ކުޑަކުދިންގެ ޖިންސީ އަނިޔާއާއަށް ހުށަހެޅޭ ފަދަ ހައިރިސްކު އާއިލާއެއް ހުރެއްޖެނަމަ، ދެ ދުވަސް ތެރޭގައި އެ އާއިލާއަކީ ކޮބައިކަން ބަލައި، މޮނިޓަރ ކުރުމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފަށް އެންގުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރަމުން ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީން މިއަދު އެ މައްސަލާގައި ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު ކޮމިޓީއިން ނިންމާފައި އިތުރު ކަންކަމުގެ ތެރޭގައި، ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން ރަނގަޅަށް ބޭނުން ކުރަން ފަށައި އެ ޑޭޓާބޭސް ބޭނުންކުރަން ފަށަން މުއައްސަސާތަކަށް މަސް ދުވަސް ދިނުމާއި، މިހާރު ހުރި ޑޭޓާތައް ބޭނުންކޮށްގެން ހަތް ދުވަސް ތެރޭގައި ހައި ރިސްކު އާއިލާތައް މޮނިޓާ ކުރަން ފެށުމާއި، ކޯޓުތަކަށް ހުށައެޅޭ ކުޑަކުދިންނާ ގުޅިންހުރި މައްސަލަތައް ނިންމުމަށް ވަކި މުހުލަތެއް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް އެއީ ކުރެވިދާނެކަމެއްނަމަ ނުވަތަ އެކަން ކުރަންޖެހެނީ ޤާނޫނަކުންކަމުގައިވާނަމަ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙެއް ގެނައުމާއި، ރަށްރަށުގެ އެކިއެކި އިދާރާތަކުގެ އެހީގައިނަމަވެސް ނުރައްކަލަށް ހުށައެޅިފައިވާ ނުވަތަ ހައިރިސްކް ފެމެލީތައް ދެނެގަތުމަށްފަހު އެފަދަ އާއިލާތައް ދެނެގަނެ އާއިލާތަކުގެ ކަންކަން ހުރިގޮތް ދެނެގަތުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންނަށް ޖިންސީގޯނާކުރިކަން ސާބިތުވެފައިވާ މީހުންގެ ދޫވެއިތިބިތިބުން ރިވިއުކޮށް އެމީހުންގެ ކަންކަންވެސް ބަލައި މޮނިޓަރުމަށް އެންގުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު މީޑީއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ އުމުރުން 2 އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރެއްވުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ގޮތެއް ނިންމަވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށެވެ. އަދި އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ށޮރީ

    ތީވާނެކަމެނޫން އަޅު ގަޑު އެތަ ފަހަރަކު ގދ. ތިނަދޫ ގަގގގ ޙުންނަޖެންޑާއަށް ކުޑަކުޖެ ގެ ގެވެށި އަނިޔާ ގެ މަސަލަައެ ގަ ދިޔާން ލިބުނުޖަވާބަކީ ތީއާލީ މަސަލަައެކޭ ތިމަންނަމެން ކޮންކަމެތޯ ކޮދޭނީ ، މިމަސަލާ ގެ ގދ ތިނަދޫ ޕޮލިސް ޓޭސަނުން ބުނީ ތިޔަ އަޅު ގަޑު ކުޑަަައިރުން ފެށި ގެން ދަންނަ ފެމެލީއަކޭ ތިމަސަލަ މިތަނަކަށް ހުސަނޭޅޭ ނަޔޭ
    މިކަންތަ ތަޖުރިބާކޮފަ ހުރި މީހެށް އަޅު ގަޑަކީ ދެންކީކޭ މިކިޔަނީ މިކޮމެންޓު ފެނިޖެއިޔާ ޕޮލިހުންނަވެސް ޖެންޑާ އައް ވެސް އެ ގޭނެ މީކާކުކަން މިކަމަ މުޅި ތިނަދޫ ހެކި ވާނެ މިމަސަލާ ގެ ކުޑަކު ޖާ ގެ އިތުރުން 65 އަހަރު ގެ މީހަކަ އަނިޔާލިބުނު ކޮބާ ގެވެށި އަނިޔާ ގެ ގާނޫނު ކޮންބަޔަކަ މިކަން އެ ގެނީ

    15
  2. ށޮރީ

    ޢަޅު ގަޑު ގަބޫލު ނުކުރަން ޖެންޑާ އަކީ ތިބާވަތު ގެ މަސަލަ ތަކަށް ސަމާލުކަންދޭ ބަޔަކަމަށް މިހެންމިބުނީ އަޅުޑު ގެވެށި އަނިޔާ ގެ މަސަލަ ތަކެއް ގަ ދިޔާން ގދ ތިނަދޫ ގަހުންނަ ޖެންޑާ އައް ލިބުނު އިންސާފަކީ މިތަނުން ތިމަސަލަޔަ ކޮން ކަމެތޯކޮދޭނީ މިތަނަކުން ތިމަސަލަ ނުބެލޭނެޔޯ ދެން މަސަލަ ހުސައަޅަން ދިޔަ އީ ގދ ޕޮލިސްޓޭ ސަނަށް ޕޮލިސް އޮފިސަރު ބުނީ ތިމަސަލާ ގެ ގޮތަ ނިމާނީ އާއިލާ އިން ނޭ ތީއަޅު ގަޑު ގެ ކުޑައިރު ރަޓެހިން ނޭ މިތަނަކުން ތިމަސަލަ ނުބެލޭނެ މީތިނަދޫ ގެ ގިނަ ބަޔަކަ އެ ގޭ ހަ ގީ ގަތެ
    މިމަސަލަ އަކީ މިހާރުވެސް ދިރި އޮމަސަލަ އެށް

  3. އައިސާ

    ތިޖެންޑާ އަށް މައްސަލަ ހުށަހެރިޔަސް ވާކަމެއް ހަރާން . މިހާރު މައްސަލަ ހުށަހެޅިތާ 2 އަހަރަށްވުރެ ގިނަދުވަސްވީ . އެމީހާ އެއް ހައްޔަރެއް ނުކުރޭ . އިރުކޮޅަކާ ބަޔާން ނަގަން ގެންދޭ. މީ ބޮޑުވަރު.

