އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލި ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރުގެ ކޮމިޝަނުން ނެރުނު ރިޕޯޓަށް ބަހުސްކުރަން, ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންނެވި ކަމަށާ އެ ފުރުސަތު ދީފައި ނުވާކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ކިނބިދު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

"ސީއެންއެމް" ގެ ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުން ރިޔާޒް ވަނީ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓާއި މެދު ހިތްހަމަ ނުޖެހޭކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ރިޕޯޓް އޮތީ ރަނގަޅަށް ކަމަށް ޤަބޫލުކުރައްވާތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ރިޕޯޓާއި މެދު ސުވާލުކުރަން ބޭނުންވެވަޑައިގެންނެވި ކަމަށެވެ. ރިޔާޒްވަނީ މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއަކަށް ވުމުން އެ ފުރުސަތު ނުލިބުނީކަމަށް ސިފަކުރައްވާފައެވެ.

ޑރ.އަފްރާޝީމްގެ މަރުގެ މައުލޫމާތު "ވަގުތު ޖެހުމުން ހާމަކުރާނަން" ކަމަށް ރިޔާޒް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އެކަމާއި ގުޅޭގޮތުން ރޭ ސުވާލުކުރުމުން މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރުވެ އެ މައްސަލައިގައި އެނގި ހުރި މައުލޫމާތު ވަރަށް ތަފްސީލްކޮށް ކިޔާދީފައިވާނެކަން އޭނާ ވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުން އެކުލަވާލި ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓް ބަލައި ނުގަންނަކަން އަފްރާޝީމްގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް، މަރުތަކާއި ބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިރާސާ ކުރުމަށް މަޖިލީހުން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓްގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅާއެ ރިޕޯޓާއި މެދު ބަހުސްކުރި އިރު ރިޕޯޓްގައި ފުރިހަމަ ނުވާ މައުލޫމާތު ހުރި ކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި ރިޕޯޓުން މައްސަލައިގެ ހަގީގަތް ނޭނގޭ ކަމަށާ އިންސާފު ނުލިބޭ ކަމަށް ބައެއް މެމްބަރުން ވަކާލާތުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    މިކަލޭގެ ތެދުހަދާ މިކަން ހާމަކުރާނީ ކޮންދުވަހަކުންބާ!

    21
  2. ބަރުގޮނު

    މިކޮމިޝަން އުފެއްދީވެސް ތަޙްޤީޤުގައި ޙުމާމު ދީފައިވާ ބަޔާނުގައި އެމް.ޑީ.ޕީއާ ދިމަޔަށް އިގިލި ދިއްކުރެވޭ ތަންކޮޅެއް އިންނާތީ އެއިގިލި ތިރިކޮށްލުމަށް.

    19
    1
  3. ކާފަބޭ2020

    ރިޔާޒްސަރއެެ ވެ. ފުރަތަމަކަމަށް އެފްބީއައިމީހުން ރިޕޯޓުހާމަކުރުމުގެކުރިންފުރު ވާލީ ކޮންޕްރެސަރެއް އައިސްގެންތޯސާފުކޮށްދެއް ވަން ވީނޫންތޯ؟ އިންތިޚާބެއްކައިރި ވާއިރަށް އެމަރްޙޫމުންގެނަން ސިޔާސީހަތިޔާރަކަށްތިޔަހައްދަ ވަނީ މަޙްޝަރުދު ވަސް އަންނާނެކަން މިހާރުތިޔަހުންނެ ވިހިސާބުން ޤަބޫލު ނުކުރަށް ވަނީތޯ؟ ހަމަހިލާއެހެންނަކުންނު ވާނެކަން ހަދާންކުރަށް ވާ!!!!

    10
  4. މުހަންމަދުﷲ

    މީނާ މިކަން ރަގަޅަށް ތަހުގީގު ކުރިނަމަ ތި ސޫދަކާ ހަމައަކަށް ނުދިޔައީސް

    11
  5. ޏަނާ

    ތިކަން އިގެޭއިރު ކީވެ ކުރީގަ ހާމަ ނުކުރީ