މީގެ 7 އަހަރު ކުރިން، ވިޔަފާރީގެ ބޭނުމަށް އަތުގައި މަސްތުވާތަކެތި ބެހެއްޓުމުގެ ކުށް ގދ. ނަޑެއްލާ އިބްރާހިމް ނާފިޒު (ޗިކާ) ގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި، ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލައި ހުކުމް ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސޫއޫދެއެވެ.

އޭނާގެ މައްޗަށް ވިޔަފާރީގެ ބޭނުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ދައުވާ އުފުލާފައިވަނީ 2008 ވަނަ އަހަރުއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ފުލުހުން އޭނާ ދިރިއުޅޭ މ. ހެޕީކޯނާގެ ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި މަތީގައި އޮތް ސިޓީ އުރައަކުން މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގައި 22 މާރޗް 2008 ގައެވެ.

އޭނާގެ ކޮޓަރިން ފެނިފައިވާ ސިޓީ އުރައިން އޭނާގެ ފިންގާ ޕްރިންޓް ފެނިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި ހައިކޯޓުން ކޮށްފައިވާ ހުކުމް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިއަދުއެވެ.

އޭނާގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އޭނާ ދިރިއުޅުމުން އަންނަ ކޮޓަރިން މަސްތުވާތަކެތި ފެނުނު ނަމަވެސް މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބަހެއްޓުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ތަފާތެއް ނެތް ފުރިހަމަ ހެއްކާއި ހަރުދަނާ ގަރީނާ ލިބިފައި ނުވާތީ، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

އެ ކޯޓުން އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ނިންމާފައިވަނީ މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ ހަށިގަނޑުން ކަމަށް ނުވާތީ އާއި، އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ނުވާތީއާއި، އޭނާގެ މަސްތުވާތަކެތީގެ ރެކޯޑެއް ނުތުމާއި، ކޮޓަރިން ފެނުނު މަސްތުވާތަކެތި ތަހުލީލުކުރި އިރު އޭނާގެ ފިންްގަޕްރިންޓް ނަގާފައި ނުވާތީއާއި ނާފިޒުގެ ކޮޓަރިން ސިޓީއުރަ ފެނުނު ތިން މީހުންނަށް އެ ސިޓީއުރަ އޮތް ނެތްގޮތަ ފަތާތެއް ނެތި ބުނެދެވިފައި ނުވާތީއެވެ.

މި ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދު ކޮށްފައެވެ. އެގޮތުން ހައިކޯޓުން ފާހަގަކޮށްފައިވަނީ މަސްތުވާތަކެތި ފެނިފައި ވަނީ ނާފިޒްގެ ހަށިގަނޑުން ނުވަތަ އޭނާ ބަންދުކޮށްގެން ގެންގުޅޭ ފޮށި، އަލަމާރި އަދި ވަތްގަނޑަކުން ކަމަށް ނުވާއިރު، އަދި އެ ކޮޓަރިއަކީ އޭނާގެ ރައްޓެހިން ވެސް ވަދެ ނުކެމެ ހަދާތަކަށް ވާއިރު، އަލަމާރިމަތީގައި ސިޓީއުރަ ބޭއްވުމަކީ އެހެން މީހަކުވެސް ކޮށްފާނެ ކަމެއް ކަމަށެވެ.

ފުލުހުން އޭނާގެ ކޮޓަރިން ނަގާފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "އޯޕިއޭޓްސް" ގެ ބަރުދަނުގައި ޖުމްލަ 56.8003 ގްރާމް ހުއްޓެވެ. އެ މަސްތުވާތަކެއްޗާއި ރ. މަޑުއްވަރީ މުޝްތަރީގޭ ހަސަން ސޮބާހު ވަނީ ހަވާލުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އާދަނު

    ތިގޮޅާ ދަންނަ މީހަކަށްވިއްޔާ އެގޭނެ ތީ މުޖުރިމެއްކަން. ސަދޫމް ހުކުމް

    72
    1
  2. ހުސޭނުބޭ

    ރެޑް ބެލޫން ފަނޑިޔާރުންގެ އިންސާފު ތިހެރަ ފެންނަނީ! ރޯމާ ދުވާލު ހިފިޔަސް ސާބިތެއްނުވާނެ!

    69
    1
  3. މަސީހު

    އަޑުއިވޭގގޮތުގަ ހުޅުމާލެއިން ބިންގަނެވަރައްބޮޑު މުއްސަންޖަކައްވެއްޖެ .

    25
  4. Anonymous

    އަނ ގަ ކަހެރުވަކެއްހެން ހަދައި ގެން، ޖައްބާރު މީހެއް.

    27
  5. އަންދާގާނޫނު

    ބެލިންތަ އަންދާގާނޫނު އެޔެކޭ މިގައުމުގަ ވެރިކަން މިހިންގާ ގޮތެކޭ ހަމަހަމަ

    33
  6. ޙިމްނާ

    ޢިސްޕްރީމް ކޯޓު ބެންޗަށް ބަލާލީމަ އިނގޭ ސާބިތު ނުވާނެކަން

    31
  7. މަހުދީ

    އަންދާ ޤާނޫނު. ޤިމާޔަމަތް ދުވަހުން 3 ކޯޓުގެ އިސްމީހުންނަށް ވެސް ހުކުމްކުރެވޭނެ؟ ﷲގެ ކޯފާއަށް ބިރުވެތިވޭ.....

