ޕާޓީއެއް ތިއައީ.

    74
    2
  6. ހުސޭނުބޭ

    ވެދާނެ ކަލެޔަށް އެގުނަސް އެހެން މީހުންނަށް ވެބްކެމް ނިޒާމުގައި އުޅެން ނޭގެނީކަމަށް!

    79
    1
    • އޮޅޭ

      🤣🤣🤣🤣

      27
  7. ޅލލލ

    ކަލޭ ހުރެބަލަ ގޭގަ މި އެއްޗެއް އެނގޭ މީހެއް ނަމަ ރަނގަޅު އަނގަ ތަޅަން

    73
    1
  8. Anonymous

    ރަޢީސް ޔާމީން އާ އަޅަ އިގަނެގެން ނޫޅޭތި،

    71
    1
  9. ވަކަރުގެކުއްޖާ

    ކުރީގެ ޅެމެއް އޮންނާނެ އެޅެމުގަކިޔާނީ ތަޢުލީމުނެތަމަތާކު ޒަމާނާއެކުވެގެން ތަންދާނޭ ބުއްދީގެމަގުން އެއްކިބާވެގެން މިހާރުމިފެންނަނީ އެމަންޒަރު މިސަރުކާރުގެ ކުރިޔައްތިބޭމީހުންނައް ޕޯޑިޔަމެއްލިބިއްޖެއްޔާ ބަސްމަގުހުންނާނީޢާއްމުކޮއްބޭނުންކުރާބަހުރުވަޔާދެކޮޅައް މިސާލަކައް ފެލައިލައިފި ފޭރިގަނެފި ކަޅާކޮއްލައިފި މީމިޅެމުގަބުނާބަސް ތަންދާނޭ ބުއްދީގެމަގުން އެއްކިބާވެގެން

    65
    1
  10. ވަރަށް ރަނގަޅުވާހަކައެއް

    ގޭގައި މަޑުކުރައްވަން އަވަހަށް ރައީސް ޔާމީން ޖަލުން މިނިވަން ކުރައްވާ.

    65
    1
  11. ޙައުލާ

    ހަޔާތް ކުޑަކަން. ކުނިގޮނޑު ފެންވަރުގެ މީހުން މިޒާތުގެ ވާހަކަ މިދައްކަނީ. ސިޔާސީ ހަރުގޭގަ އުޅެބޮޑެތިވެފަެިތިބި ވަކަރުގޭ ސޮރުން ގައުމުގެ ތަރައްގީގެ ބާނީ އަދި ރައްޔިތުންގެ އެއަރޕޯޓް ރައްޔިތުންނަށް ގަނެދެއްވި ރައީސްއަށް މި ފާޑުފާޑު އެއްޗެހިކިޔަނީ. ވަޅުދޮށު ކިލާފަނީގެ އަގުނެތް މީހެއް ތި ޝިޓްޕެ އަކީ.

    68
    1
  12. ބޭހޮއްކޮ

    ކަލޭ ދަރަށް ދޭ ބަލަ

    51
    1
  13. އެޖެންޑާ 19

    ޝިއްޕެ މެން ތިއުޅެނީ ޝިއްޕެމެން އަމިއްލަޔަށް ހަދައިގެން އުޅޭ ނިޒާމެއްގަ...ދެން ކީއްވެ އެހެން މީހުންނަށް އެހައްގު ނުދޭން ތިއުޅެނީ...

    46
  14. Anonymous

    ލާދީނިއްޔަތު ފަތުރަން ނޫޅެ، ތިޔަ ރީނދޫ ގެރިތައް ކޮށީގަ މަޑުކޮށްލާ. އަހަރުމެން ކާން އަޅާނަން ގަޑިން ގަޑިއަށް.

    40
    1
  15. Anonymous

    ވެބްކެމް ޖައްސަންވީތަ.

