އަތޮޅު ތެރޭ ރަށްރަށުގައި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގައި ހިލޭ 5000 މީހުން ތަމްރީން ކުރުމުގެ މޯލްޑިވްސް ޕޮލިޓެކްނިކް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ނީޒާ އިމާދު އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ އަހުމަދު ނާސިރެވެ.

މޯލްޑިވްސް ޕޮލިޓެކްނިކާއި އެކު މިނިސްޓްރީ އިން މިއަދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ ރައްޔިތުންގެ ހުނަރުވެރިކަން އިތުރު ކުރުމަށް މިނިސްޓްރީ އިން ހިންގާ އެކި ޕްރޮގްރާމް ތަކުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމެކެވެ.

ހުނަރުވެރި ދިވެހިން ބިނާކުރުމަށް އެއްބާރުލުް ދިނުމާއި ގުޅޭގޮތުން ސޮއިކުރުމުގެ ރަސްމިއްޔާތު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ޝާމިލުވާ ގޮތައް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުންގެ ސްޓެޓެޖީތައް ތައްޔާރު ކުރުމަށް މިނިސްޓްރީ އާއި ޕޮލިޓެކްނިކް ގުޅިގެން ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން މިހިނގާ އަހަރު ނިމުމާއި ހަމަޔަށް ހިލޭ 5000 މީހުން ތަމްރީން ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. އެހެން ނަމަވެސް މި ޕްރޮގްރާމް ތަކަށް އަތޮޅުތަކުގެ ތެރެއިން އުންމީދު ކުރާވަރުގެ ތަރުހީބެއް މިހާތަނަށް ލިބިފައި ނުވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަށް އެންމެ އެކަށޭނެ، މިނަވަރަށް ޒުވާނުންގެ ތަރުހީބު ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވަނީ ފާގހަގަ ކުރައްވާފައެވެ.

"މި ޕްރޮގްރާމްތައް އަޅުގަނޑުމެން މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައި ވާނީ، އެކަމަކުވެސް ހިތާމައާއި އެކު ދަންނަވަން ޖެހޭނީ ހިލޭ ރަށްރަށުގައި ކުރިއަށް ގެންގޮސްގެން ވެސް އެންމެ އެކަށޭނެ ތަރުުހީބެއް ލިބިފައި ނުވާކަން" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ހުނަރުވެރި ދިވެހިން ބިނާކުރުމަށް އެއްބާރުލުް ދިނުމާއި ގުޅޭގޮތުން ސޮއިކުރުމުގެ ރަސްމިއްޔާތު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ ކުރިންވެސް ޕޮލިޓެކްނިކުން ވަނީ ރާއްޖޭގެ އެހެން ސަރުކާރުގެ އިދާރާ ތަކާއި އެކުގައިވެސް މިފަދަ އެއްބަސްވުން ތަކުގައި ސޮއިކޮށްފައެވެ. ޕޮލިޓެކްނިކުން ބުނި ގޮތުގައި މިއަހަރުވެސް މިފަދަ އެތައް ކޯސްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ރައްޔިތުންނަށް އެންމެ ފައިސާ ފޮއްޗެއްވެސް މިސަރުކާރުން ޚަރަދު ނުކުރާނެ. ބަޖެޓް އެކީ މުސާރައާއި ބަދަލު ދިނުމަށް. ޖަޒީރާކޮށް ފީއިލޮށިން ހަދާތަނެއްވެސް ހަދާނީ. ހިލޭނޫން ގޮތަކަށް އެއްކަމެއްވެސް ނުކުރާނެ. ލިބޭ ހުރިހާ ފައިސާއެއް. ވެރިކަމުގައިތިބި 5 މާމުލުންގެ 5 ވަގުގެ ގެއަށް ވަދެ ހުސްވާނީ.

  2. ހިލޭ

    ހިލޭ ފިރިހެނުން، ހިލޭ އަންހެނުން، ހިލޭ މީހުން މިހެން ކިޔައި އުޅެނީ ގުޅުމެއް ނެތިގެން. ހިލޭ 5000 ދިވެހިން މިއީ ދިވެހިރާއްޖޭގައި އުޅޭ ދިވެހިން ނުވަތަ ދިވެހިރައްޔިތުންނާ ގުޅުމެއް ނެތް ދިވެހިންތަކެއްތޯ؟ މި މީހުން އުޅެނީ ކޮންތާކުތޯ؟

  3. އައްފާން

    ތަރުހީބު ނުލިބެން ދިމާވާ މައިގަނޑު މައްސަލަ ސަރުކާރަށް ދެނެގަނެވިފައި ނުވާތީ އެހެން ވާންޖެހެނީ . މިރާއްޖޭގައި ބިދޭސީން ގެ އުނދަގުލާހުރެ އާންމު ކުދި މަސައްކަތްތަށް ދިވެހިންނަށް ލިބުން ވަނީ ދަތިވެފައި. ފަޅު އޮޑިފަހަރާއި ރިސޯޓް ފަހަރަށް ދާންދެން ބަނގާޅުން އަތްގަދަ ކޮށްފައި މި އޮންނަނީ. އޭގައި ހައްދެއްނެތް. މަސައްކަތުގެ އަގެއްނެތް. މައިދާނަށް ނިކުންނަ މީހެއްގެ އުންމީދެއް ނެތް. މި މައްސަލައިގެ ސަބަބުން ގައުމުގެ އިގްތިސާދުގެ ދުވެލި ވެސް ވަޅުޖެހޭ.

