ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައިސް މިހެން ވިދާޅުވެފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރެއްވި މަޝްވަރާތަކުގައެވެ.

އެ މަޝްވަރާތަކުގައި ރައީސް ވަނީ މިފަދަ މައްސަލަތައް ދިވެހި މުޖްތަމަޢުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މިފަދަ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއް ކަމަށެވެ.

އަދި އެ މަޝްވަރާ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެކަމުގައި ހުރިހާ މުވައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި މިފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުންވެސް ވާހަކަދައްކާފައި ވެއެވެ.

ރައީސް ސާލިހު ވަނީ މީގެ ކުރިން ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ރައީސް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

61 ކޮމެންޓް

 1. ާފަތޭ

  މުޅި ގައުމު ހަލާކުވާއިރު ޒީރޯޓޮލެރެންސް ބޯދަށަށް ލައިގެން ނިދާފަތިބޭ. އަ ހަރަށްވުރެ ގިނަވެގެން މިދަނީ. ވީކަމެއް ހަރާމް.

  148
  5
  • ވަގު ސަރުކާރު

   ވަގު

   34
   2
   • Anonymous

    ޒީރޯ ޓޮލެރެންސް އޭ ކިޔާ ފެން ފޮދަކާ ނުލާ 2019 ބަޖެޓް ވެސް ދިރުވާލި

  • Anonymous

   ކޮރަޕްޝަނަށް ވެސް ޒީރޯ ޓޮލެރެންސް ދިން އެކަމަކު ޕާޓީ ކުދިންނަށް ބަދަލު ދިނުން ކަމަކީ

   53
   2
  • Anonymous

   ޒީރޯ ޓޮލެރެންސް ގެ މާނަ މީނައަށް އިންގޭ ބާ؟؟؟!!!

 2. ޅަރަ

  ހާތް ތެރި! ތިއޮތީ ތިކަން ވަގުތުން ހައްލުވެ ނިމިފަ. ތިދާނީ ހަމަ ކޮރަޕްށަންޒީރޯ ޓޮލަރެސް ދިޔަ މަގުން.

  127
  3
 3. އަޙުމަދު މުޙައްމަދު

  މާ މޮޅު ލަފުޒެއް ދަސްވީތޯއެވެ؟ "ޒީރޯ ޓޯލަރެންސް" މީ ކޮންތާކުން ދަސްކުރެއްވި ލަފުޒެއްތޯއެވެ؟ އޭގެ މާނަ އެނގިވަޑައިގަންނަވައިތޯއެވެ؟ މަނިކުފާނު ކޮރަޕްޝަނަށް ދެއްވި "ޒީރޯ ޓޮލަރެންސް" ތަންފީޒު ކުރައްވާ ގޮތުން އަޅުގަނޑަށް ހީވަނީ މަނިކުފާނަށް އެ ކަން މާނަކުރެވެނީ "އަޅައިނުލައި ދޫކޮށްލުން" ކަމަށް. ރާއްޖޭގައި ސަރުކާރުން ހިންގާ އެއްވެސް ކަމެއްގައި ކޮރަޕްޝަނާ ނުލައި މިހާރަކު ނިހިނގައެވެ. ވީމާ މި ގޮތަށް، ކުޑަކުދީންނަށް ކުރާ ޖިންސީ ގޯނާކުރުމަށް "ޒީރޯ ޓޮލަރެންސް" ދެއްވާކަށް ރައްޔިތުން ބޭނުމެއް ނޫން.

  116
  1
 4. އުއްޗު

  ހިނި އަންނަ ޒާތުގެ ރައީސެއްމިވެސް!

  102
  1
 5. ސަމީލް

  އަނެއްކާ ތިބުނީ ސްޓެލްކޯ ކައިރީގަ އިންނަ ޒީރޯ ޓޮލެރެންސް ކެފޭއަށް އެމީހަކު ވައްދާފަ ސައިދޭ ވާހަކަތަ؟

  101
  2
 6. ހޯރަ

  ހޯރަ އިއްބެވެސް ހައްޔަރުކުރޭ

  106
  1
  • ޗީޗީ

   ތިކަންވެސް ކުރާނީ ރައްޔިތުން ނިކުމެ ހަޅޭއް ފަޅޭއް ޖަހައިގަތީމަ

   74
   2
   • ޗާޗާ

    މިއީ ރައްޔަތުންގެ ސަރުކާރެއް މިސަރުކާުގައި ކަންކުރާނީ ރައްޔަތުން ނިކުމެބުނާ ގޮތަކަށް.