    40
    1
  16. ނައީމް

    ކުދިންނޭ ކައުންސިލްތައް އެމީހުނައް އެމްޑީޕީ އައް ނުދޭތި މީ ވަރައް ވާހަކަ

    40
  17. ކަނަމަނަ

    މިހާރުކޮންބާރެއްތަ ދެވިގެން ތިއިޅެނީ ބާރުތައްދިނީ މޮހޮނައް އޮޑިދޭހެން މަޖިލިހުން ބޭނުންވީމަ ނޯކޮންފިޑެންސް ވޯޓްނަގާފަ ބޭރުކުރާގޮތައްނިންމާފަ ދެން ބުނާނީ ހުރިހާބާރެެްދީފައޭތިޔައޮތީ ކީއްވެހޭ ތަރައްގީ ނުކުރެވެނީ އިބިލީހުބޮލުގަތާކިހާއަޅުވާފަ ޝިފާޒްމެން މިނިސްޓަރުހެދިފަ ފިނިކޮޓަރީގަ ރައްޔަތުންދޭ ޓެކުސްފައިސާއިން ބޮޑުމުސާރަ ނަގައިގެން ވަރައްސަޅި

    19
    1
  18. މިއަދު

    ސިއްޕެއަށް ދިވެހިންގެ އާދަކާދައާއި ސިޔާސަތަށް ކެއްނުކުރެވޭނެމަ ގައުމުން ބޭރުވުން މާރަނަގަޅުވަނެ

    23
  19. މިއަދު

    މިއަދު ސިއްޕެއަށް ރައިސްޔާމީނުގެ ތަރައްގީއަށް ހަޖަމުނުކުރެވޭނަމަ ރައިސްއޮފީހުން ބޭރުވުން ދިވެހިންގެ މަސްލަހަތަށް ފައިދާބޮޑުވާނެ

    25
  20. މިއަދު

    ސިއްޕެއަށް ތަރައްގީއަކީ ކޮންއެއްޗެއްކަން ނުއެގޭނަމަ މިގައުމު ރައިސްޔާމީނާއި ޙަވާލުކުރައްވާފައި ގެއަށް ވަޑައިގަންނަވާ

    30
  21. އިޤާބު

    ލަދު ހަޔާތް ކޕބާ

  22. ސިއްޕެ

    އުޅެން ނޭގެންޏާ އަތޮޅުވެހި ގޮޅީގައި މަޑުކޮށްލައިގެން އޮތުން ވަރަށް ރަނގަޅުވާނެ

  23. ހަސީބް

    ތި ޝިއްޕެ ކަހަލަ ފެނަވަރުނެތް އަނގަޗަރާޑިން ޤައުމުގެ ދޭވާނީންނާއި ހަނދޭގިރީން ފެންވަރުގެ މަޤާމުތަކަށް ލީމާ ވާނެގޮތް ވަމުން މިދަނީއެވެ. ކަމުދާ ކަހަލަ ޚިޔާލެއް މަޝްވަރާއެއް ރައީސް ޞާލިހަކަށް އަރުވަން ނޭނގޭތާ ތިމާގެ އަމިއްލަ ކަންކަން ރަގަޅުކުރާކަށްވެސް ނޭނގެއެވެ. ލަދު ނުގަންނަންޏާ އަނގަގަނޑު ފެތުރުދާނެއެވެ. ކަމެއް ރަގަޅުކުރަން ރައީސް ޞާލިޙާއި އެކު މަސައްކަތް ކުރާނެ މީހަކު ނެތެވެ. އެއްކޮޅުން ރައީސް ޞާލިޙަށް އުނދަގޫވާނެ ހުރިހާ ވާހަކައެއް ފަތުރަމުން ދުވާއިރު އަނެއްކޮޅުން މިކަހަލަ ގަމާރުން ތަންމިނަށް އަނގަފުޅާކޮށްފައި ދުވެ ނަގަނީއެވެ. ހުރިހާ ފިކުރެއްބޮޑުވަނީ ނުހަނު މަޑުމައިތިރި ހިތްތިރި ރައީސް ޞާލިޙަށެވެ.

  24. Anonymous

    ޝިޓްޕެ އިސްކޮޅަށްވުރެ ބޮޑެތި ވާހަކަނުދައްކާ. ތިމީހާގެ ވެލިއުއަކީ ފައިވާން ދަށުގައި ހޭކޭ ނަޖިހުގައި ހުންނަ އަގު. މިމީސްމީހުން ލަދެއް ހަޔާތެއްހުރިނަމަ މުޖުތަމަޢުގައި އުޅެންވެސް ނުކެރޭނެ.