  4. ޓަކަފިރޯށި

    ޒުވާނުން މަސައްކަތް ނުކުރާ އަސްލު ނޭގޭކަމައް ހަދައިގެން އޭއް ޗެކޭ މީއް ޗެކޭ ކިޔާލަކިޔާލަ ތިބޭށެވެ.އެކަށޭނަ އުޖޫރަދެންޏާ ޒުވާން ގިނަކުދިން ތިބީ ކޮންމެ މަސައްކަތެއްވަސް ކުރަން ތައްޔާރަށެވެ. އެހެންނޫން ނަމަކާ ޕޯޓްއޮތޯރީގަ މަޖޫރީ ކުރާކައް ޒުވާނުން ނުދާނެއެވެ ހުރިހާ ޒުވާނުންނަކީ މަސްތުގެ އަހުލުވެރިންނެއް ނޫނެވެ.ރިސޯޓް ތަކުގެ މުސާރަ ރަނގަޅުކޮށް ސާވިސް ޗާޖް ހަމަޔައް ބަހާށެވެ. ދިވެހި ޒުވާނުން ލިބޭނެއެވެ. ފައްޔާޒަށް ބޭރުމީހުން ހަމައަކައް ނޭޅުވި ތިއޮށް ފޭލްވަނީއެވެ މިހާރު އިސްތިއުފާ ދޭނަމޭ ބުނެވުނުކަން ހަނދާން އެބަހުރިބާ؟؟

  5. ާސުރެން ސުރެން

    ވަރަށް ބޮޑަށް ޝުކުރިއްޔާ. ޙިތަށް އަރަނީ އެހެން ޤައުމުތަކުގައިވެސް އަމިއްލަ އަށް ކަންކަން އުނގެނި ދަސްކުރުމަށް ފަސޭހަ ގޮތަށް މާދަރީ ބަހަށް ތަރުޖަމާ ކުރެވިފައި އެކި ފަންނުގެ ފޮތްތައް ހުންނާތީ މިފަދަ ކަމެއް ކޮށްދޭނޭ މީހުމް މިޤައުމުގައި ނެތީމާ ތިޔަ ތަނުން ކިޔަވައިދޭ އެކިފަންނުގެ ފޮތް ދިވެހި ބަހުން ލިޔެ ނެރެނުދެވޭބެ ބާއޭ. ކޮންމެ ކުއްޖަކީ ބޮޑެތި ޚަރަދު ކޮށްގެން ކިޔެވޭނެ ކުދިންނެއްނޫން. ޢެކަމަކު މިފަދަ މަޢުލޫމާތު ފެނުނީމާ ޝައުޤުވެރިވާ ކުދިން މަދެއްނުވާނެ.

  6. ާސުރެން ސުރެން

    އަތޮޅުތަކުން ޝައުޤުވެރި ނުވަނީއެއްނޫން. ޚިޔަވައިދެނީ އޮންލައިން މެދުވެރިކޮށްގެން. އެގެންވީމާ ގިނަ ކުދިން ތިކަމުގައި ބައިވެރިވިޔަސް ބޮނޑު ނަގުލަށް ގޮސް ހުސްވަނީ. ތަޖުރިބާ ކުރެއްވިތޯ އައްސަބައްލަވާ . މިބޭފުޅުންގެ ޢިޢުލާނާ ގުޅިގެން ކިތައް ކުދިން އެޕްލައި ކުރޭތޯ. އެކަމަކު އޮން ލައިން ވުމުން ފަހަތައް ޖެހުނީ ކިތައް ކުދިންތޯ. ޢަދި ކޯސް ނިމޭއިރު ފުރިހަމަ ކުރީ ކިތައް ކުދިންތޯ. އަދި އޮންލައިންކޮށް ހެދި ޓެސްޓް އެހެން މީހުން ހަދައިދީގެން ތިތަނުން ފާސްވާމީހުންގެ އަދަދު އެނގޭތަ. ސެޓްފިކެޓް ލިބިފައިތިބޭ ފަންނުގެ ކަންޮަން ނުދަންނަ ބައިވަރު ދަރިވަރުން ތިތަނުން އުފެދިފައި އެބަތިބި

  7. ބަލެނިވެރިއެއް

    ހިލޭ ހިންގި ހުނަރުވެރި އެއްވެސް ނަރުސްކޯހެއް ދިވެހި ސަރުކާރުން ބަލައެއްނުގަނޭ. ކީއްކުރަންކުރާކަމެއް. ބަޔަކު ވާވައދައި ބަޖެޓްކާންބަ؟