    2
    8
 7. ާާާޢަލީ

  ތި ހެންކިޔަން އެކަނިދޯ އެނގެނީ؟ އާން އެހެންޏާ މިޔޮއް ހުރި ހާ ދު ހު ކޮބާތަ ކަލޭ؟؟ އަދިކިރިޔާ ހަމަބިމަށް ފޭބުނީތޯ؟؟؟ ތިކަން އެނގެޔޭ ވެރިކަމާ ހަވާލުވި ގޮތަށް އޭގެމީ ހަކު ދޫކޮށްލީ...އެވެދާނެތާ ބަޔަކަށް ލިބުނު ހިތްވަރާކަށް .....ވާނުވާގަތިބެ ތި ވާ ހަ ކަ ދަށްކަނީ...ކިޔޭނުކިޔޭ ނޭގޭ ބަޔެކޭތީ...

  70
  3
 8. ޞބބވފގގ

  އެނޫން ބަހެއް ކިޔާކަށް ނޭނގޭ ވިއްޔާ

  70
  3
 9. ބޯގޯސް

  އަނގާން ދޭ 0 ޓޮލަރެންސް ތަކ ކެއް މުޅިންވެސް މިހާރު ނޭގެ ތިޔަ ކިޔާ ސަހިންދާމެންވެސް ވީތަ ންވެސް އެގޮތައް ތިމީހުން ގަނޑައްވެސް ދެނީ ހިމާޔަތް

  59
  1
 10. ބަނޑާ

  ދެން ހޯރަ އިއްބެ އޯ ؟؟
  އޭނަ ވީމަ އޯކޭ ދެއްތޯ ؟؟

  80
  1
 11. ބަނޑޭރި

  ހޯރަ އިއްބެވެސް މަނިކުފާނު ތިޔަ ގެންގުޅުއްވާ ޒީރަޯ ޓޮލަރެންސް ގެ ދަށުން އެހެރީ މިނިވަން ކޮއްފަ ދެއް ތޯ

  86
  1
 12. ޯޮުުހހހ

  ބަސްމަގުރީތިކޮށްފަބެހެއްޓުމާއި ސެލްފީނަންގަވަނިކޮށް ރައްޔިތުން ތިބޭނެ ސަނާ ކިޔަން! ޢަމަލުފުޅު ރަގަޅުވާނެ ކުޑަތާކިހަލުގެވެރިން ނަމޫނާ އަކަށް ބެއްލެވުން! ތިޔަވަރެއް ހަމަނެތް!ތިޔައީ ޖަޒީރާ ރަޢީސް!

  50
  2
 13. ފޫއެނބުރި

  މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަންފަވެސް މިކަހަލަކަމަކާ ގުޅިގެން ޖަލުގަހުރިމީހަކައްވެސް ދީލަތިކަމާއެކު ތިއެއްޗެއްދެއްވީމެއްނު

  56
  1
 14. ކާޅު ޖޮންސޮން (ސީޖޭ)

  ދިސް އިސް ދަ ރިދަމް އޮފް ދަ ކިނބޫ. އޯ ބުއްޅަބޭ. އޯއް ޔޭ!!

  47
  1
 15. ޗީޗީ

  ޒީރޯ ޓޮލެރެންސް އޭ ބުނަނީ މީހުން މައިތިރި ކުރަން. ތިހެން ބުނި ކޮރަޕްޝަނަށްވެސް. 2019 ނިމިގެން ދިޔަގޮތް އަހަރުމެންނަށް އިނގޭ.
  ތިވާހަކަ ތިހެން ބުނީ ރަނގަޅު ނިޔަތެއްގައިނަމަ ހޯރަ އިއްބެ އަނބުރައި ޖަލައް ވައްދާފަ ތިހެން ބުނާނީވެސް.

  45
  1
 16. ވެރިން

  ޒީރޯޓޮލެރެންސް ކިޔަ ކިޔާ ތިއްބާ މުޅިގައުމު ހަލާ ކުވެ ނެތިގެން ދަނީ

  45
  1
 17. ާަާމަ

  ހީހީހީހީ...މަހީހީ ހަމަހުވާ މިބުނީ... ބުނާގޮތަ ކާ ދިމާއިދި ކޮޅަށް ކަން ކަން ހިނގަނީ... ހޯރައިއްބެ... ޕަ ކާސް...

