ރ. މަޑުއްވަރީގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފަށަން ތައްޔާރުވެފައިވާތާ މިހާރު ހަތަރު މަސް ދުވަސް ވެފައިވާކަމަށާއި، އެހެން ނަމަވެސް އަދިވެސް މަސައްކަތް ފެށިފައި ނުވުމުން އެރަށުގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފިއެވެ.

"ވަގުތު" އަށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ބަނދަރުގެ މަސައްކަތް އަދިވެސް ފެށިފައި ނުވުމަކީ އެރަށުގެ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމެކެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މީގެ ތިން މަހެއްހާ ދުވަސް ކުރިން މަޝްރޫ ހިންގުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހެވީ ވެހިކަލް ތަކެއް މަޑުއްވަރީ އަށް އަރުވައިފައެވެ. އެހެން ނަމަވެސް މަސައްކަތް ނުފަށައި ތިބެފައި މިދިޔަ ހަފްތާ ތެރޭގައި ބަނދަރު ކޮންނަން ފެށި ނަމަވެސް މަސައްކަތް ފެށިތަނާ އެކު އެކްސްކޮވޭޓަރުގެ ދަތްގަނޑު ބިންދައިގެން ގޮސްފައިވާކަން އެފަރާތްތަކުން ފާހަގަކުރިއެވެ.

އަދި މިކަންކަމުގެ ސަބަބުން ހައްތަހާވެސް މަސައްކަތްތައް ދާނީ ލަސްވަމުން ކަމަށާއި މިހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް އެކަމުން ވަމުން އަންނަ ފަސޭހަ އަށްވުރެ ދަތި އުނދަގޫ އިތުރުވާނެ ކަމެއް ކަމަށް އެމީހުން ވަނީ ބުނެފައެެވެ.

އަދި އެކްސްކޮވޭޓަރު ހަލާކުވުމާއި އެކު ދެން އަލުން އެކްސްކޮވޭޓަރެއް ގެނެސް މަސައްކަތްކުުރުމަށް ފަށާނެ ވަކި ތާރީހެއް ކައުންސިލުން އިއުލާންކޮށްފައި ނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ޔަގީންކަމެއް ނެތް މި މަސައްކަތް އަވަހަށް ފަށާނެ ކަމުގެ. ހަމަ ހީވާ ގޮތުގައި މި މަސައްކަތަކީވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަޅުވާލާ އަނދުނެއް. މިއީ ރައީސް ވެރިކަމަށް އެރާތާ އެއް މަސްދުވަހުގެ ތެރޭގައި ފައްޓަވާނެ ކަަމަށް ވިދާޅުވި މަސައްކަތެއް، އެކަމު އަދިވެސް މިދަނީ ހަމަ ދިގުދެމިގެން" "ވަގުތު" އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

މަޑުއްވަރީ ދެކުނު ފަރާތުގައި އަލަށް ހަދާ ބަނދަރު ހެދުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުއަށް ޖުމްލަ 6.8 މިލިއަން ރުފިޔާ ޙަރަދު ވެގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 411 މީޓަރ ގެ ބޮޑުހިލަގެ ބޭރުތޮށްޓެއް ހެދުމާއި 135 މީޓަރުގެ ރިވެޓްމަންޓް ހެދުމާއި 566 މީޓަރުގެ އެއްްގަމު ތޮށި ހެދުން ހިމެނެއެވެ.

އަދި އިތުރުން އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުމާއި ދެ ނެރުބައްތި ޖެހުމުގެ އިތުރުން 29 ބަނދަރު ބައްތި ޖެހުމާއި 14 މޫރިން ބްލޮކްސް ޖެހުން ހިމެނެއެވެ.

މަޑުއްވަރީ ބަނދަރުގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މި މައްސަލައަށް ދާޢިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަންތިމޭރީި

    އިންތިހާބު ނިމެންދެން އެ ދަތްގަނޑު އޮންނީނީ ބިނދިފަ ހަހަހަހަހަހަހަ

  2. ސަޓޯ

    މަސައްކަތް ދެން ފެށީނީ ރިޔާސީ އިންތިހާބު ކައިރިވީމަ... ޢިބުރޭއަށް ވޯޓުދީ ދެންވެސް.. ދެން ތިބޭ ..

  3. ޖ

    ރައްޔަތުންލޮލު ގައި އަަދުންއަޅުވައި ގެން ރައްޔަތުންހައްދައި ގެން މިސަރުކާރު އޮންނާނެ ރައްޔަތުންތިބޭނެހެދިފަ އެއްކަމެއްވެސް ނުކުރެވޭނެ.

  4. ބެޑުސީޓު

    ތިރަށަށް ނައިބު ރައީސް ދާފަހަރަކުން އުމުރުން ތިންމަހުގެ ތުއްތު ކުއްޖަކު ލައްވާ ނައިބު ރައީސަށް ދަންނަވާ ބަނދަރު މަސައްކަތް އަވަސްކޮށްދެއްވުމަށް އޭރުން ނައިބު ރައީސް އެކުއްޖަޔާ އެކު ސެލްފީ އެއްނަގާނެ އެއާއެކު ބަނދަރުހަދާ އެނިމުނީ..... ވޯޓު ލާދީނީ ތިލަފަތަށް....

  5. ތީތި

    އުޅަބޮށި ކޮޅު ގައި ދޫ ކޭތެއްޏާ ބަދަރު ހެދޭނި... އެހެންނޫނިއްޔާ ނުހެދޭނެ... ގުބޯ ހަންދަށް ތިބޭނި...

  6. ޙަސަނާ

    މިދާކައްދުވަހު ފޭސްބުކު ކައްކުވާލި ތިޔަބަދަރެއް ހަދާވާހަކައިން މަހީކުރީ އެމްޑީޕީ ގެ ދާއިރާގެ ރައީސް ކޮއްދޭކަމެއްކަމައް ގުބޯ ހައްދާފަ ދޯ އޮތީވެސް 590 ދުވަހުން ނިންމަން ލޮލް މައުމޫނުގެ ވެރިކަމުގަ 3.5 މިލިއަން ގެ ބަޖެޓަކުން 6 މަހުން ބަދހަރު ހަދާ ނިންމި އިރު މިހާރު ދައުލަތުގެ އާމްދަނީ 30 ބިލިއަނުގަ ހުރި އިރު ބަދަރު ބަޖެޓު 6.8 މިލިއަން ވީމާތިބަދަރު ފުރިހަވާނެ ވަރު ދެންވިސްނާ ރަކީދޫ ނެރުކޮންނަން ވެސް 35 މިލިއަން އަދިވެސް ބާރައް އަތްޖަހާ....

  7. އީވާ

    އާދަމް ޝަރީފު އެދާއިރާއަށް ހޮވީމަ ނަޝީދު މެން ހަސަދަ ފިލުވާލަނީ. ޟި ލާދީނީ ބައިގަނޑުގެ މީހުންްނަކީ ދެފުއްކެހެރި މުނާފިގުން.

  8. އެސޮރު

    ލާރިކޮޅު އޮބާލީ ކަންނޭގެ.

  9. މޭން

    އަނހަ! ތީ ކަނޑައެޅިގެން ދޮގެއް! ރައީސް ޔާމީނު އިރުގަ ތަރައްޤީ ނުކުރާ އެންމެ ރަށެއްވެސް ނޯންނާނެ! ހުރިހާ ރަށެއްވެސް މިހާރު ހުންނާނީ ސިންގަޕޫރު ފެންވަރުގަ

    2
    1
  10. ކުވާބެ

    ހަޖަމުނުވީދޯ