ގދ. ތިނަދޫގައި ކުދި މަސް ނަގަން ޑައިވިންގއަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، ތިނަދޫ އުތުރު ފަރާތުން ކުނިކޮށްޓާއި ދިމާލަށް ފަރު ބޭރަށް ޑައިވިންގއަށް ދިޔަ މީހަކު ނިޔާވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ އެރަށު އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 14:12 ހާއިރު ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
އިންނާ ލިއްލާޙި ވައިންނާ އިލައިހި ރާޖިޢޫން. ހިތާމައިގެ ކޮޅެއްވެސްނެތް. ޑައިވިން މަރު މޫސުމް އައީ .މަރުވެދިޔަ ފުރާނައަށް ރަހުމަތް ލައްވާ ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށި.
ނިޔާވީ ކާކުކަން ބުނެދީ ފާނަން ތަ؟