    10
  4. އަލީ

    ދެދުވަހޭ.. ސާބަސް.. ދެދައުރުދިނަކަސް ތިކަމެއްނުވާނެ.. އަންނަ ދައުރުގަ ޔާމީނު ތިމައްސަލަތައް ބަލައިދޭނެ... ޝިދާތާ ހުރޭ ކައިގެން ހެވި ދިއްލިފަ..

    12
    1
  5. ބިރަކާ ނުލާ މަޖާ ކުރުމުގެ ނާގާބިލު ސަރުކާރު

    މި ސަރުކާރު ހާއްސަކޮށް ތި ބެޑުޝީޓު ދައިތާ ގަނޑު ހުންނަހާ ހިނދަކު ތިކަން ވާނެހެނެއް ހިޔެއް ނުވޭ. ކައިކައިގެން ގޮސް ބަނޑަށް އަޅާ ބަނޑު ފުއްޕާގެން ގޮސް ފަޅައިގެން ދިޔުން ނޫން ގޮތެއް ނޯންނާނެ. ދެން ބިރަކާ ނުލާ އުޅެވޭތޯ އެބަލަނީ ގެރިސްތާނާ ލޮލާ ލޯ ހަމަ ކޮށްގެން ހުރިހާ ރައްޔިތުންނާ ޅަދަރިން ހަނާ ކޮށްގެން.

  6. ޢަޒީ

    ގދ.ތިނަދު ޖެންޑާއަކީ ނަމެއްގަ ހުންނަ ތަނެއް. ކުދިންގެ އަބުރުކަތިލިޔަސް ހަމަ ހެވިފަތިބެނީ.. . އެއްކަމެއްވެސް ކުރާބައެއް ނޫން.

    4
    1
  7. ޕްލީޒް ހެލްޕް!!!

    ނިމުނު ޑިސެމްބަރގަ ތި ޖެންޑަރ އާ ޕޮލިހަށް ތަކުރާރުކޮށް ހިނގަ ހިނގާ އެހީއެއްވެދެތޯ ބަލަން ކިތައް ޕޭރެންޓްސް ގޮސް އައިސް މަޔޫސީގަ ދަރިން ކޮންޓްރޯލް ނުވެގެން މިއުޅެނީ.ހެލްޕް ދެމް.ޕްލީޒް. ޕލޒ

    5
    1
  8. ކަނަމަނަ

    މިހާރުމިހިގާެެއްވެސްކަމެއް ރަގަޅުނުކުރެވޭނެ މަޖިލިސްރައީސުގެ ނުފޫޒް މިނިވަންމުއައްސަސާއައް އޮތްހާހިދަކު އަޅުގަޑުހިތައްއަރާ ރިޔާސީނިޒާމެެްގަ ރައީސުލް ޖުމުހޫރިއްޔާއައް ހުއްނަމީހެއްގެ ދައުރަކީކޮބާބާވައެވެ މިހުރިހާކަންތަކެެއްމިގޮތައްހިގާއިރު އެއްމެންބަލަހައްޓައިގެން ހެވިފަ

    2
    1
  9. ދިވެހިމިީހަާ

    އަޅު ގަނޑު މެންނަކީ މުސްލިމުންނެވެ މުސްލިމުންނަށް ވީތީ ދަރިންނަށް ހެޔޮ ރަގަޅު ތަރުބިއްޔަތު ދެއްވާށެވެ އިންސާނުންދެކެ ލޯބިވާން ދަސްކޮށްދެއްވާށެވެ. އިހްސާންތެރިވާން ދަސްކޮށްދެއްވާށެވެ ފިރިހެންދަރިން ނަކީ މުރުއްވަތްތެރި ގަޓް ހުރި ބަޔަކަށް ހަދައިގެންނޫނީ ގައުމު ސަލާމަތެއްނުކުރެވޭނެއެވެގައުމު މިހިސާބަށް ދިއުމުގައި ސަރު ކާރުތަކާ ތައުލީމީ ދާއިރާ އާއި އާންމުންގެ އިހުމާލު އިންތިހާޔަށް ބޮޑެވެ މަންމަ ފަހުރްވެރިވި ދަރިފުޅު ސްކޫލްގައި ''އޭ ''ސްޓާރ ހޯދާ ޓީޗަރުންގެ ލޯތްބާއެކު ޑިސިޕްލިން ޕްރައިޒް ހޯދައިގެން ސްކޫލް ނިމިގެން ނިކުމެ މަސްތުވާ ތަކެއްޗަށް ދެވި ހިފާ ތުއްތު ކުދިންނަށް ގޯނާކުރަން ނިކުތީމާ އެވީ ކޯޗަކަށްތޯއެވެ ދެވުނު ތަރުބިއްޔަތާ ދިން ތައުލީމާ ދޭތެރޭ ސުވާލު ނުއުފެދޭ ތޯއެވެ ގަބޫލު ނުކުރިޔަސް މީ މިއަދު ގައުމުގެ ހާލެވެ ޒުވާނުން ވެއްޓިފައިވާ ފުން އަދަވަޅެވެ ވިސްނާ ލާށެވެ