  42
  1
 18. ކެޔޮޅު

  ކުއްލިމަރުތަކައްވެސް މިސަރުކާރުން ދެނީ ޒީރޯޓޮލިރެންސް!

  14
  1
 19. ކަނަމަނަ

  ތިޔަހެން ހުރިހާކަމެއްގަވެސް ޒީރޯޓޮލެރެންސް ވާކަމެއްހަރާމް

  12
  1
 20. ނަސީދު

  ޒީރޯ ޓޮލަރެންސް މިހާރު އޮޅިއްޖެ ، މިނޫން އެއްޗެއް ކިޔަން ދަސްކޮއްދޭންވެއްޖެއެއްނުން މީހުން މިހާރު ތީގައި ނުޖެހޭނެ،

  11
  1
 21. މަނިކުފާނު

  ޒީރޯ ޓޮލަރެންސް ގެ މާނަ ބުނެ ދެއްވަ ފާނަން ތޯ މަނިކުފާނު

  11
  1
 22. އެސޮރު

  ރައީސް ސޯލިހު އާ މަނިކުފާނުގެ ބޭފުޅުން 0 ޓޮލޮރެނސްގެ ދަށުން އިސްތިއުފާ ދިނުމައް ގޮވާލަން.

  16
  1
 23. ރައްތިތުން

  ޖޯ ކް އޮފް ދަ ސެންޗުރީ. ހޯރަ އިއްބެ އެއީ ކޮން ޓޮލަރެންސެއް؟ އެރޭޕިސްޓް މިނިވަން ކުރީ ކާކުކު؟ ބަހާ އަމަލާ ދިމާނުވޭ ރައީސޫ.

  12
  1
 24. މައިތިރި

  އެހެން ދެއްތޯ... ފޮޓޯ ޝޫޓް ކުރަން ދަންނަ ރައީސެއްމީ.. އިތުރު ކަމެއްކުރާކެއްނޭނގޭ.. ކޮންމެސް މޮޅު އެއްޗެއް ބުނެލާފަ އެވީ ފޮޓޯ އަކަށް ހުއްޓެން...

  10
  1
 25. ޢަހަރެން

  ޢަދިކިރިޔާލަތަ!!
  ޒީރޯ ޓޮލެރެންސް އާއެކު ސެލްފީ ނެގުނީމަ ހުންނާނީ ވެފަ!....

  12
  1
 26. އަސީ

  ތިޔަވަދާޅުވާ ޒީރޯޓޮލެރަންސްއަކީ ކަންޑުގައަޅާރޮންގެއް ކަހަލަކަމެއް ޕާޓީކުދިން ތިޔަޒީރޯއަކުލައްވައެއްނުލާ.

  11
  1
 27. ނަމަ

  "ޒީރޯ ޓޮލަރެންސް" ހުރިހާ ކަމެއްގަ ވެސް ގައުމު ވެސް "ޒީރޯ ޓޮލަރެންސް" ގަ ފަނާ ވަނީ

  11
  1
 28. ސަމިި

  ޒީރޯ ޓޮލަރެންސް ހޯރަ އިއްބެ ކޮބައިތޯ ލަދު ކުޑަ

  10
  1
 29. ޢަލިބެ

  ކިޔަން އެނގޭ ހަމައެކަނި އިނގިރޭސި ބަހަކީ "ޒީރޯ ޓޮލަރެންސް"ތަ؟ ދެނޭވާދޭތެރޭން ތަސްބީހައެއް ކިޔާހެން ތިހެން ތިކިޔަނީ.

