އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދާއިމީ ކޮމެޓީއެއްގެ ގޮތުގައި "ވިސިލް ބްލޯކުރުމާ ބެހޭ ކޮމެޓީ" މިއަދު އުފައްދަވައިފިއެވެ.

މި ކޮމިޓީއަކީ ވިސިލް ބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކޮމިޓީކަން ފާހަގަކޮށްލެވެއެވެ.

މި ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ޑިރެކްޓަރ، ލީގަލް އެފެއާޒު، އަލްއުސްތާޛާ ފާޠިމަތު ސައުސަނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަލްފާޟިލާ މަރްޔަމް އިބްރާހީމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަލްފާޟިލް ޝައްފާން ޤާސިމެވެ.

ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ޑިރެކްޓަރ، ލީގަލް އެފެއާޒު، އަލްއުސްތާޛާ ފާޠިމަތުސައުސަންއެވެ.