މާލޭގެ ގެސްޓުހައުސް އަކަށް އުމުރުން ދުވަސްވީ މީހަކު ވެއްދުމަށްފަހު ފޭރިގެންފިއެވެ.

މިފަދަ މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިފައިވާކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައި ވާއިރު ފުލުހުން ވިދާޅުވެފައި ވަނީ މިއަދު މެންދު 13:45 ހާއިރު މާލޭގެ ގެސްޓުހައުސް އަކަށް އުމުރުން ދުވަސްވީ މީހަކު ވައްދައި 4000 ރުފިޔާ ފޭރިގަތް މައްސަލަ އެއް ބަލަމުން ގެންދާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކާއި 41 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށް، ބަލައި ފާސް ކުރުމުގެ ތެރޭގައި ފޭރިގަތްފައިވާ ކަމަށް ބެލެވޭ 4000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ފިރިހެން މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއްވެސް ފެނިފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި އަނެއްކާވެސް ވަނީ ފޭރުމުގެ މައްސަލަތައް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ުާހިތާމަ

    ހުރިހަލާކެއްގެ ބޮޑުކަމާއޭ ޔާﷲ ވައްކަމާ ފޭރުމާއި ކަތިލާ މަރާމީ ހުންގެ ވަކިތަކުން އުމުރުން ދުވަސް ވީ މީހުން އެންމެހާ މީސްތަކުން ހިމަޔަތްކޮށް ރަށްކާތެރި ކޮށްދެއްވާށި އާމީން

    17
  2. ޖާބެ

    ކޮބާ ފޭރުނު 02 މީހުން އެމީހުންގެ ފޮޓޯ ފުޅެއް ނުފެންނާނެތަ؟އެއިރުންތާ އެހެން މީހުންނަށްވެސް އެއީ ފޭރޭ ބަޔެއްކަން އިނގޭނީ.ކަންކަން ހައްލު ނުވެގެން އުޅެނީ އެކަހަލަ ކަންތައް ސިއްރު ކުރަން އުޅޭތީ.