  12
  1
 30. ދަވްތޫރް އަބުދުލް އަޒީޒް

  ކުދިންނޭ ޒީރޯޓޮލަރެންސް މިދަނީ ޒީރޯޑިގްރީއައްވެގެން ބައްލަވާ ކުށުގެރިކޯޑް ހަދަމުންގޮސް ޑިގްރީފެންވފަރުގެ ކިތައްމީހުންތޯ މިގައުމުގައި ފުރީކޮއް މަގުމަތީގައި އާންމުރައްޔަތުން ގޮއްހުސްވެފައި މިމީހުންގެ އުދަގުލާހުރެ މީ އަނިޔާވެރިކަމެއްނޫންތޯ މީކިތައްމެ ކުޑަނަމަވެސް ގައުމެއް ރައްޔަތުންކައިރީގައި ސަލާންޖަހައިގެން ވޯޓްހޯދާފައި މަގާމް ހަމަ ލިބޭއިރައް ރައްޔަތުން އަޅުވެތި މިކުރަނީ ވިސްނާލައްވާ ކޮންކަމަކާތޯ ޖިޒީދައްކަން މިޖެހެނީ ޖިޒީގެ ރުފިޔާއިން މުސާރަޔާ އިނާޔަތާ ނަންގަވައިގެން އަރާމާ އުފަލުގަ އެކިގައުމުތަކައް ބުރުޖަހާލަ ޖަހާލަ ކަމެއްމާއިރައް ބަހަނާ ދައްކާފައި ކުރީގެ ސަރުކާރައް ކަނޑާލާފައި ޕޯޑިއަމްތަކުގައި އަނެއްކާ ވޯޓްހޯދަން ރައްޔަތުންނައް ހުވަފެންދެއްކުން މިއޮންނަނީ ވިސްނާލީމާ ލަދުމިގަންނަންޖެހެނީ ރައްޔަތުމީހާ ވޯޓްދެވުނީތީ ވެދުން

  15
  1
 31. ޒާ

  ކޮންމެ ކަމެއްގައި މީނާ ދައްކަނީ ޒީރޯ ޓޮލަރަންސްގެ ވާހަކަަ. އިނގިރޭސިން ދަސްވީ މިބަސް އެކަނިތޯ ސާފުކޮށްލަންޖެހޭ. މިހެން މި ބުނީ ބަހާއި ޢަމަލާ ދިމާނުވާ އިރުވެސް އަބަދު ޒީރޯ ޓޮލަރަންސްގެ ވާހަކަ ބުނާނީ. ކޮބައިތަ ކަރަޕްޝަން ހުއްޓުވިފަ. ފާއިތުވީ އަހަރު ރައްޔިތަކަށް ކަމެއް ކޮށް ނުދީ ހުސްވީގޮތް ކިޔައިދީބަލަ. ޖެންޑަމިނިސްޓަރުގެ އިހްމާލަށް ޓޮލަރަންސް އޮތީތޯވެސް ބުނެދީބަލަ.

 32. ޢަންސާރު

  0 ގެ ވާހަކަފުޅެއް މަނިކުފާނު

 33. އާދަމް މަނިކު

  ޒީރޯއަކީ އެކަނި އޮތުމުން އޭގައި އެއްވެސް ވެލިއުއެއް އޮންނަ އެއްޗެއްނޫން. ރައީސް މީހާގެ ބަހުން ދޭހަވަނީ މަށަށް ވަރިހަމައޭ. ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރާށޭ.. ތިއީ އެއްވެސް އަގެއް ހުރި ވާހަކަތަކެއް ނޫނޭ. ވެރިއެއްގެ ދުލުން ޒީރޯ އޭ ބުނީމަ އޭނަގެ އަގެއް ނެތްކަން އެނގިގެންދޭ.. މިމީހާ އަޅެ އެއްވެސް ވަރަކަށް އިލްމް އުނގެނިފައި ނުވަނީތަ؟؟

 34. ހުސްނުހީނާ

  ދެން ނިކަން ޓާސްކް ފޯސް އަކުން އެކަން އިންވެސްޓިގޭޓް ކޮށްބަލަ. ރައީސް މީހާގެ ބާރުގެ ދަށުގައި އޮންނަތަނެއް މޯލްޑިވްސް ޕޮލިސް އަކީ.. މީނައަށް އެއްވެސް ކަމެއް ނޭނގޭ.. ހުސް ހޮޅި ވާހަކަ ދައްކަނީ. ސެލްފީ ނަގަނަގާ ހުރުން ކަމަކީ. އެހެން މީހަކު ވެރިއަކަށް ހުރި ނަމަ ރައީސް އޮފީސް ބަންދުނުކޮށް އެތަނުގައި 24 ގަޑިއިރު މަސައްކަތްކޮށްގެން ކުޑަކުދިންނާ ބެހޭ މައްސަލަތައް ތަހްގީގުކޮށް ނިންމާ ޕްރޮސިކިއުޓަރއަށް ފޮނުވާ އެތަނުން ކޯޓްތަކަށް ފޮނުވީސް. ދުވަހަކު ސަރުކާރުގައި އުޅުނުވެސް މީހެއް ރައީސް ކައިރީގައި ނެތް. ރައީސް މީހާއަކީ ކަނޑާލީމާ ލޭއަންނަން މަރުވީމަ ގަންހިންގަން ހުރި ގޮފަޅެކޭ މަބުނަނީ އެހެންވެ.

