ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު އިދިކޮޅު ޕީޕީއެމްއިން އެއްވެސް އެހެން ޕާޓީއަކާއި ކޯލިޝަން ނަހަދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ޕާޓީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީޕީއެމްގެ ކެނޑިޑޭޓުން ނުކުންނާނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށެވެ.

ހީނާ ވިދާޅުވީ، އެ ޕާޓީން މީގެ ކުރިންވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާނީ އެއްވެސް ޕާޓީއަކާއި މިފަހަރުގެ އިންތިހާބުގައި ޕީޕީއެމްއިން ކޯލިޝަން ނަހަދާނެ ކަން އަންގާފައި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓުން ނުކުންނާނީ އެ ޕާޓީގެ ނަމުގައި ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެނޑިޑޭޓުން ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ނުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"މިފަހަރު ޕީޕީއެމްގެ ކެނޑިޑޭޓުން މި ނުކުންނަނީ ޕީޕީއެމްގެ ނަމުގަ. އެހެން އެއްވެސް ޕާޓީއަކާއި ކޯލިޝަނެއް ނަހަދާނެ. އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެނޑިޑޭޓުންނަކީ ވެސް ޕީޕީއެމްގެ ކެނޑިޑޭޓުންނެއް ނޫން. ޕީޕީއެމް ޓިކެޓުގައި ޕީޕީއެމް ކެނޑިޑޭޓުން ނުކުންނާނީ" ހީނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންން އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ތައްޔާރު ވަމުން އަންނަ އިރު، ޕީޕީއެމްއިން އެޕާޓީގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް ހަމަ ޖައްސާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބްރޯ

    ތިޔައީ ރަނގަޅު ވިސްނުމެއްނޫން އެކަނި ކުރިމަތިލައިގެން ކައުންސިލް ހުރިހާ ގޮނޑިއެއް އެމްޑީޕީ އަށް ދޭން ވިސްނަނީތަ؟ރިޔާސީ އިންތިހާބު ދިޔައީވެސް އެކަނި ހުރިހާސިޔާސިފަރާތްތަކަ ދެކޮލަށް ނުކުތީމަ .އެކަމުގެ ސަބަބުން މިހާރު ގައުމަށް މިލިބުނީ ކިހަބޮޑު ނިކަމެތިކަމެއް . އަނެއްކާ އަނެއް ނިކަމެތިކަން ދޭން ވިސްނަނީތަ ؟

    4
    11
    • އަންނި

      މާ ބޮޑައް ތި އެ ގުނީ
      މަޖުލިސް ނާކާމިޔާބު ވީ ޖޭޕީ އާ
      ކޯލިސަން ހަދައި ގެން

      12
      1
  2. ޢަބްދުﷲ

    ކަލޭމެން ދޮގުވާހަކަ ނުދައްކާ... މިހާރުވެސް ފ.ފީއަލީގައި ޕީޕީއެމް އާއި ޖޭޕީ ކޯލިސަން ހަދައިގެން މިހިނގާ ޖެނުއަރީ މަހުގައި ޕީޕީއެމް ޕްރައިމަރީ ބާއްވައިފި....

    2
    3
  3. Anonymous

    އެއްގޮތަކަށް ވެސް ގުޅޭނެ ކަމެއް ނެތް. ލާދީނީ ރިޕޯޓެއް ނެރުނީމަވެސް ޕޕ މީހުންނަށް ނޫނީ އެނގުނު ބަޔަކުނެތް. އިރާދަ ކުރެއްއްއްޔާ ހުރިހާ ގޮނޑިއެއް ބޮޑުތަނުން.

    6
    1