    36
  8. ޑުޓާޓެ

    ފަނޑިޔާރުގެ މިނިވަންކޮށް ހުސްނުއް ސުއޫދަށް ހަވާލުކޮއްފި. ޗިކާ ނަޝީދު ޕާޓީ އާއި ގުޅި އޭނާ އާއި އެކު ސެލްފީ ނެގީމާ ކުއްވެރި ވާނެ ގޮތެއް ނުވިސްނުނު! ދެރައީ ފުލުހުން ވެސް ބޮޑު ހަރަދެއް ކޮށްގެން ޗިކާ ކޮޓަރިން ބޭކާރު އެއްޗެއް ހޯދުން

    28
  9. ކެނެރީ

    ސުއޫދުގެ ދިގުއަތާ ކުރުއަތް ތިއޮތީ ފޯރާފައި ވާވާ ސުއޫދޫ

    26
  10. Anonymous

    ސާބިތެއް ނުވާނެ. ޢެމް ޑީ ޕީ އައް ނިސްބަތްވާ އެކަކައްވެސް ސާބިތެއް ނުވާނެ. ކޯޓުތައްބމިނިވަން ކޮއްފަޔޯ. އަޅުވެތިކުރީ

    31
  11. ކަޅުސޮރު

    ފޮޓޯއިން ތިޔަފެންނަ ދެމީހުންނަކީވެސް ފަނާ ކުރުވަނިވި ހަރުކަށި ފިކުރުގެ މީހުން. ސާބިތު ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ވިސްނޭނީ ހަމަ ވިސްނާ ބަޔަކަށް.

    15
    1
  12. Anonymous

    މަސްތުވާތަކެއްޗަކީ ހުރިހާ ނުބައިކަމެއްގެ މަންމަ.
    މިކަން މިއަދު މިޤައުމުން ވެސް މިއޮތީ ހާމަވެ ފެންނަށް. ލާދީނީ ނަޝީދު މެން ކައިރިކޮށްގެން މިއުޅެނީ މުޅިންވެސް މިފަދަ އެއްޗެއްސާއި ގުޅުން އޮންނަ މީހުން.. ވެރިކަމަށް އެރިއްސުރެ ޤައުމަށް ދިމާވާ ކަންކަން ހަނދާން ކޮށްބަލަ. މީހަކަށް ނޫނީ ޅަދަރިއަކަށް ކަމެއް ނުވާ އެންމެ ދުވަހެއްވެސް އައިސްފިތަ.ޙާދިޘާތައް އިންތިހާ ހިތާމަވެރި. ބަލިމަޑުކަން ޢާއްމުވި. ހުރިހާ ގޮތަކުންވެސް ސަރުކާރު ފެއިލްވީ. އިސްތިއުފާދެއްވާ. ސޯލިޙްގެވެރި ކަމުގައިވާ ދިވެހިންނަށް އުފާވެރިކަމެއް ނެތް. ނުވިތާކަށް މާތްވެގެންވާ އިސްލާމް ދީން ވެސް ޙިމާޔަތް ނުކުރެވޭ ދަރަޖައަށް ސޯލިޙް ކަން ދުޢާދެއްވާފަ ހުރިވަރުން.

    12
  13. ބެއްޔާ

    މިހެންވެ އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތް ބެންޗެއް ސްޕްރީމްކޯޓުގަ އެއޮތީ. ތީ ނަޝީދުގެ ޕާޓޭން. ނަންވާނީ ޔާމީން. ޔާމީނުވަރުގެ ހެޔޮ ވެރިކަމެއް ރައްޔިތުންދެކެ ލޯބިވީ ވެރިއެއް އަދި މިގައުމެއް ނުދެކޭ. މައުމޫނު ނަޝީދުމެން ހަމަޖޭވާނީ. މައުމޫނަކީ ނަޝީދަށްވުރެވެސް ނުބައި މީހެއް.

    11
  14. ޅޮސް

    އަދިކިރިޔާ ރާއްޖޭޭގެ ކޯޓުތަކުން އިންސާފުލިބެނީ! އެކުދިން ބުނާގޮތުން.

  15. ޖިންނި

    ހެޔޮ ވެރިކަން ހެޔޮ ޖުޑިޝަރީ ގެނައްސަ މިއޮތީ ލާދީނީ މުރުތައްދު ސަރުކާރު

  16. ކުޑަތުއްތުއާދަނު

    ﷲ އަށް ބިރުވެތިވޭ ދިވެހިންނޭ... ޑްރަގުގެ ބޮޑުން ކެނެރީގޭގެ ހިޔަލުގައި ސަލާމަތްކަން ހޯދަނީ

  17. ކޮމެންޓްކުރާމީހާ

    ތިޔަ ވީގޮތް ފޮޓޯއިން ވަރަށް ސާފުކޮށް ތިއޮތީ އެނގެން ދޯ

  18. ވީޕީއެން

    އޭނާއަށް ވީމަ ހާދަ އުޒުރެކޭ
    އެހެންވިއްޔާ މަ ޖީބަށް މަގުމަތިން ދާ މީހަކުވެއް އެއްޗެއް ލާފަ އޮވެދާނެއެއްނު

  19. މުއްލާ

    އަހަރެން ބޮޑުބޭބެ ކިިޔާމީހަކު މަސްތުވާ ނުވިއްކާނެ! ބޮޑުބެ އަކީ ސޯލިހް މީހެއް! ާ