 35. Anonymous

  ބޮޑުތާ ތިޖެހުނީ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރަން.. ބަދަލުގެ ނަމުގައި ފޭރިގެން ދައުލަތުގެ 32 ބިލިއަނުގެ ބަޖެޓް ހުސްކޮށްލީ.. ކުޑަކުދިންނާ ބެހުމަށް ޒީރޯ ޓޮލަރަންސް.. ތަހްގީގުން އެކައްޗެއްވެސް ނުފެނުން. މައްސަލަ ފައިލް. ހަލާސް ނިމުނީ އަތްފޮޅާލާފަ ގެއަށްގޮސް ކުދިދަރިންގެ ދުވަސްދުއްވަން ފަށަންވީ.

 36. ހިނި

  ބަލަ ރައީސް އެއްޗެކޭ ބުނާއިރަށް ރުޅިނައިސް ބަލަ! އަނިޔާވެރިކަން ކޮރަޕްޝަން ވައްކަން ހުއްޓުވަން ކަލޭމެން ގެނައި ސަރުކާރެކޭމީ!މިހާރު ހިތިރަހަލާނެ!އެކަމަކު ވަރިހަމައޭ އަންނަ ކައުންސިލް އިންތިހާބުގަވެސް ކުލަޔެލޯ ހޮވާތި!

 37. ހިންނަވަރުބަޖަރާ

  މީނާމީ ރައީސެއްތަ؟ ނޫނީ ބީތާއެއްތަ؟ ލަދުހަޔާތްވެސް އެކަމަކު ކުޑައިނގޭ. ޒީރޯ ޓޮލަރެންސް ގެ ދަށުން ދޯ ކުޑަކުއްޖަކު ރޭޕްކުރި ހޯރަ އިއްބޭ ޖަލުގައި ހުއްޓާ ދޫކޮށްލީ.

 38. ޑިމީހާ

  އެމް.ޑީ.ޕީ ކުދިން “ރައީސް”އިބޫއައް އާ ބަހެއް ދަސްކޮށް ދީބަލަ. މިފަހަރު މާނަޔާއެކު. ހީނުވޭ ޒީރޯ ޓޮލެރެންސްގެ މާނަ އިގޭހެން.

 39. ކާޕެޓް ވަގު

  މި ކަލޭގެ މިބުނާ ޒީރޯޓޮލެރެންސް އަކީ އެއްވެސް ކަަމަކާ އަޅައި ނުލުން... މިކަންވެސް މީނާ ހުއްޓުވާާނީ ދުނިޔެއިން ބޭރުން އެކްސްޕާޓުން ގެނެސްގެން.

 40. ޅަބޭ

  ދިވެހި ރާއްޖެއައް އެންމެ ބޯގަޅި ރައީސް އަކީ ޒީރޯ ސޯލިހު.

 41. ނޫސްކިޔާމީހާ

  މާގިނަ ވާހަކަ ނުދައްކާ އިސްލާމީ ޝަރީޢަތް ކުޑަކުދިންނަށް ގޯނާ ކުރާ މީހުންނަށް ޢާއިމްކުރަން ކެރޭނެތޯ.

 42. ޒާ

  ޒީރޯ ޓޮލަރަންސްގެ ވެރި ރައީސް އިސްތިއުފާ ދެއްވާ ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީ ނުގެނެވޭ ރައީސެއް.

 43. ދަވާލި19

  ޔާރައްބީ ރައީސު ކަލޯ ޒީރޯ ޓޮލަރެންސް އެއީކޯނޗެއްތަ ކުޑަކުދިންނާ ބެހޭމީހުންނައްދޭ އިނާޔަތެއްގެވާހަކަތަ؟ނޫނީ އެކުދިންނައް ނޫނީ އެކުދިންގެ މައިންބަފައިންނައްދޭ އިނާޔަތެއްތަ؟ތިހޯދަން ކިހިނެއް ހަދަންވީ؟ ފޯމެއް ފުރަންޖެހޭތަ؟

 44. ހިމާރުލް ޤައުމު

  ސަރުކާރުން ޒީރޯ ޓޮލަރެންސް ހުރިހާ ކަމަކަށް. އެކަމަކު ހަމަ އެކަނި ތަންފީޒުވަނީ ޓްރެފިކް ވަޔަލެންސް. މަގުމަތިން ހިފަހައްޓާފަވެސް ފޭރެނީ. ދުނިޔޭގެ އެއްވެސް ޤައުމެއްގަ ހައިވޭއިން މަޑުކުރުވާފަ ޝެކް ނުކުރނެ. މިވެރިން ހައިވޭ މެދުގަ ތިބެގެނވެސް ފޭރެނީ. މަނިކުފާނުގެ ޒޯރޯ ޓޮލަރެންސް ވަނީ ރައްޔަތުންނަށް ބަލާވެރިކަމަށް. ވެރިކަމަށް އަންނަ ދެއްކި ވާހަކަ އާއި އަމަލާ ދިމާނުވޭ. ސަޅި

 45. ނަދުވާަ

  ޒީރޯ ޓޮލެރެންސް އެއް ނޫން
  ޒީރޯ އެކްޝަން، ޒީރޯ އިންވެސްޓިގޭޝަން، ޒީރޯ ގަވަމަންޓް އަދި ޒީރޯ ޕްރެސިޑެންޓް

 46. މޫސާމަނިކް

  ބޯގޯސް ކީއްކުރާނީ

 47. ނަޝީދު

  ބޮޑުގުހަޑާ ފޭއްސިގަނޭ

 48. ޔާމިން

  ބަލޭނުގަނޭދިވެހިރައްޔިތުން ރައްކާވޭ

 49. މާރިޔާ

  ތެދެއް ކަމުދާއެއްޗެއްކިޔަންއެގޭގަމާރެއްނޫންމިއީ މިއީބޮޑުމުސީބާތެއް މިގައުމްއައްޖެހިފާ

 50. ލައިލާ

  ބޯގަޅި ރައްކާވޭ

 51. ލައިލާ

  ހަމަ ރ.ޔާމިންވަރެއްނެއް

 52. މޫސާމަނިކް

  ލައިލާބުނީހަމަތެދެއް ރ.ޔާމިން ވަރެއްނެއް

 53. ފާތުމަ.

  ހޯރަ އިއްބެ އަކީ ޒީރޯ ޓޮލެރެންސް.

 54. Anonymous

  މީނާ ރައީސް ކަމަށް އައިސް އިނގިރޭސި ދަސްކުރީ އިހަަކަސްދުވަހު. އެހެންވެ އަލަށް ދަސްވި ބަހެއް ވީމަ ގިނަ ގިނައިން ކިޔެނީ އެކަމަކު ދެރަކަމަކީ މާނަ ނެގޭތީ

 55. ދަމަ

  މިގައުމު މިއޮތީ މުޅިން ޒީރޯ ޓޮލަރެންސަށް ގޮސް ހުސްވެފަ ޤާބިލުކަމެއް ނެތް މީހަކު ވެރިކަމަށް އައީމާ މިއޮތީ ވާނެ ހައެތި ވެނިމިފަ "ޑިޓޮޕްސިފިކޭޝަން " ކިޔާލަ ކިޔާލާ ތިބޭ ! މި ޤައުމުގަ މިހާރަކު ވައްކަމެއް ކޮރަފްޝަނެއް އެއްގޮތަކަށްވެސް ނުހިނގާ، ޤައުމުގަ ކިތަންމެ ބޮޑު ކަމެއް ކިތަންމެ ބޮޑު މުސީބާތެއެް ޖެހުނަށް ވެރިމީހާ އެހުންނަނީ ކުރާނެކަމެއްނެ\ތިގެން އަތްޖަހާލަ ޖަހާލަ ! ތަނެއގަ ބާރާށް ފޮޑިޔެއް ޖެހިޔަސް އެތަނަކަށް ދާނެ ގޮސް ސެލްފީ ނެގުން ނޫ ކަމެއް 2 އަހަރުވެގެން ދިޔައިރު ނެތް ވައުދުތަށްވަމުން ޅަކާޅެއްހެން މަގުމަތީ އެނބުރުނު އިރު ޖަޒީރާ ތައްރައްޤީ މިއޮތީ ގެނެސް ފައެއްނު . މީހާރު އޯކޭ ކޮންކުރީޓް ތަރައްގީ ބަޔެއް ހުވާ މިކަމުން އަޅަމެން ސަލާމަތް ކުރައްވާށި މި ބަލާ ވެރިކަމުން ،.